އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު
29 އޮކްޓޯބަރު 2026 | ބުރާސްފަތި 09:29މާލޭގެ ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޓްރެފިކް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި. މި މަޝްރޫއުގެ ދަށުން ގާއިމުކުރާ "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" މެދުވެރިކޮށް މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމާއި ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި

ޓްރެފިކް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ | ރާއްޖެ ޓީވީ
ޓްރެފިކް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބަލަހައްޓައި، ދިމާވެފައިވާ ޓްރެފިކްގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޓްރެފިކް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" އެއް ގާއިމުކުރުމަށް ބަޖެޓުގައި ވަނީ ފައިސާ ހިމަނާފަ އެވެ. މި ސިސްޓަމްގެ ސަބަބުން މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބެލުމާއި، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މާލޭގެ މަގުތަކަކީ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ތަނަކަށް ވާއިރު، ޓެކްނޮލޮޖީގެ އެހީގައި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ފެށި މަސައްކަތަކީ މާލޭގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.











