Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދުވަސް

އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 13:06

ފަތުރުވެރިކަމުގެ ދާއިރާގައި އޭއައި އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުން ކުދި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުތައް ހުޅުވި، ތިމާވެށި ހިމާޔަތްކުރުމަށް ފަސޭހަވާނެކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ. އަދި އޭވިއޭޝަން ދާއިރާއާ ގުޅިގެން ޚިދުމަތްތައް ޒަމާނީކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަމުގެ މަންފާ ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭކަން މިނިސްޓަރު ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 13:06
ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން | ރައީސް އޮފީސް

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ޑިޖިޓަލް ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ގޮވާލައްވައިފި އެވެ. 

މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، އެ މިނިސްޓްރީން ނެރުނު "ޓޫރިޒަމް ޑޭ ސަޕްލިމެންޓް 2026" ގައި ލިޔުއްވި މެސެޖެއްގައި މިނިސްޓަރު އަމީން ވަނީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓޫރިޒަމް" އަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަގުތު އެންމެ މުހިންމު މައުޟޫއުކަން ފާހަގަކުރެއްވާފަ އެވެ. 

Advertisement - newsAdvertisement

 ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އިސްތިހާރު ކުރުމަށާއި، ފަތުރުވެރިން ދަތުރުތައް ރޭވުމަށް އައު ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށާއި، ޚާއްސަކޮށް އޭއައިގެ އެހީގައި ފަތުރުވެރިންގެ ބޭނުންތައް ދެނެގަނެ، މާކެޓުގެ ޑިމާންޑް އޮތްގޮތް މީގެ ކުރިން ދުވަހަކު ވެސް ނޭނގޭ މިންވަރަށް ސާފުކޮށް ބަލާލުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ދުރު އަތޮޅުތަކުގައި ހިންގާ ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށް ވެސް ބޮޑެތި ރިސޯޓުތަކެކޭ އެއްފަދައިން ބައިނަލްއަގުވާމީ މާކެޓަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވާ، މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. 

މީގެ އިތުރުން، ފަތުރުވެރިކަމާއި މަދަނީ އޭވިއޭޝަން އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުމާއެކު، ފަތުރުވެރިޔާގެ ދަތުރުގެ ހުރިހާ މަރުހަލާއެއް އެއްވިއުގައަކުން ގުޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓުތަކާއި ފަސިންޖަރުންނަށް ޚިދުމަތްދޭ ނިޒާމުތައް ޒަމާނީކޮށް، ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަމުގެ މަންފާ ފުޅާކުރުމަށް ސަރުކާރުން އިސްކަން ދެމުން ގެންދާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ބިނާކުރުމުގައި ދިވެހިންގެ މެހެމާންދާރީއާއި ޒަމާނީ ޓެކްނޮލޮޖީ އެކުލަވާލައިގެން ކުރިއަށް ދިއުމަށް މިނިސްޓަރު އަމީން ގޮވާލެއްވި އެވެ.

އާޓިފިޝަލް އިންޓެލިޖެންސްދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްމުހައްމަދު އަމީން

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!

27 ސެޕްޓެމްބަރު 2026
ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!
27 ސެޕްޓެމްބަރު 2026

އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!

27 ސެޕްޓެމްބަރު 2026
އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
24 ސެޕްޓެމްބަރު 2026

އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި

24 ސެޕްޓެމްބަރު 2026
އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
14 ސެޕްޓެމްބަރު 2026

އޭއައި ބޭނުންކުރުމުގެ ފަސް ފައިދާއާއި ފަސް ގެއްލުން

14 ސެޕްޓެމްބަރު 2026
އޭއައި ބޭނުންކުރުމުގެ ފަސް ފައިދާއާއި ފަސް ގެއްލުން
12 ސެޕްޓެމްބަރު 2026

އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު

12 ސެޕްޓެމްބަރު 2026
އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
11 ސެޕްޓެމްބަރު 2026

މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!

11 ސެޕްޓެމްބަރު 2026
މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!
11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް