Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026 | ހުކުރު 18:12

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދެފުށް ނުފެންނާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި. މި މަޝްރޫއުން ލިބޭނެ މަންފާއާ މެދު ސުވާލު އުފެދިފައިވާއިރު، މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމަކުން ހައުސިންގ މިނިސްޓްރީގައި ވަނީ ހަރަކާތްތެރިވެފައި. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަމަށް ގާނޫނީ މާހިރުން ފާހަގަކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ސެޕްޓެމްބަރު 2026 | ހުކުރު 18:12
ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ މައްސަލައެއްގައި، ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ވަދެ ތަހުގީގެއް ހިންގިކަން ހާމަވެއްޖެ އެވެ. 

އިތުބާރު ހުރި މަސްދަރަކުން ރާއްޖެޓީވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ ޓީމުން އެ މިނިސްޓްރީއަށް ވަދެފައިވަނީ ހުކުރު ދުވަހުގެރޭ 7:30 ހާއިރު އެވެ.

Advertisement - newsAdvertisement

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ކަމަށް ބެލެވޭތީ، ފުލުހުންގެ ފޮރެންސިކް ޓީމުން އެ މިނިސްޓްރީގައި ހަރަކާތްތެރިވިކަން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައިވާއިރު، ދައުލަތަށް ވަގުތުން ލިބޭނެ އާމްދަނީއެއް ނުވަތަ ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާއެއް ސާފުކޮށް އެނގެން ނެތުމުން، މި މުއާމަލާތުން ހަގީގީ މަންފާ ލިބެނީ ކޮންބަޔަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ޚަޒާނާއަށް 11 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށާއި 54،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ އިގުތިސާދީ ދިރާސާއެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ މިނިސްޓްރީން ހާމަކުރި މި އަދަދުތަކަކީ އެއްވެސް ތަފްސީލީ ތަފާސްހިސާބެއްގެ މައްޗަށް ބިނާވެފައިވާ އަދަދުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ގާނޫނީ އޮނިގަނޑު އޮތްގޮތުން، ރާއްޖޭގެ އިސްތިގުލާލަށް އުނިކަންލިބޭ ފަދަ ނުރައްކާތަކެއް ހުރިކަން ވެސް ވަނީ ފާހަގަވެފަ އެވެ. އެގޮތުން، މި ބިންތައް ދޫކޮށްފައިވަނީ 99 އަހަރަށް ކަމަށް ބުނި ނަމަވެސް، އީގަލް ހިލްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ބިމެއްގައިވާ އިމާރާތެއް ނުވަތަ މިލްކިއްޔާތެއް އެހެން ފަރާތަކަށް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު، އެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ އެވެ. މިއީ ރާއްޖޭގެ 5.2 މިލިއަން އަކަމީޓަރުގެ ސަރަހައްދެއް ދާއިމީކޮށް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ފަދަ ކަމެއްގެ ގޮތުގައި ގާނޫނީ މާހިރުން ސިފަކުރެ އެވެ.

މި މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް މިނިސްޓްރީ އިން ގެއްލިފައިވާ މައްސަލައިގައި ފުލުހުންގެ ފޮރެންސިކް ޓީމުން މިނިސްޓްރީއަށް ގޮސް ތަހުގީގުތަކެއް ހިންގާފައިވާއިރު، މިއީ އާދައިގެ ކަމެއް ނޫން ކަމަށް ބެލެވެ އެވެ. ގެއްލިފައިވަނީ މިފަދަ ބޮޑު މަޝްރޫއެއްގެ މުހިންމު ލިޔެކިޔުންތަކަކަށް ވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ ގާނޫނީ އަދި މާލީ ގެއްލުންތަކަކީ ކޮބައިތޯ ސަރުކާރުން ހާމަކުރަންޖެހެ އެވެ.

މި މަޝްރޫއުގެ ހަގީގީ އަގާއި ދައުލަތަށް ލިބޭނެ ގެއްލުން އެނގޭނީ މިނިވަން އޮޑިޓެއް ހަދައި، ފައިނަލް އެގްރީމެންޓްތައް އާންމުކުރުމުންނެވެ. ނަމަވެސް މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ، ދައުލަތުގެ ބޮޑު މިލްކިއްޔާތެއް އެއްވެސް ބަދަލަކާ ނުލައި ދޫކޮށްލާފައިވާ ކަމާއި، އެކަމާ ގުޅޭ މުހިންމު ހެކިތަކެއް ސަރުކާރުގެ ތެރެއިން ގެއްލިފައިވާ ކަމެވެ. މިއީ ދިވެހި ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އަށް ރާއްޖެޓީވީ އިން ގުޅުމުން ފޯނު ބިޒީ ކޮށްލައްވާފައިވާއިރު ކޮށްފައިވާ މެސެޖަށް ޖަވާބުދެއްވާފައި ނުވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ރަސްމާލެ އީގަލް ހިލްސްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

3

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
24 ސެޕްޓެމްބަރު 2026

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

24 ސެޕްޓެމްބަރު 2026
25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟
24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026
އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު

21 ސެޕްޓެމްބަރު 2026
 ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް