Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:24

ރަސްމާލެ މަޝްރޫއުގެ ލިޔެކިޔުންތައް ހުރި ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުން ތަހުގީގުކުރި ނަމަވެސް، އެއްވެސް ލިޔުމެއް މަދުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ. ނަމަވެސް މި މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިންތައް ދޫކޮށްފައިވާ ގޮތުންނާއި، މައުލޫމާތު ހާމަކުރުމުގައި ހުރި ދެފުށް ނުފެންނަ ކަންކަމާ ގުޅިގެން އާންމުންނާއި ތަޖުރިބާކާރުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:24
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ މައްސަލައެއްގައި، ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ވަދެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ރިޕޯޓް ކުރިތާ 17 ގަޑިއިރު ފަހުން އެ ކަމާ ގުޅޭ ބަޔާނެއް ފުލުހުން ނެރެފި އެވެ. 

އިތުބާރު ހުރި މަސްދަރަކުން ރާއްޖެޓީވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ ޓީމުން އެ މިނިސްޓްރީއަށް ވަދެފައިވަނީ ހުކުރު ދުވަހުގެރޭ 7:30 ހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް، ރަސްމާލެ މަޝްރޫއުގެ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ކަމަށް ބެލެވޭތީ، ފުލުހުންގެ ފޮރެންސިކް ޓީމުން އެ މިނިސްޓްރީގައި ހަރަކާތްތެރިވިކަން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ޚަބަރު ޝާއިއުކުރިތާ 17 ވަރަކަށް ގަޑިއިރު ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީ ގައި ހުރި ރަސްމީ ލިޔެކިޔުުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް އެ މިނިސްޓްރީ އިން ކުރި ރިޕޯޓަކާ ގުޅިގެން، 2026 ސެޕްޓެމްބަރު 25 ވީ ހުކުރު ދުވަހުގެ ރޭ، 07:18 ހާއިރު ފުލުހުން އެ މިނިސްޓްރީ އަށް ހާޒިރު ވި ކަމަށެވެ. 

ފުލުހުންގެ ބަޔާން

ފުލުހުންގެ ބަޔާން | މޯލްޑިވްސް ޕޮލިސް

އެގޮތުން ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކް ކުރި އިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާ ކަން ޔަގީން ވެފައިވާ ކަމަށް ފުލުހުން ނެރުނު އެ ބަޔާނުގައި ވެ އެވެ. 

މި ހާދިސާ ހިނގިތާ އެހާ ގިނަ އިރު ފަހުން ފުލުހުން އެކަމަށް ރައްދު ދީ ބަޔާނެއް ނެރެފައިވާތީ ގިނަ ބަޔަކު ދަނީ ފުލުހުންގެ ބަޔާނާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ހަގީގަތުގައި ވެސް ލިޔެކިޔުމެއް ގެއްލިފައިވާނަމަ، އަދި އެއީ ރައްޔިތުންގެ މަސްލަހަތާ، ގައުމުގެ މަސްލަހަތާ ގުޅިފައިވާ މުހިއްމު ކަމަކަށް ވާނަމަ، ރައްޔިތުންނަށް ކަމުގެ ހަގީގަތް އެނގެން ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައިވާއިރު، ދައުލަތަށް ވަގުތުން ލިބޭނެ އާމްދަނީއެއް ނުވަތަ ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާއެއް ސާފުކޮށް އެނގެން ނެތުމުން، މި މުއާމަލާތުން ހަގީގީ މަންފާ ލިބެނީ ކޮންބަޔަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ޚަޒާނާއަށް 11 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށާއި 54،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ އިގުތިސާދީ ދިރާސާއެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ މިނިސްޓްރީން ހާމަކުރި މި އަދަދުތަކަކީ އެއްވެސް ތަފްސީލީ ތަފާސްހިސާބެއްގެ މައްޗަށް ބިނާވެފައިވާ އަދަދުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ގާނޫނީ އޮނިގަނޑު އޮތްގޮތުން، ރާއްޖޭގެ އިސްތިގުލާލަށް އުނިކަންލިބޭ ފަދަ ނުރައްކާތަކެއް ހުރިކަން ވެސް ވަނީ ފާހަގަވެފަ އެވެ. އެގޮތުން، މި ބިންތައް ދޫކޮށްފައިވަނީ 99 އަހަރަށް ކަމަށް ބުނި ނަމަވެސް، އީގަލް ހިލްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ބިމެއްގައިވާ އިމާރާތެއް ނުވަތަ މިލްކިއްޔާތެއް އެހެން ފަރާތަކަށް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު، އެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ އެވެ. މިއީ ރާއްޖޭގެ 5.2 މިލިއަން އަކަމީޓަރުގެ ސަރަހައްދެއް ދާއިމީކޮށް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ފަދަ ކަމެއްގެ ގޮތުގައި ގާނޫނީ މާހިރުން ސިފަކުރެ އެވެ.

މި މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް މިނިސްޓްރީ އިން ގެއްލިފައިވާ މައްސަލައިގައި ފުލުހުންގެ ފޮރެންސިކް ޓީމުން މިނިސްޓްރީއަށް ގޮސް ތަހުގީގުތަކެއް ހިންގާފައިވާއިރު، މިއީ އާދައިގެ ކަމެއް ނޫން ކަމަށް ބެލެވެ އެވެ. ގެއްލިފައިވަނީ މިފަދަ ބޮޑު މަޝްރޫއެއްގެ މުހިންމު ލިޔެކިޔުންތަކަކަށް ވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ ގާނޫނީ އަދި މާލީ ގެއްލުންތަކަކީ ކޮބައިތޯ ސަރުކާރުން ހާމަކުރަންޖެހެ އެވެ.

މި މަޝްރޫއުގެ ހަގީގީ އަގާއި ދައުލަތަށް ލިބޭނެ ގެއްލުން އެނގޭނީ މިނިވަން އޮޑިޓެއް ހަދައި، ފައިނަލް އެގްރީމެންޓްތައް އާންމުކުރުމުންނެވެ. ނަމަވެސް މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ، ދައުލަތުގެ ބޮޑު މިލްކިއްޔާތެއް އެއްވެސް ބަދަލަކާ ނުލައި ދޫކޮށްލާފައިވާ ކަމާއި، އެކަމާ ގުޅޭ މުހިންމު ހެކިތަކެއް ސަރުކާރުގެ ތެރެއިން ގެއްލިފައިވާ ކަމެވެ. މިއީ ދިވެހި ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އަށް ރާއްޖެޓީވީ އިން ހުކުރު ދުވަހު ގުޅުމުން ފޯނު ބިޒީ ކޮށްލައްވާފައިވާއިރު ކޮށްފައިވާ މެސެޖަށް ޖަވާބުދެއްވާފައި ނުވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ރަސްމާލެ އީގަލް ހިލްސްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަބޫދާބީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް

26 ސެޕްޓެމްބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު
26 ސެޕްޓެމްބަރު 2026

މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން

26 ސެޕްޓެމްބަރު 2026
މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން
26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!
25 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
25 ސެޕްޓެމްބަރު 2026

3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް

25 ސެޕްޓެމްބަރު 2026
3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް
24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް