Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026 | ހޯމަ 06:19

ރަސްމާލެ މަޝްރޫއަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނީ އިމުން ބޭރުން ހިންގާ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ރައީސް މުއިއްޒު ގާނޫނުން ބޭރުވެވަޑައިގަންނަވާ ކަމަށް ތުހުމަތުކުރައްވައި، ގައުމީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ދެފުށް ފެންނަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2026 | ހޯމަ 06:19

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެ ޓީވީ

މިއަދު ބަންޑާރަ ނައިބު (އޭޖީ) ރައީސް އަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީ އަށް ލަފާ އަރުވަނީތޯ ސާފުނުވާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.

Advertisement - newsAdvertisement

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ ރާއްޖެއަށް އަންނަ އިންވެސްޓުމަންޓުތަކާ ދެކޮޅު ބައެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކުރަނީ އޭގެ ފަހަތުގައި ބޮޑެތި ގާނޫނީ މައްސަލަތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ގައުމުގެ މުސްތަގުބަލާ ގުޅުންހުރި މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ރައްޔިތުން ނިދީގައި ބައިތިއްބާފައި ސަރުކާރުން ބޮޑެތި ކޮރަޕްޝަންތައް ހިންގުމަށް ފުރުސަތު ހޯދަމުންދާ މަންޒަރު ކަމަށާއި، އެފަދަ ކަންކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މުޅި މަޝްރޫއުގެ ވަށައިގެން ބޮޑެތި ގާނޫނީ ސުވާލުތަކެއް އުފެދިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ގާނޫނީ ނިޒާމު ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ރައީސް މުއިއްޒަށް ބަންޑާރަނައިބު ލަފާ ދެއްވަނީތޯ ނުވަތަ ރައީސް މުއިއްޒު ބަންޑާރަނައިބަށް ލަފާ ދެއްވަނީތޯ ވެސް އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ މާއްދާތަކަށް ބަލާއިރު، މަދު ކަމެއްގައި ފިޔަވައި ދެން ހުރި ހުރިހާ ކަމެއްގައި ރައީސް އަށް މަތިކޮށްފައިވަނީ މުހިއްމު ޒިންމާތަކެއް ކަމަށާއި އެކަންކަމުގައި ރައީސް އަށް އަމިއްލަ އިހުތިޔާރެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މިއަދު ހުންނެވީ ގާނޫނުން ބޭރުވުމުގައި ހައްދުފަހަނަ އަޅާފައި ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ގާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށާއި، ނަމަވެސް ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ނުދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޑރ. އަހްމަދު އަބްދުﷲ ދީދީރަސްމާލެޑރ. މުހައްމަދު މުއިއްޒުއަހްމަދު އުޝާމް

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް

16 ނޮވެމްބަރު 2026
މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް
15 ނޮވެމްބަރު 2026

ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު

15 ނޮވެމްބަރު 2026
ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު
15 ނޮވެމްބަރު 2026

އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟

15 ނޮވެމްބަރު 2026
އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟
15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

މި ސަރުކާރުން ކަންކުރަމުންދަނީ އިސްތިއުމާރީ ވެރިކަމުގައި ކަންކުރާ އުސޫލުން، މިއީ އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް: މަތީން

14 ނޮވެމްބަރު 2026
މި ސަރުކާރުން ކަންކުރަމުންދަނީ އިސްތިއުމާރީ ވެރިކަމުގައި ކަންކުރާ އުސޫލުން، މިއީ އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް: މަތީން
14 ނޮވެމްބަރު 2026

ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!

14 ނޮވެމްބަރު 2026
ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!
14 ނޮވެމްބަރު 2026

ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން

14 ނޮވެމްބަރު 2026
ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް