Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - reportsAdvertisement
ރިޕޯޓުމަގޭ ރިޕޯޓް

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

8 ނޮވެމްބަރު 2026 | އާދީއްތަ 13:09

ރަސްމާލެ މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތުތަކެއް އޮތްއިރު، މިކަމާ ދެކޮޅަށް އަޑުއުފުލަން ތިބި ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންނާއި ނޫސްވެރިން ހިމޭނުން ތިބީ މާލީ މަންފާތަކެއްގެ ސަބަބުން ކަމަށް ބެލެވޭ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުންދާ މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 8 ނޮވެމްބަރު 2026 | އާދީއްތަ 13:09
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު މުއްތަލިބް، ބަންޑާރަ ނައިބު އުޝާމް އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު މުއްތަލިބް، ބަންޑާރަ ނައިބު އުޝާމް އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު | ރާއްޖެއެމްވީ

މީހުން ބުނެ އެވެ. "ހަކުރު ދެންޏާ ބައެއް މީހުންނަށް ވާނީ ބޮޑު ބޭބެއަށެވެ". ސާފު ސީދަލަށް ފެންނަން އޮތަސް އެވާނީ ނުފެންނަ ކަންކަމަށެވެ. ހޮނުގުގުރިއެއްހެން ކަންފަތްދޮށުގައި ބުންޏަސް އެއަޑެއް ނުއިވޭނެ އެވެ.

ފެންނަ ފެނުމަށް ރަސްމާލޭގެ ކަންތަކުގައި މިވަނީ އެކަހަލަ ގޮތެކެވެ. ފުރަތަމަ ފެށުމާއި ހަމައިން ފެށިގެން ވެސް ފެންނަނީ އެފަދަ މަންޒަރެކެވެ.

ފުރަތަމަ އެތަން ހިއްކަން ފެށީ ރައްޔިތުންނަށްޓަކަ އެވެ. ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރުމަށެވެ. ހިއްކާކަށް ދައުލަތުގެ ފައިސާއިން ލޯ ލާރިއެއް ވެސް ހޭދަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ހިއްކާ ނުނިމެނީސް ފަޅާއެރީ ކަން އޮތީ އެހެން ނޫންކަމެވެ. ބަޖެޓްގައި ވެސް ނުޖަހާ އެތައް މިލިއަން ރުފިޔާއެއް އެތަނަށް ބުރުއްސާލައިފި ކަމެވެ. އެއްޗެއް ބުނާނެ މީހަކު ނެތެވެ. ބުނެގެން ކަމެއް ކުރެވޭނެ މީހުން ތިބީ ހަނެވެ.

ހައިރާންވަނީ އަދި އެކަމަކާއެއް ނޫނެވެ. ހިއްކާ ނުނިމެނީސް އެތަން ބޭރު މީހަކަށް ދޭން ނިންމާފައި އޮތީތީ އެވެ. ދޭން ނިންމި ޔަހޫދީ ޒައިނިސްޓުންގެ އެކުވެރި އަލައްބާރާއި އޭނާގެ އީގަލް ހިލްސް ހިމާޔަތް ކުރަން މަޖުބޫރުވާ ބަޔަކު ތިބުމެވެ.

ހުސްވި އޮކްޓޫބަރު މަހުގެ ކުރީކޮޅު އަލައްބާރު ރާއްޖެ ވަޑައިގެން، ބައްދަލުވުންތަކެއް ބޭއްވި އެވެ. ފުރަތަމަ ވެސް ދެއްވީ ކެއުމެކެވެ. އޮކްޓޫބަރ 8، 2026ގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ބައެއް ނޫސްވެރިން، ފޭދޫ ފިނޮޅުގައި ހިންގާ ދުސިތު ޑީޓޫ އަށް ގެންގޮސް، އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ޚަރަދުގައި ދެއްވީ މެންދުރުގެ ކެއުމެކެވެ.

އޭނާގެ ވިސްނުން ވަރަށް ރަނގަޅެވެ. ދިވެހިންނަކީ ހުސްބުޅީގައި ކަޅުބިލަ މަސް ބާނަން ފަރިތަ ބައެއްކަން އެނގޭތީ، ހެޔޮވަރު އެންގަނޑެއް އަޅައިފިއްޔާ ކިތަންމެ ބޮޑު މަހެއް ވެސް އޮޑިދޮށަށް ތިލަކޮށްލުމަކީ ދަތިކަމެއް ނޫންކަން އޭނާ އަށް އެނގުނީ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މީހުން ބައިވެރިކުރީ ކޮން ވިސްނުމަކުން ބައްލަވައިގެން ކަމެއް ނޭނގެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިކުރެއްވި އެއް ބަޔަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންނެވެ. މަޖިލީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކަށް ދައުވަތެއް ނުދެއްވަ އެވެ.

މަޖިލީހުގައި މި ވަގުތު ތިއްބެވި ޕީއެންސީގެ މެންބަރުންނަކީ، ރައީސް މުއިއްޒުގެ ނިންމެވުމަކާ ދެކޮޅު ހެދުމުގެ ގޮތުން ވިޔަސް، ފާޑުކިޔުމުގެ ގޮތުން ވިޔަސް ނުވަތަ ކަމެއް ސާފުކޮށްލަން ވިޔަސް އަނގަ ހުޅުވައިނުލެވޭ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އިން ތަޅު އަޅުވާފައި ތިއްބެވި ބޭފުޅުންކޮޅަކަށް ވާއިރު، އެ ބޭފުޅުންނަށް ކަމެއް އިތުރަށް ވިސްނައިދީ ލޮއްސާކަށް ނުޖެހޭނެތާ އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަޖިލީހުގައި ފާޅުގައި ވެސް އެއްޗެއް ބުނަން ތިބި ބަޔަކީ، އެމްޑީޕީގެ މެންބަރުންނެވެ. އެވެރިން އެވެރިންނަށް ވީވަރެއް ކުރާން ފެށި އެވެ. ފާޅުގައި ދެކޮޅު ހެދި އެވެ. އެކަމަކު އައީ އިންޒާރެކެވެ. އެ ވާހަކަ ދައްކައިފިނަމަ ގޮނޑި ގެއްލިދާނެފަދަ ވަރުގަދަ އިންޒާރެކެވެ.

އިދިކޮޅު އެމްޑީޕީގެ މިވަގުތުގެ އެންމެ އިސްލީޑަރު ވެރިކަން ކުރާ ޕީއެންސީގެ ލީޑަރޝިޕްގެ ވިސްނުމާ ތަފާތެއް ނޫނެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއަށް އެމަނިކުފާނު ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. ހަމަ ފުރިހަމައަށެވެ.

ފޭދޫ ފިނޮޅުގައި ބޭއްވި މުހިންމު މެންދުރުގެ ކެއުމުގެ އިތުރުން ވެސް، ބައެއް ވިޔަފާރިވެރިންނާއި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި ބައެއް ނޫސްވެރިންނާ، އަލްއައްބާރު ވަކިން ބައްދަލުކުރެއްވި ކަމަށް އަޑުތައް އަރާފައިވެ އެވެ. މީގެ ތެރެއިން ބައެއް ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން، ރަސްމާލޭގައި އީގަލް ހިލްސްގެ ފަރާތުން ހިންގަން ރާވާފައިވާ 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭ ގޮތުން، މިހާތަނަށް ދިވެހި ދައުލަތަށް ދިނީ ކިހާ ފައިސާއެއްތޯ، ބައެއް ވިޔަފާރިވެރިން ސުވާލު ކުރެއްވި ކަމަށްވެ އެވެ.

މިއީ ސިއްރު ބައްދަލުވުންތަކަކަށް ވާތީ، ދެކެވުނު ވާހަކަތަކެއް ޔަގީނެއް ނޫނެވެ. ނަމަވެސް، ޔޯލަ ވާހަކަތަކުން "މައި ފްރެންޑް ބްރަދަރ އަބްދުﷲ" ކިޔާ މީހަކު އުފަންވި އެވެ. އެ ބުނާ ބްރަދަރ އަބްދުﷲ އަކަށް ހެޔޮވަރު ވަރެއްގެ އަދަދެއް، އަލައްބާރު ދެއްވިކަން ފަޅާއެރީ އެހާ ހިސާބުންނެވެ.

މިއީ ހަގީގަތަކަށް ވިޔަސް ނުވިޔަސް ކުރާނެ ކަމެއް ނެތެވެ. އެކަން އެ ގޮތަށް ހިނގި ކަމަށް ވަންޏާ، ރަސްމާލޭގެ ވަށައިގެން އަޅާ އޮއިވަރުން އެ ރަށް ދިފާއުކުރުމުގައި އެ ބްރަދަރ އަބްދުﷲ ދެމިހުންނާނެކަން ޔަގީނެވެ.

އަލައްބާރު ރާއްޖެއަށް ކުރެއްވި ދަތުރުގައި، އޭނާގެ މެހްމާންދާރީ އާއި ހެޔޮފުޅުކަމުގެ ރަހަ ލިބުނު އަނެއް ބަޔަކީ ބައެއް ނޫސްވެރިންނެވެ. ބައެއް ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން ޔޫއޭއީގެ ތަނަވަސް އުފާވެރި މާހައުލަށް ގެންދިޔަ އެވެ. އަލައްބާރުގެ އެ މަސައްކަތް ވަރަށް ކާމިޔާބުކަން ހާމަވީ އެވެރިން ލިޔާންފެށި ރިޕޯޓްތަކާއި އޮން ކެމެރާ ޑޮކިއުމެންޓްރީ ތަކުންނެވެ.

އެންމެ ހީނުކުރި ބަޔަކީ ދީނީ އިލްމުވެރިންނެވެ. އެންމެ އަޖައިބުވި ކަމަކީ އެވެރިން ކަންކުރި ގޮތެވެ. ސަރުކާރުގެ މަތީ މަގާމްތަކުގައި ތިއްބެވި ޝެއިޚުންތަކެއް ހިމެނޭ މަޝްހޫރު ސަލަފް ޖަމިއްޔާއިން ކަންކުރި ގޮތެވެ. ނެރުނު ބަޔާނެވެ. ކުރިން ދީނާ ގައުމުގެ ހައްގުގައި ކުރި ވާކާލާތާއި ބުނެ އުޅުނު ބަސްތައް ނީވުނީ އެވެ. ނުވިތާކަށް އެއްޗެއް ބުނި އިލްމުވެރިންގެ ގުޅުމުން ވެސް ވަކިވީ އެވެ. ދީނީ ޕާޓީއެއްގެ ގޮތުގައި ބެލެވޭ އަދާލަތު ޕާޓީންވެސް އަދިވެސް އޮތީ ދިރާސާ ކުރުމުގަ އެވެ.

ކޮންމެއަކަސް ބޭރުބަޔަކު އަދި ޚާއްސަކޮށް ޔަހޫދީން ގެނެސް ރާއްޖޭގައި ވަޒަންވެރި ކުރެވޭގޮތައް ދީގެން އުޅޭ ރަސްމާލެ މައްސަލަ ވަރަށް ތަފާތެވެ. ކުރިން މިފަދަ ކަންކަމުގައި އެންމެ ބާރަށް ނުކުތް މީހުން ތިބީ ހިމޭންވެފަ އެވެ. ރަސްމާލެ ކަންތަކުގައި އީގަލް ހިލްސްއިން ފައިސާ އަޅާލައިފި އެވެ. ޑޮލަރުންނެވެ. އެވާހަކަ ދައްކަން ތިބި މީހުން ތިބީ ހަނެވެ.

މުޙައްމަދު އަލައްބާރުރަސްމާލެޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު

08 ނޮވެމްބަރު 2026
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު
08 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ

08 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ
08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން

08 ނޮވެމްބަރު 2026
މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
07 ނޮވެމްބަރު 2026

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

07 ނޮވެމްބަރު 2026
އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް