Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފި

14 އޮކްޓޯބަރު 2026 | ބުދަ 08:46

ރަޝިޔާގެ ޓެކް ކުންފުނިތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުގެ ތެރެއިން، އެ ގައުމުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ޑްރޯން ހަމަލާތަކެއް ދީފި. މި ހަމަލާތަކާ ގުޅިގެން ސްބިޔަރްބާންގެ ޚިދުމަތްތަކަށް ބުރޫނާރާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ކުރިއެރުވުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 އޮކްޓޯބަރު 2026 | ބުދަ 08:46
ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރު ކަމަށްވާ ސްބިޔަރްބާންއަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ލިބިފައިވާ ގެއްލުންތައް

ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރު ކަމަށްވާ ސްބިޔަރްބާންއަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ލިބިފައިވާ ގެއްލުންތައް | އެކްސްލީނޯވާ+

ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފައިވާ ކަމަށާއި، ނަމަވެސް އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށް، އެ ޑޭޓާ ސެންޓަރުގެ މިލްކުވެރިކަން އޮންނަ، އެ ޤައުމުގެ އެންމެ ބޮޑު ބޭންކު އަދި ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ސްބިޔަރްބާންގެ އިސް އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފި އެވެ.

ވުލްގާ ކޯރުގެ އައްސޭރީގައި އޮންނަ ސަރާތަފް ސަރަހައްދަށް ދިން މި ހަމަލާއަކީ، ރަޝިޔާގެ ޓެކް ގްރޫޕް ޔަންޑެކްސްގެ ޑޭޓާ ސެންޓަރުތަކަށް ފާއިތުވި ހަފުތާގެ ތެރޭގައި ދިން ތިން ހަމަލާއާ ގުޅިގެން ދިން ހަމަލާއެކެވެ. އަދި، މިއީ ރަޝިޔާއިން އެ ޤައުމުގެ ޑޭޓާ ސައިޓުތަކަށް ދެމުންދާ ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ޔޫކްރެއިނުން ބުނެ އެވެ.

Advertisement - worldAdvertisement

"ޑޭޓާ ޕްރޮސެސިންގް ސެންޓަރަށް ހަމަލާދީފައިވާ ކަން އަޅުގަނޑުމެން ކަށަވަރުކޮށްދެން. ހަމަމިއާއެކު، ސްބިޔަރްބާންގެ ހުރިހާ ސިސްޓަމްތަކާއި ޚިދުމަތްތައް ވެސް އެއްވެސް މެދުކެނޑުމެއްނެތި އާންމު ގޮތެއްގައި ދަނީ މަސައްކަތްކުރަމުން،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްބިޔަރްބާންގެ ފަސްޓް ޑެޕިއުޓީ ސީއީއޯ އަލެކްސާންދްރަ ވިދްޔަޚިން ވިދާޅުވި އެވެ.

ރަޝިޔާގައި އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ އެންމެ އިސް ކުންފުންޏަކީ ސްބިޔަރްބާންއާއި އޭގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޔަންޑެކްސް އެވެ. މި ގޮތުން، އެ ޤައުމުގެ އެތެރޭގެ މާކެޓް ބެހިފައި ވަނީ ސްބިޔަރްބާންގެ ޖިގަޗެޓް މޮޑެލްއާއި ޔަންޑެކްސްޖީޕީޓީގެ މެދުގަ އެވެ.

މި ދެ ކުންފުނިން ވެސް އެ ކުންފުނިތަކުގެ މޮޑެލްތައް ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވީ ނަމަވެސް، އެމެރިކާއާއި ޗައިނާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށްވުރެ ނުވަ މަސް ދުވަސް ފަހަތުގައި އެ ކުންފުނިތައް އުޅޭކަން ފާހަގަކުރެވެ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، އެންމެ ޒަމާނީ ހާޑްވެއާތައް ހޯދުމަށް ރަޝިޔާއަށް ހުރަސްއެޅޭ ގޮތަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ބަލަކޮވާގައި ހުންނަ 55،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ހިމެނޭ ސްބިޔަރްބާންގެ ސެންޓަރަށް ހަމަލާދީފައިވާއިރު، 2027 ވަނަ އަހަރު ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ރަޝިޔާގެ އެންމެ ބޮޑު ސުޕަކޮމްޕިއުޓަރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ވެސް އެ ތަނުގައި ކަމަށް، 2024 ވަނަ އަހަރު ރަޝިޔާގެ ދައުލަތުގެ ނޫސް އޭޖެންސީ، އާރްއައިއޭ ނޮވަސްތީން ރިޕޯޓުކޮށްފައިވެ އެވެ.

މި ސައިޓު ގާއިމުކޮށްފައި ވަނީ ބަލަކޮވާ ނިއުކްލިއާ ޕަވާ ޕްލާންޓާއި ސަރާތަފް ހައިޑްރޯއިލެކްޓްރިކް ޕަވާ ޕްލާންޓާ ޖެހިގެންނެވެ. ޔޫކްރެއިނުން ދިން ހަމަލާތަކުގައި ސުޕަކޮމްޕިއުޓަރުތަކަށް ގެއްލުމެއް ލިބިފައިވާ ކަން ޔަންޑެކްސްއިން އަދި ސްބިޔަރްބާންއިން ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މަސްދަރު: ރޮއިޓަރސް

ޔޫކްރެއިން-ރަޝިޔާޔަންޑެކްސްއާޓިފިޝަލް އިންޓެލިޖެންސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
30 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!

30 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!
28 ސެޕްޓެމްބަރު 2026

ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް އޭއައި ރެގިއުލޭޓް ނުކުރުމަކީ "ޒިންމާދާރުކަން ކުޑަ" ކަމެއް: ބިލް ގޭޓްސް

28 ސެޕްޓެމްބަރު 2026
ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް އޭއައި ރެގިއުލޭޓް ނުކުރުމަކީ "ޒިންމާދާރުކަން ކުޑަ" ކަމެއް: ބިލް ގޭޓްސް
28 ސެޕްޓެމްބަރު 2026

ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ

28 ސެޕްޓެމްބަރު 2026
ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ
28 ސެޕްޓެމްބަރު 2026

ރަޝިޔާއިން ކީވްއަށް ދިން ޑްރޯން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެ

28 ސެޕްޓެމްބަރު 2026
ރަޝިޔާއިން ކީވްއަށް ދިން ޑްރޯން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެ
27 ސެޕްޓެމްބަރު 2026

އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

27 ސެޕްޓެމްބަރު 2026
އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި
27 ސެޕްޓެމްބަރު 2026

އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!

27 ސެޕްޓެމްބަރު 2026
އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
24 ސެޕްޓެމްބަރު 2026

އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި

24 ސެޕްޓެމްބަރު 2026
އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް