Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026 | ހޯމަ 07:08

ހައުސިން މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ. އަންނަ އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައި ނުވާތީ އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަށްރަށުގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށް އެރަށްރަށުގެ ރައްޔިތުން ދަނީ ބުނަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އޮކްޓޯބަރު 2026 | ހޯމަ 07:08
އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް | ރައްޔިތުންގެ މަޖިލިސް

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓް އިން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި 58 ބިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ އެ މިނިސްޓްރީގެ ދަށުން ފެށިފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އަދި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ ކިހާ މިންވަރެއްގެ ފައިސާ އެއް ތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މަޝްރޫއުތައް ނިންމުމަށްޓަކައި 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓް އެއް ކަމަށާ އެގޮތުގެ މަތިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭން އާ އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަނީ މިނިސްޓްރީ އޮފް ފައިނޭންސް އިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މުއްތަބިލު ވިދާޅުވީ 2026 ވަނަ އަހަރު ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓް އެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.  

2026 ވަނަ އަހަރުގެ ބަޖެޓު ސަރުކާރުން ހުށަހަޅައި، ބެޖެޓަށް ބަހުސް ކުރަމުން ދިޔަ އިރު އިދިކޮޅު މެންބަރުން ވަނީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރައްވާފަ އެވެ. އަދި މިއީ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ރާވައިގެން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށް ވެސް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ އިތުރުން މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ބިންގާ އަޅާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ބޮޑުހިލަ ލިބުންދަތިވުމާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް ރަށްރަށުގެ ކައުންސިލްތަކާ ސިޓީ ކައުންސިލްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ވަނީ މަޝްރޫއުތައް އަދިވެސް ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ. 

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްޑރ. އަހްމަދު ޝަމްހީދުޑރ. އަބްދުﷲ މުއްތަލިބުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
14 އޮކްޓޯބަރު 2026

ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!

14 އޮކްޓޯބަރު 2026
ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
12 އޮކްޓޯބަރު 2026

ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދެނީ ގާނޫނުތައް ނެތިގެން ނޫން، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން: މެންބަރު ޝަމްހީދު

12 އޮކްޓޯބަރު 2026
ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދެނީ ގާނޫނުތައް ނެތިގެން ނޫން، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން: މެންބަރު ޝަމްހީދު
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
11 އޮކްޓޯބަރު 2026

ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި: މެންބަރު ޝަމްހީދު

11 އޮކްޓޯބަރު 2026
ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް