Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދިއްޕޮޅު

އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ސަރހް ގްރޫޕާ ހަވާލުކޮށްފި

17 ނޮވެމްބަރު 2026 | އަންގާރަ 03:12

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ތަރައްގީކުރުމަށް ޔޫއޭއީގެ ސަރހް ގްރޫޕާއެކު ސޮއިކުރިއިރު، މީގެ ކުރިން މި މަޝްރޫއު ހަވާލުކުރި ސިންގަޕޫރު ކުންފުނިން އަމަލީ މަސައްކަތް ފަށާފައެއް ނުވޭ. ބައިނަލްއަގުވާމީ ބަނދަރަކާއި ސިނާއީ ވަސީލަތްތައް ހިމެނޭ މި މަޝްރޫއަކީ 2040 އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށް މިނިސްޓްރީން ހާމަކުރޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 ނޮވެމްބަރު 2026 | އަންގާރަ 03:12
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން | އިކޮނޮމިކް މިނިސްޓްރީ

އިހަވަންދިއްޕޮޅުގެ ބިޔަ މަޝްރޫއު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރހް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލްއެލްސީއާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކޮށްފި އެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސަރހް ގްރޫޕާ ދެމެދު ހޯމަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިގުތިސާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމް އެވެ. އަދި ސަރހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހީމް އަލީ މުހައްމަދު އަލްމުތާވާ އެވެ.

Advertisement - newsAdvertisement
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރަކާއި ހިދުމަތްތައް ތަރައްގީކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓް މަންޓްސް (ސީއޭއައި) އާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގައި

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރަކާއި ހިދުމަތްތައް ތަރައްގީކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓް މަންޓްސް (ސީއޭއައި) އާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގައި | އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގުތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.

ހޯމަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރިއިރު، މީގެ 2 އަހަރު ކުރިން ވެސް އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް  އިކޮނޮމިކް ގޭޓްވޭ" ގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރަކާއި ހިދުމަތްތައް ތަރައްގީކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓް މަންޓްސް (ސީއޭއައި) އާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި 9 ނޮވެމްބަރު 2024 ގައި ސޮއިކުރި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ޓާން ކުން ޗިއާއޯ ޖޯޖް އެވެ.

އޭރު ސޮއިކުރި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި، ސީއޭއައި އިން 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް އޭރު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް، މި އެއްބަސްވުމުގައި ސޮއިކުރިތާ ދުވަސްތަކެއް ވެގެންދިޔައިރު ވެސް އެ ކުންފުނީގެ ފަރާތުން އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވާ ކަމަށް ސަރުކާރުން ފަހުން ވަނީ ހާމަކޮށްފަ އެވެ.  މީގެ އިތުރުން، މި މަޝްރޫއު ހަވާލުކުރި ސިންގަޕޫރުގެ ސީއޭއައި ކުންފުންޏާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބަލައި، ތަހުގީގުކުރަމުންދާ ކަން ވެސް ވަނީ ފެންމަތިވެފަ އެވެ.

ސީއޭއައިގެ އެއްބަސްވުމަށް ދެ އަހަރު ފަހުން، ޔޫއޭއީގެ ސަރހް އާއި އެކު ސޮއިކުރުމަށްފަހު

ސީއޭއައިގެ އެއްބަސްވުމަށް ދެ އަހަރު ފަހުން، ޔޫއޭއީގެ ސަރހް އާއި އެކު ސޮއިކުރުމަށްފަހު | އިކޮނޮމިކް މިނިސްޓްރީ

ސީއޭއައިގެ އެއްބަސްވުމަށް ދެ އަހަރު ފަހުން، ޔޫއޭއީގެ ސަރހް އާއި އެކު ސޮއިކުރި މަޝްރޫއުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްތައްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އިހަވަންދިއްޕޮޅު ތަރައްޤީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވެވަޑައިގެންފައިވާ މުހިންމު ވައުދެއް ކަމަށާއި، އަދި މިއީ ސަރުކާރުގެ "ވިޝަން 2040" ގެ ދުރު ރާސްތާގެ ދަށުން، 2040 އާއި ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ، ރަސްމާލޭގެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމުގެ މައްސަލާގައި ރައްޔިތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިހަވަންދިއްޕޮޅުސަރހް ގްރޫޕްމުހައްމަދު ސައީދު ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
15 ނޮވެމްބަރު 2026

އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟

15 ނޮވެމްބަރު 2026
އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟
15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026
ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
09 ނޮވެމްބަރު 2026

އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް

09 ނޮވެމްބަރު 2026
އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
05 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް

05 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް
05 ނޮވެމްބަރު 2026

ދިވެހިންނަށް "ވާރުތަވި" ސައީދު!

05 ނޮވެމްބަރު 2026
ދިވެހިންނަށް "ވާރުތަވި" ސައީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް