Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް

"ހެލްޕް-ޓު-ބިލްޑް" އަދި "ހެލްޕް-ޓު-ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ އާދީއްތަ ދުވަހު ހުޅުވާލަނީ!

26 ނޮވެމްބަރު 2026 | ބުރާސްފަތި 07:15

ސަރުކާރުގެ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން ގެދޮރު ބިނާކުރުމަށާއި ގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވާ އާދީއްތަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައި. މި ސްކީމްތަކުގެ ދަށުން ގެދޮރު އެޅުމަށް 2 ލައްކަ ރުފިޔާއާ ހަމައަށް އަދި ގެދޮރު ގަތުމަށް 2.5 ލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ފޯމެއް ވެސް ހުށަހަޅަންޖެހޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 07:15
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީއެމްއީސީގެ ހުޅުމާލޭ ފޭސް 2 ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފައިލް ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީއެމްއީސީގެ ހުޅުމާލޭ ފޭސް 2 ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފައިލް ފޮޓޯ | ރައީސް އޮފީސް

ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ހިންގާ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ބައެއްގެ ގޮތުގައި، ގެދޮރު ބިނާކުރުމަށް އެހީދޭ "ހެލްޕް-ޓު-ބިލްޑް" ސްކީމް އަދި އަލަށް ގެދޮރު ގަތުމަށް އެހީ ދޭ ހެލްޕް-ޓު-ބައި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

މިދެ ސްކީމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 25 ނޮވެންބަރު 2026 ގަ އެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ، މި ދެ އުސޫލުގެ ދަށުން އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ރަސްމީކޮށް ހުޅުވާލާނެ ކަމަށެވެ. 

މި ދެ ސްކީމުގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އަމިއްލަ ގެދޮރު ބިނާނުކުރެވި ނުވަތަ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި ދެ ސްކީމުގެ ދަށުން ބޯހިޔާވަހިކަމުގެ އެހީތެރިކަން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ހެލްޕް-ޓު-ބިލްޑް ސްކީމުގެ ތަފުސީލަށް ބަލާއިރު، މި ސްކީމަކީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ސްކީމެކެވެ.

މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް މި ސްކީމް އަމާޒުކޮށްފައިވާއިރު، މީގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެ އެވެ. މި ސްކީމުގެ ދަށުން 1,000,000 (އެއް މިލިއަން) ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200,000 (ދެލައްކަ) ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރަން ބޭނުންވާ ހާލަތްތަކުގައި، ބޮލަކަށް 200,000 ރުފިޔާގެ މަގުން، އެންމެ ގިނަވެގެން 1,000,000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ޕޭމަންޓް ހަމަޖައްސައިދެވޭނެ އެވެ. މި އުސޫލު ހިނގާނީ ހަމައެކަނި މާލޭގެ ބިންތަކަށެވެ. ކުރެހުމާއި ބީއޯކިއު އަށް ބަލައި 1 މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް، ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200,000 ރުފިޔާ އެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ އެވެ.

މީގެ އިތުރުން ހެލްޕް-ޓު-ބައި ސްކީމުގެ ތަފުސީލަށް ބަލާއިރު، ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ) އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250,000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެ އެވެ. މިއީ 2024 ގެ "ހިޔާވަހި" ސްކީމާ ވަކިން ހިންގޭ ސްކީމެކެވެ.

ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެ އެވެ.

އެހީ ދޫކުރާނެ އުސޫލުތަކާއި ޝަރުތުތަކުގެ ތަފުސީލު ގެޒެޓުކުރެވިފައިވާ އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރު އިރުޝާދުތަކާއި ތަފުސީލުތައް ފުރުސަތު ހުޅުވާލުމާ އެކު ނެރޭ އިއުލާނުގައި އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމްހެލްޕް-ޓު-ބިލްޑްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްބޯހިޔާވަހިކަން އެންމެންނަށްހެލްޕް ޓު ބައި

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!

11 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!
10 ނޮވެމްބަރު 2026

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރު 2026
ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
10 ނޮވެމްބަރު 2026

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު

10 ނޮވެމްބަރު 2026
ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު
05 ނޮވެމްބަރު 2026

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަނީ

05 ނޮވެމްބަރު 2026
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަނީ
04 ނޮވެމްބަރު 2026

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 ނޮވެމްބަރު 2026
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
27 ސެޕްޓެމްބަރު 2026

މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި

27 ސެޕްޓެމްބަރު 2026
މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!
23 އޯގަސްޓު 2026

ގޯއްޗާއި ފްލެޓު ލިސްޓު ޑިސެމްބަރު މަހު ނެރޭނެކަމަށް ބުނެ އަނެއްކާވެސް އައު ޑެޑްލައިނެއް!

23 އޯގަސްޓު 2026
ގޯއްޗާއި ފްލެޓު ލިސްޓު ޑިސެމްބަރު މަހު ނެރޭނެކަމަށް ބުނެ އަނެއްކާވެސް އައު ޑެޑްލައިނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް