Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

4 ނޮވެމްބަރު 2026 | ބުދަ 07:23

މާލޭ ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާޜު މިވަނީ ބޭރުކޮށްލާފައި. މި ބިންތައް އަތުލުމަކީ ކައުންސިލަށް ލިބޭ އާމްދަނީ ހުއްޓި، މާލޭގެ މިސްކިތްތައް ބެލެހެއްޓުމާއި އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ނޮވެމްބަރު 2026 | ބުދަ 07:23
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް

މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ 14 ބިމެއް، އެ ކައުންސިލްގެ ބާރުގެ ދަށުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމާފައިވާ ނިންމުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބޭރުކޮށްލައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު އެވެ.

Advertisement - newsAdvertisement

މެންބަރު މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވީ ނަމަވެސް، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތްތަކެއް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބިމެއް ވަކިކުރުމުގެ ކުރިން އެ މަޝްރޫއަކާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށް، ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލްގެ އިހުތިސާސުން ވަކިކުރާ ބިމެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުގެ ތަފްސީލުތައް އާންމުކުރަންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް، ހައުސިންގ މިނިސްޓްރީން މި 14 ބިން އަތުލުމަށް ނިންމީ، އެ ބިންތަކުގައި ހިންގާނެ މަޝްރޫއުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމެއް ނެތި އަދި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން އަތުލުމަށް ނިންމާފައިވާ މި ބިންތަކަކީ މާލޭ ސިޓީ ކައުންސިލަށް މިހާރުވެސް އާމްދަނީ ލިބެމުންދާ ބިންތަކެކެވެ. މި ބިންތަކުން ލިބޭ ފައިސާއަކީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި، ކައުންސިލްގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރާ ފައިސާ ކަމަށްވުމުން، މި ބިންތައް އަތުލުމަކީ ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލި، ކައުންސިލް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މީކާއީލްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޕާކިންގ އިމާރާތްތަކާއި، ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމަށް ކައުންސިލުން މުހިންމު ޕްލޭންތަކެއް އެކުލަވާލަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

މި ނިންމުމުގެ ސަބަބުން ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ހަނިވެ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގައި މި ގަރާރަށް ބަހުސް ކުރުމާ ދެކޮޅަށް ވޯޓުދެއްވައި ގަރާރު ބޭރުކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ. 

މާލޭ ސިޓީ ކައުންސިލްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްމީކާއިލް އަހުމަދު ނަސީމްލާމަރުކަޒުކުރުން

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
30 އޮކްޓޯބަރު 2026

ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް

30 އޮކްޓޯބަރު 2026
ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ކޯޓަށް ހުށަހަޅައިފި

28 އޮކްޓޯބަރު 2026
މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ކޯޓަށް ހުށަހަޅައިފި
26 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި
25 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން
24 އޮކްޓޯބަރު 2026

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި

24 އޮކްޓޯބަރު 2026
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
22 އޮކްޓޯބަރު 2026

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026
މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް
21 އޮކްޓޯބަރު 2026

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

21 އޮކްޓޯބަރު 2026
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް