Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު

10 ނޮވެމްބަރު 2026 | އަންގާރަ 13:03

ރަސްމާލެ މަޝްރޫއުގެ ދަށުން 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިން އަންދާޒާކުރި ވަރަށް ވުރެ ޚަރަދު ކުޑަކުރެވި، މިހާރު އެ މަސައްކަތަށް ހޭދަވާނީ 330 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި. ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރިއަށްގެންދާތީ ޚަރަދު ކުޑަވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ ބޮޑުބައި ނިންމުމަކީ އަމާޒެއް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 10 ނޮވެމްބަރު 2026 | އަންގާރަ 13:03
ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގެ ތެރެއިން

ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގެ ތެރެއިން | ރައީސް އޮފީސް

ރަސްމާލެ މަޝްރޫއުގެ ދަށުން މުޅި ފަޅު ހިއްކައި ނިންމުމަށް ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.1 ބިލިއަން ރުފިޔާ) ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ނަމަވެސް މިނިސްޓަރު މުއްތަލިބު މީގެ ކުރިން ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ. 

Advertisement - newsAdvertisement

 ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށި ދުވަސްވަރު އެ މަޝްރޫއަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ކަމަށެވެ. އެ އަންދާޒާއަކީ އޭރު ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގާފައިވާ ޚަރަދުތަކަށާއި، މާކެޓް ރޭޓްތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބަލައިގެން ހެދި ހިސާބުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޚަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނާއި، ޑްރެޖަރު ޗާޓަރުކޮށްގެން މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުން، މުޅި ރަސްމާލޭގެ 1,009 ހެކްޓަރު ހިއްކުމަށް ދައުލަތުން ޚަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މިހާރު ލަފާކުރެވޭ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. އޭގެ ތެރެއިން 500 ހެކްޓަރުގެ ބިން ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މި ދެންނެވި 330 މިލިއަން ޑޮލަރުގެ ތެރެއިން ހަމަ ވަރަށް ބޮޑު އަދަދެއް އިންނާނެ ދިވެހި ރުފިޔާއިން ވެސް ޚަރަދު ދީފައި. އެއީ ޑޮލަރުގެ ތާށިކަމަށް ވީހާވެސް ބޮޑަކަށް އަސަރު ނުކުރާނެހެން ސަރުކާރުން ކުރި މަސައްކަތްތަކެއް
ޑރ. އަބްދުﷲ މުއްތަލިބު

މީގެ އިތުރުން، ރަސްމާލެ މަޝްރޫއަށް 700 މިލިއަން ނުވަތަ 1,000 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަނީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ވާހަކަތައް މިނިސްޓަރު މުއްތަލިބު ވަނީ ދޮގުކުރައްވާފަ އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބިން ހިއްކި ރޭޓްތަކަށް ބަލާއިރު ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރެވެމުންދަނީ ނިސްބަތުން ވަރަށް ރަނގަޅު އަދި އަގުހެޔޮ ރޭޓެއްގައި ކަމަށެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި މި އަހަރު ނިމުމުގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. 

ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްރަސްމާލެ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

ރަސްމާލެ މަޝްރޫއާމެދު އާންމު ވޯޓަކަށް ދިޔުމަށް ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ މެންބަރެއް ގޮވާލައްވައިފި

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާމެދު އާންމު ވޯޓަކަށް ދިޔުމަށް ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ މެންބަރެއް ގޮވާލައްވައިފި
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން: ފައިސަލް

އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް

09 ނޮވެމްބަރު 2026
އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގައުމިއްޔަތު ދިރުވުމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ؟

09 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގައުމިއްޔަތު ދިރުވުމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ؟
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
08 ނޮވެމްބަރު 2026

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު

08 ނޮވެމްބަރު 2026
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް