Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއާޓިފިޝަލް އިންޓެލިޖެންސް

ޖައްވުގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ ބިޔަ މަޝްރޫއަކަށް އެމެރިކާއިން މަސްކުގެ ކުންފުންޏަށް ފެހި ސިގްނަލް ދީފި

26 ނޮވެމްބަރު 2026 | ބުރާސްފަތި 07:18

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް 'ސްޓާމައިންޑް' ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ބިމުގައި ހަދާ ސެންޓަރުތަކަށްވުރެ ތިމާވެށްޓާ ރައްޓެހި އަދި ހަރަދު ކުޑަ މަޝްރޫއެއް ކަމަށް ސްޕޭސްއެކްސްއިން ގަބޫލުކުރޭ. ނަމަވެސް، ޖައްވު ތޮއްޖެހުމާއި ކުނިބުނި އިތުރުވުމުގެ ކަންބޮޑުވުންތައް އޮތް މި މަޝްރޫއުގެ ދަށުން، 2038 ވަނަ އަހަރުގެ ނިޔަލަށް ހުއްދަދީފައިވާ ސެޓެލައިޓްތަކުގެ ދެބައިކުޅަ އެއްބައި ޖައްވަށް ފޮނުވައި ނިންމަންޖެހޭ

ނިއުސް ޓީމް
ނިއުސް ޓީމް | 26 ނޮވެމްބަރު 2026 | ބުރާސްފަތި 07:18
ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓެއް ދަތުރަކަށްފަހު އެނބުރި ބިމަށް ތިރިކުރާ މަންޒަރު

ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓެއް ދަތުރަކަށްފަހު އެނބުރި ބިމަށް ތިރިކުރާ މަންޒަރު | ގެޓީ އިމޭޖަސް

ޖައްވުގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ޓަކައި ދުނިޔޭގެ އޯބިޓަށް އެއް މިލިޔަން ސެޓެލައިޓް ފޮނުވައިލުމުގެ ހުއްދަ އެމެރިކާގެ ރެގިއުލޭޓަރުން އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުންޏަށް ދީފި އެވެ. މިއީ، މި ބާވަތުގެ މަޝްރޫއަކަށް އެމެރިކާގައި ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

މި މަޝްރޫއުގެ ދަށުން ސްޕޭސްއެކްސްއިން އަމާޒު ހިފާފައި ވަނީ އިރުގެ އަލިން ހަކަތަ އުފައްދައިގެން ހިންގާ ސެޓެލައިޓްތަކެއް މެދުވެރިކޮށް، އާޓިފިޝަލް އިންޓެލިޖެންސްއަށް (އޭއައި) ބޭނުންވާ ޑޭޓާ ޕްރޮސެސްކުރުމަށްފަހު އޭގެ ނަތީޖާ އަލުން ދުނިޔެއަށް ފޮނުވުމަށެވެ. 'ސްޓާމައިންޑް' ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، ހަލުވިކަމާއެކު ކުރިއަރަމުންދާ އެމެރިކާގެ 'ސުޕަރ އިންޓެލިޖެންސް' އިގުތިސާދަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް، އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން (އެފްސީސީ) ބުދަ ދުވަހު ބުންޏެވެ.

Advertisement - worldAdvertisement

މި ކަމަށް ހުއްދަދީފައި މި ވަނީ، ބިމުގައި ޑޭޓާ ސެންޓަރުތައް އިތުރުކުރުމާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގެ އާންމު ރައްޔިތުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. ބިމުގެ ގާބިލުކަމުން ބޭރުވެފައިވާ އޭއައި ކޮމްޕިއުޓިންގ ބާރަށް އޮތް ޑިމާންޑް ފުއްދުމަށް އެންމެ ހަރަދު ކުޑަ އަދި ހަކަތަ ސަލާމަތްކުރެވޭ ގޮތަކީ 'އޯބިޓަލް ޑޭޓާ ސެންޓަރުތައް' ގާއިމުކުރުން ކަމަށް ސްޕޭސްއެކްސްއިން ގަބޫލުކުރެ އެވެ.

މި މަޝްރޫއުގެ ސަބަބުން އެމެރިކާގެ އިސްނެގުމާއި ކުރިއެރުމަށް ބޭނުންވާ ކޮމްޕިއުޓިންގ ބިނާރުގެ އައު އުފެއްދުންތެރި ދޮރެއް ހުޅުވިގެންދާ ކަމަށް، އެފްސީސީގެ ޗެއާމަން ބްރެންޑަން ކާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "މިއީ ޖައްވީ ދާއިރާއާއި ކުރިއަރާފައިވާ ޓެކްނޮލޮޖީގައި އަޅުގަނޑުމެންގެ ހުރި ގާބިލުކަން އެއްކޮށްލައި، އިގުތިސާދީ އިސްނެގުން ވަރުގަދަކޮށް، އަދި ގައުމުގެ ތެރޭގައި ތަނަވަސްކަން ފުޅާކޮށްދޭނެ ފަދަ އެމެރިކާގެ އުފެއްދުންތެރި ވިސްނުމެއް،" ކާ ވިދާޅުވި އެވެ.

"މި ކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއީ، އެމެރިކާއަށާއި މުޅި ދުނިޔެއަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" މި ނިންމުމަށް މަރުހަބާ ވިދާޅުވެ މީސްމީޑިއާ މަންސަ 'އެކްސް' ގައި މަސްކް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މަޝްރޫއުގެ ތާވަލާއި ފަންނީ އޮނިގަނޑު

އެފްސީސީން ދޫކުރި ލައިސަންސްގެ ދަށުން، މި ސެޓެލައިޓްތައް ޖައްވުގައި ގާއިމުކުރުމުގެ މަސައްކަތް ލަސްވެގެން 2033 ނޮވެންބަރުގެ ކުރިން ފަށަންޖެހެ އެވެ. ހަމަމިއާއެކު، 2035 ނޮވެންބަރުގެ ނިޔަލަށް ސެޓެލައިޓްތަކުގެ %10 އަދި 2038 ނޮވެންބަރުގެ ނިޔަލަށް %50 ޖައްވަށް ފޮނުވައި ނިންމަން ސްޕޭސްއެކްސްއަށް ލާޒިމުވާނެ އެވެ.

އަންނަ އަހަރުގެ ތެރޭގައި ސްޓާމައިންޑްގެ ފުރަތަމަ ސެޓެލައިޓް ޖައްވަށް ފޮނުވަން ބޭނުންވާ ކަމަށް އެ ކުންފުނިން މިހާރު ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، ހުއްދަ ދީފައިވާ އެއް މިލިޔަން ސެޓެލައިޓް އެއްކޮށް ޖައްވަށް ފޮނުވާނެ ކަން ނުވަތަ އެއީ ބޭނުންވާ ވަރަށްވުރެ އިތުރަށް ހޯދި ހުއްދައެއް ކަން އަދި ސާފެއް ނުވެ އެވެ.

10,000 އަށްވުރެ ގިނަ ސެޓެލައިޓް މެދުވެރިކޮށް ހަލުވި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ސްޕޭސްއެކްސްގެ 'ސްޓާލިންކް' ވިއުގައެކޭ އެއްފަދައިން، ސްޓާމައިންޑްގެ ސެޓެލައިޓްތައް ވެސް ހަރަކާތްތެރި ވާނީ ދުނިޔެއާ ކައިރި އޯބިޓެއް ކަމަށްވާ 'ލޯ-އަރތު އޯބިޓް' ގައި، ބިމުން ފެށިގެން 500 ކިލޯމީޓަރާއި 2,000 ކިލޯމީޓަރާ ދެމެދުގެ އުސްމިނުގަ އެވެ. ސްޓާމައިންޑް ސެޓެލައިޓްތަކުން ޑޭޓާ ޕްރޮސެސް ކުރުމަށްފަހު ސްޓާލިންކް ސެޓެލައިޓްތަކާ މުއާމަލާތުކޮށް، އެ ޑޭޓާތައް ބިމަށް ފޮނުވާނެ އެވެ.

އިރުގެ ހަކަތައިން ހިންގާ މި ސެޓެލައިޓް ނިޒާމުގެ ސަބަބުން އިންސާނީ ނަސްލު 'ކާޑަޝޭވް 2' ގެ ތަހުޒީބަކާ ގާތްކޮށްދޭނެ ކަމަށް އެފްސީސީގެ ބަޔާނުގައި ބުންޏެވެ. މިއީ, 1960 ގެ އަހަރުތަކުގައި ފަލަކީ އިލްމުވެރިއަކު ހުށަހެޅުއްވި، އިރުގެ މުޅި ހަކަތަ ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ ހިޔާލީ މުޖުތަމައަކަށް ނިސްބަތްކޮށް ބުނެފައިވާ ވާހަކައެކެވެ.

ބިމުގެ ތިމާވެށްޓަށް އޮތް ގޮންޖެހުންތަކާއި ސިޔާސީ ބަހުސް

ޖައްވުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ވިސްނުމަކީ ގޫގްލް އަދި ބްލޫ އޮރިޖިން ފަދަ އެހެން ކުންފުނިތަކުން ވެސް ދިރާސާކުރަމުންދާ ކަމެކެވެ. މި ގޮތުން، މި މަޝްރޫއު އިޝްތިހާރު ކުރެވެމުންދަނީ ހިންގުމަށް ގިނަ އަދަދެއްގެ ކަރަންޓާއި ފިނިކުރުމަށް ބޮޑެތި މިންވަރުތަކުން ފެން ބޭނުންވާ އާދައިގެ ޑޭޓާ ސެންޓަރުތަކުގެ ބަދަލުގައި، ތިމާވެށްޓާ ރައްޓެހި ބަދަލެއްގެ ގޮތުގަ އެވެ.

އޭއައިގެ ބޭނުން ފުޅާވަމުން ދިއުމާއެކު، ދުނިޔޭގައި ރައްކާކޮށް ޕްރޮސެސް ކުރަންޖެހޭ ޑޭޓާގެ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އައު ސެންޓަރުތައް ބިނާކުރަމުން ދިޔަ ނަމަވެސް، މި ފަދަ ތަންތަން ގާއިމުކުރާނެ ބިން ހޯދުމަށް ވަނީ ދަތިވެފަ އެވެ. ބިމުގައި ހަދާ ޑޭޓާ ސެންޓަރުތަކަކީ ބޮޑު ސަރަހައްދެއް ފުރާލާ، ގިނަ އަދަދަކަށް ކަރަންޓާއި ފެން ބޭނުންކުރާ ތަންތަނަށް ވާތީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި މި ފަދަ ތަންތަން ބިނާކުރުމަށް ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.

މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ބޭއްވި މިޑްޓަރމް އިންތިހާބުގައި ވެސް ޑޭޓާ ސެންޓަރުތަކުގެ މައްސަލައަކީ މައިގަނޑު އެއް މައުލޫ އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ގިނަ ކެންޑިޑޭޓުން ވަނީ ޑޭޓާ ސެންޓަރުތައް ބިނާކުރުމުގައި ހަރުކަށި ގަވާއިދުތަކެއް ހެެދުމަށް ވައުދުވެފަ އެވެ.

ޖައްވީ ކުނިބުންޏާއި ތޮއްޖެހުމުގެ ކަންބޮޑުވުން

މި މަޝްރޫއާ ގުޅޭގޮތުން ކުރިން މައުލޫމާތު ދެއްވި ތަޖުރިބާކާރަކު ވިދާޅުވީ، ޖައްވަށް ހާޑްވެއާ ފޮނުވުމަކީ އަދިވެސް އަގުބޮޑު ކަމެއް ކަމަށާއި، އެ ތަކެތި ރައްކާތެރިކޮށް، ފިނިކޮށް، ހަކަތަ ފޯރުކޮށްދޭނެ ނިޒާމުތައް ގާއިމުކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. މިއާއެކު، ޖައްވުގައި އިތުރުވަމުންދާ ކުނިބުނީގެ ސަބަބުން މި ސެޓެލައިޓްތަކަށް ގެއްލުންވުމުގެ ނުރައްކާ އެބައޮތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ލޯ-އޯބިޓްގައި ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވުމުން، އެ ތަކެތި އެކަތި އަނެކައްޗާ ޖެހި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެހެން ތަޖުރިބާކާރަކު އިންޒާރު ދެއްވި އެވެ. އަދި، އޭގެ ސަބަބުން މެޝިންތަކަށް ގެއްލުންވެ، ބައެއް ބައިތައް އަނބުރާ ބިމަށް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓާލިންކް ސެޓެލައިޓްތަކުގެ ސަބަބުން ޖައްވު ތޮއްޖެހޭ ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، މަސްކް އެ ކަން ދޮގުކުރައްވަ އެވެ. އަދި، އޭނާގެ ސެޓެލައިޓްތަކުން ޖައްވުގެ ބޮޑު ބައެއް ހިސާރުކޮށް، ވާދަވެރި ކުންފުނިތަކަށް ފުރުސަތު ހަނިކުރާ ކަމަށް ބުނާ ބުނުންތައް ވެސް މަސްކް ވަނީ ދޮގުކުރައްވާފަ އެވެ.

މަސްދަރު: ބީބީސީ

އީލޮން މަސްކްފަޟާސްޓާމައިންޑްއާޓިފިޝަލް އިންޓެލިޖެންސް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

އޭޝިއާގައި މަކަރާއި ހީލަތުން 136.5 ބިލިޔަން ޑޮލަރު ފޭރިގަނެފި، އޭއައިގެ ނުރައްކަލާމެދު މާހިރުންގެ އިންޒާރު!

15 ނޮވެމްބަރު 2026
އޭޝިއާގައި މަކަރާއި ހީލަތުން 136.5 ބިލިޔަން ޑޮލަރު ފޭރިގަނެފި، އޭއައިގެ ނުރައްކަލާމެދު މާހިރުންގެ އިންޒާރު!
07 ނޮވެމްބަރު 2026

ޑޭޓާ ލީކުވުންތަކާ ގުޅިގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރަން އޭއައި އަދި ޚާއްސަ ޓީމުތަކާއެކު ޖަޕާނުން ކުއްލި ފިޔަވަޅުތަކެއް އަޅައިފި

07 ނޮވެމްބަރު 2026
ޑޭޓާ ލީކުވުންތަކާ ގުޅިގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރަން އޭއައި އަދި ޚާއްސަ ޓީމުތަކާއެކު ޖަޕާނުން ކުއްލި ފިޔަވަޅުތަކެއް އަޅައިފި
29 އޮކްޓޯބަރު 2026

އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު

29 އޮކްޓޯބަރު 2026
އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު
23 އޮކްޓޯބަރު 2026

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

23 އޮކްޓޯބަރު 2026
ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!
21 އޮކްޓޯބަރު 2026

ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް

21 އޮކްޓޯބަރު 2026
ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް
14 އޮކްޓޯބަރު 2026

ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފި

14 އޮކްޓޯބަރު 2026
ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފި
30 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!

30 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!
28 ސެޕްޓެމްބަރު 2026

ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް އޭއައި ރެގިއުލޭޓް ނުކުރުމަކީ "ޒިންމާދާރުކަން ކުޑަ" ކަމެއް: ބިލް ގޭޓްސް

28 ސެޕްޓެމްބަރު 2026
ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް އޭއައި ރެގިއުލޭޓް ނުކުރުމަކީ "ޒިންމާދާރުކަން ކުޑަ" ކަމެއް: ބިލް ގޭޓްސް
28 ސެޕްޓެމްބަރު 2026

ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ

28 ސެޕްޓެމްބަރު 2026
ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ
27 ސެޕްޓެމްބަރު 2026

އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

27 ސެޕްޓެމްބަރު 2026
އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް