Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026 | ހުކުރު 06:54

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދޫކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް މެންބަރު މައުރޫފް ގޮވާލެއްވި. މި މަސައްކަތުގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށާއި، އިދިކޮޅު ޕާޓީތައް ގުޅިގެން މި މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2026 | ހުކުރު 06:54
ހުކުރު ދުވަހު ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހު ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަން ފެއްޓެވި އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން ކަމަށާއި، ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ވަސީލަތަކީ މީޑިއާތައް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މީޑިއާތަކުގެ ބާރު ކަނޑުވާލައި، ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ ހަގީގަތް ވެސް ސަރުކާރު ކޮންޓްރޯލް ކުރާ މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޑިމާންޑަކީ އެ މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލުން ކަމަށެވެ. އަދި މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގޮވާލަން ޖެހުނީ، މި ކަމުގައި ސަރުކާރުގެ ވަރަށް އިސްވެރިންނާއި ރައީސް މުއިއްޒުގެ ނުފޫޒު އިންތިހާއަށް އޮތުމުން ކަމަށެވެ. 

ދިވެހި ބިމަކީ ދިވެހި ރައްޔިތުންގެ އެއްޗެއްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދިގު މުއްދަތަކަށް ދިނުމަކީ ގާނޫނުއަސާސީގެ އިމުން ބޭރުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން މިއީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބެލިޔަސް ވޯޓަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށާއި، ވަގުތުން ހުއްޓާލަންޖެހޭ މަޝްރޫއެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީ ވެސް ރަނގަޅު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަގީގަތުގައި މިއަދު ހަރަކާތްތެރިވާ ނަމަ، މި އިދިކޮޅު ދެން ތިބި ޕާޓީތަކާ އެއްކޮށް ގޮސް މިކަން ކޮންމެހެން ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ނިންމާލެވޭނެ
މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްފިނަމަ، މިފަދަ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ ވޯޓަކަށް ދާންނުޖެހި ވެސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި ދިވެހި ރައްޔިތުން އެއްބާރުލުން ދިނުމަށް މެންބަރު މައުރޫފް ގޮވާލެއްވި އެވެ. 

ރަސްމާލެމައުރޫފް ޒާކިރުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
11 ނޮވެމްބަރު 2026

ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!

11 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް