Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެށިފަހި މާލެ

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަނީ

5 ނޮވެމްބަރު 2026 | ބުރާސްފަތި 08:12

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ނަގާފައިވާ 48 ބިމެއް، އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުން ގަތުމުގެ ފުރުސަތު އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި. މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 08:12
ހަވީރު 5 ގެ ފަހުން މާލޭގެ މަގުމަތި

ހަވީރު 5 ގެ ފަހުން މާލޭގެ މަގުމަތި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ 2011 ވަނަ އަހަރު ހިންގެވި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު އެކުލަވާލައި 28 ޖޫން 2021 ގައި ގެޒެޓުކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އުސޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން އެފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

މި ބިންތަކުގެ ތެރޭގައި ހިމެނެނީ މާފަންނުގެ 21 ބިމަކާއި، މައްޗަންގޯޅީގެ 10 ބިމެއްގެ އިތުރުން، ހެންވޭރުގެ 9 ބިމަކާއި، ގަލޮޅުގެ 7 ބިމަކާއި، ވިލިނގިލީގެ ބިމެކެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2000 ރުފިޔާގެ މަގުންނެވެ.

ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، އެ އުސޫލުގައިވާ ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކާއެކު 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ބިންތަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބިފައިވާ ބިންތަކަށްވާއިރު، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ބިން ގަންނަން ފުރުސަތު ދެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.

މި ފުރުސަތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ޖުމްލަ 48 ބިމެއް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބިން ގަންނަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭނުންވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

5

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 ނޮވެމްބަރު 2026
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
27 ސެޕްޓެމްބަރު 2026

މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި

27 ސެޕްޓެމްބަރު 2026
މިނިސްޓަރަށް މުވައްޒަފުންގެ އިތުބާރު ގެއްލި، ފުލުހުން ހައުސިންގ މިނިސްޓްރީގައި ފޯރިމަރަން ފަށައިފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!
22 އޯގަސްޓު 2026

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ފަށައިފި

22 އޯގަސްޓު 2026
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ފަށައިފި
19 އޯގަސްޓު 2026

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!

19 އޯގަސްޓު 2026
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!
13 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި

13 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި
17 ޖުލައި 2026

ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!

17 ޖުލައި 2026
ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް