Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!

11 ނޮވެމްބަރު 2026 | ބުދަ 07:35

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 2 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭއިރު، މީގެ ކުރިން ވެސް މި މަޝްރޫއުގެ އެކި ދިރާސާތައް ކުރުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ނޮވެމްބަރު 2026 | ބުދަ 07:35
ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން

ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން | ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބިޑާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގއެއް ނޯންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް، ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އެއްވެސް ސުވާލެއް ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 2026 ނޮވެމްބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެސްއަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.

މި މަޝްރޫއުގެ ބިޑް ހުށަހެޅުން އޮންނާނީ 2026 ޑިސެމްބަރު 2 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގަ އެވެ. ބިޑް ހުށަހެޅުން ކުރިއަށްދާނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގަ އެވެ.

މި މަސައްކަތަށް ހޮވޭ ފަރާތަކުން އަމަލުކުރަންޖެހޭނެ ތަފްސީލީ އުސޫލުތައް ނުވަތަ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ އެކި ދިރާސާތަކާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ފަށާފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސްއިން ވަނީ ރަސްމާލެ ތަރައްގީކުރުމުގެ ތަފްސީލީ މާސްޓަރ ޕްލޭން ފަރުމާކޮށް އެކުލަވާލާނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ނުވަތަ މަސައްކަތް ކުރެވިދާނެތޯ ބެލުމުގެ ދިރާސާ ހެދުމަށާއި، މަޝްރޫއު ތައްޔާރުކުރުމުގެ ކޮންސަލްޓެންސީ ޚިދުމަތް ހޯދުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްފިނޭންސް މިނިސްޓްރީރަސްމާލެ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
11 ނޮވެމްބަރު 2026

ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

11 ނޮވެމްބަރު 2026
ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
10 ނޮވެމްބަރު 2026

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރު 2026
ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
10 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން
10 ނޮވެމްބަރު 2026

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު

10 ނޮވެމްބަރު 2026
ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު
10 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާމެދު އާންމު ވޯޓަކަށް ދިޔުމަށް ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ މެންބަރެއް ގޮވާލައްވައިފި

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާމެދު އާންމު ވޯޓަކަށް ދިޔުމަށް ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ މެންބަރެއް ގޮވާލައްވައިފި
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން: ފައިސަލް

އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް

09 ނޮވެމްބަރު 2026
އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް