Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026 | ހޮނިހިރު 06:41

ރަސްމާލެ މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިން އިގްތިސާދީ ވާހަކަދައްކަވާތީ ކުރީގެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައި. އެމަނިކުފާނު ވިދާޅުވީ އިލްމުވެރިންގެ ޒިންމާ އަދާނުކުރެވޭނަމަ، ރައީސް މުއިއްޒު ހަމަޔަކަށް އެޅުވުމަށް ރުގްޔާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް. އަދި ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކަށް ދިނުމަކީ ދިވެހިންގެ ހައްގުގައި ކަންބޮޑުވާންޖެހޭ މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ނޮވެމްބަރު 2026 | ހޮނިހިރު 06:41
ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ | ސަން އޮންލައިން

ދީނީ އިލްމުވެރިން އަސްލު މައްސަލައިގެ މަސްދަރުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންނުވެ، އިގްތިސާދީ ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ދީނީ އިލްމުވެރިންނަށް ވަރުގަދަ މެސެޖެއް ރައްދު ކުރައްވައިފި އެވެ.

ރައީސް ޔާމީން މި މެސެޖް ރައްދުކުރެއްވީ، "ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުގެ މައްސަލައާ ގުޅިގެން އިލްމުވެރިން އުޅުއްވަނީ ހައްތަހާ ވެސް މިއީ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ އެ ވާހަކަ ދެއްކެވުމުގަ އެވެ.

އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ބަސްބުނެ ވާހަކަދައްކަންވީ ދީނީ އިލްމުވެރިންތޯ ނުވަތަ އިގްތިސާދީ މާހިރުންތޯ ވިދާޅުވެ ޔާމީން ސުވާލު އުފެއްދެވި އެވެ. މީގެއިތުރުން، މި މައްސަލައިގައި ޔަހޫދީންނާ އެކީ ދިވެހީން ވަޒަންވެރިވެ، އެއްދާންކުރުމަކީ އިލްމުވެރިންނަށް މައްސަލައަކަށް ނުވަނީ ކީއްވެގެންތޯ ވެސް އެ މަނިކުފާނު އެއްސެވި އެވެ.

ޔާމީން ވިދާޅުވީ އިލްމުވެރިން ނަންގަވަނީ އިގްތިސާދީ ވާހަކަތައް ކަމަށާއި، 5,000 ހައުސިންގ ޔުނިޓް ހަދައިދިނުމުން ކިހާ ރަނގަޅުހޭ ވިދާޅުވެ ވާހަކަ ދައްކަވާ ކަމަށެވެ. ނަމަވެސް ހުޅުމާލޭގައި ނުހެދި އޮތީ 5,000 ހައުސިންގ ޔުނިޓް އެކަނި ނޫން ކަމަށާއި، ކިތައް ހާސް ހައުސިންގ ޔުނިޓްތޯ އެތަނަށް ދިޔައީ އަހައި އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.

އަޅުގަނޑު ހަމަ އިލްމުވެރިންނަށް ދަންނަވާލަން އޮތީ، އެ ބޭފުޅުންގެ މަސައްކަތްޕުޅު، އެ ބޭފުޅުންގެ ޒިންމާ އަދި އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވަން ބޭނުންފުޅު ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެން ވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ
އަބްދުﷲ ޔާމީން

މީގެއިތުރުން ޔާމީން ވިދާޅުވީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކާ ދިނުމަށް ކުރަމުންދާ މި މަސައްކަތަކީ ދިވެހިންގެ ހައްގުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ. މިއީ އެއްވެސް ގޮތަކަށް ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރަސްމާލެޑރ. މުހައްމަދު މުއިއްޒުއަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

3

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
14 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް