Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު

23 ނޮވެމްބަރު 2026 | ހޯމަ 08:19

ސަރުކާރުގެ އެކި އިދާރާތަކުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 15 ބިލިއަން ރުފިޔާ ނުދެއްކި ހުރުމުގެ ސަބަބުން އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި. ދައުލަތުގެ ދަރަނި އިތުރުވެ، އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ކުރިއަށް އޮތީ ރައްޔިތުންނަށް ދަތި އަހަރެއްކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2026 | ހޯމަ 08:19
ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރު ހިންގަމުން ދަނީ ރައްޔިތުންގެ އަތުން ނަގާ އިންޓްރެސްޓް ފްރީ "ލުއި ލޯނުން" ކަމަށާއި، އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ 15 ބިލިއަން ރުފިޔާގެ ބިލުތައް ނުދެއްކި ތާށިވެފައި ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގައި އެކަނިވެސް ހަތް ބިލިއަން ރުފިޔާގެ ބިލު ފޮނުވާފައި އެބަހުރި ކަމަށެވެ. އަދި އާސަންދަ، ފެނަކަ، ސްޓެލްކޯ، އެޗްޑީސީ، ހައުސިންގ މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި އިތުރު 8 ބިލިއަން ރުފިޔާގެ ބިލު ހުރިއިރު، ޖުމްލަ 15 ބިލިއަން ރުފިޔާ ރައްޔިތުންގެ ކުންފުނިތަކަށް ނުލިބި ސަރުކާރުގެ ތެރޭގައި ތާށިވެފައިވާތީ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ވެއްޓިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން މެންބަރު ޣަފޫރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޕްރޮޖެކްޓްތައް ނުހިންގެނީ ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތައް ދައްކަން ޖެހިގެން ކަމަށް މި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެކަން ހިސާބުތަކުން ފެންނަން ނެތް ކަމަށެވެ.

އެގޮތުން ލޯނު ދައްކަން 10 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ޚަރަދުކޮށްފައި ނެތް ކަމަށާއި، މި ބަޖެޓާ އެކު ދަރަނި 123 ބިލިއަނުން 168 ބިލިއަނަށް އަރައިގެންދާއިރު، މި ސަރުކާރުން އެކަނިވެސް 38 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އެއްވެސް ސަރުކާރަކުން ދަރަނި ނުއުފައްދާ މިންވަރެއް ނޫން ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. 

ދެން ބަޖެޓާ ބެހޭގޮތުން ހައްތާ ވެސް އަޑުއިވޭ ވާހަކައަކީ ލޯނު ދައްކަންވެގެންނޭ ރައްޔިތުންގެ ޕްރޮޖެކްޓްތައް ނުހިންގުނީ. ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން މިދިޔަ ސަރުކާރުތަކުން މި ދަރަނި ނަގާފައި އޮތީ ގެރިބަކަރިންތޯ. އެއީ ވިހައިގެން އިތުރުވާ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ
އަބްދުލްޣަފޫރު މޫސާ

މެންބަރު ޣަފޫރު ވިދާޅުވީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ގާނޫނުގައި އޮތް ނަމަވެސް، 90 އިންސައްތަ މަސައްކަތް ނިމިފައި ހުރި ރަށްރަށުގައިވެސް އިތުރު މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި މަގު ހެދުމާއި ސްކޫލް ހޯލް ފަދަ މުހިންމު މަޝްރޫއުތައް ހުއްޓިފައިވާއިރު، ފެންނަނީ ޖުމްލަ ތިން މިލިއަން ރުފިޔާވެސް ނާރާ އައުޓްޑޯ ޖިމާއި ޕޮލިސް ސްޓޭޝަން އަދި ރިކްރިއޭޝަން ސެންޓަރު ފަދަ ތަންތަން އެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، މި އަހަރުގެ ބަޖެޓާ އެކު ގާތްގަނޑަކަށް 218 ބިލިއަން ރުފިޔާ ޚަރަދުވެގެންދާއިރު ރައްޔިތުންނަށް ވީ އެއްވެސް ކަމެއް ނެތް ކަމަށާއި، ބޭސްފަރުވާއަށް ބޭރަށްދާން އާސަންދަ އަދި ޑޮލަރު ނުލިބި، ރާއްޖެއިން ބޭސް ލިބުމުގައިވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. އަދި އިންފްލޭޝަން 25 އިންސައްތައަށްވުރެ މަތީގައި ހުރިއިރު މުސާރައަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާތީ، ކުރިއަށް އޮތް އަހަރަކީ ރައްޔިތުންނަށް ދިރިއުޅެން ވަރަށް ދަތި އުނދަގޫ އަހަރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީއަބްދުލް ޣަފޫރު މޫސާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް

23 ނޮވެމްބަރު 2026
ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް
22 ނޮވެމްބަރު 2026

ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް

22 ނޮވެމްބަރު 2026
ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް
22 ނޮވެމްބަރު 2026

ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް

22 ނޮވެމްބަރު 2026
ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް
22 ނޮވެމްބަރު 2026

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް

22 ނޮވެމްބަރު 2026
މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026

ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކާއި ފިނޭންސް މިނިސްޓްރީގައި ދެންނެވިން: ރައީސް

22 ނޮވެމްބަރު 2026
ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކާއި ފިނޭންސް މިނިސްޓްރީގައި ދެންނެވިން: ރައީސް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް