Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި

23 ނޮވެމްބަރު 2026 | ހޯމަ 11:04

އެމްޑީޕީގެ އަންހެނުންގެ ރޫހުން ތައްޔާރުކުރި މި ސިޔާސަތު ކަރުދާހަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށް އެކުލަވާލި މަގުޗާޓެއް. މީގެ ތެރޭގައި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، ގެވެށި އަނިޔާ ހުއްޓުވުން ފަދަ މުހިންމު ދާއިރާތަކުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިމެނޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 23 ނޮވެމްބަރު 2026 | ހޯމަ 11:04
ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކުރުން

ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކުރުން | ރާއްޖެ އެމްވީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް "އަންހެނުން ބާރުވެރިކޮށް، މުޖުތަމައު ބިނާކުރުން" ނަމުގައި ތައްޔާރުކޮށްދީފައިވާ މި ސިޔާސަތު ކަރުދާސް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

Advertisement - newsAdvertisement

މި ސިޔާސަތުތަކާއި އަމަލީ މަސައްކަތުގެ ތާވަލު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އަންހެނުންގެ ކުރިއެރުމަށާއި ބާރުވެރިކުރުވުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގެ ތަފުސީލު ވަނީ ހާމަކޮށްފައި އެވެ. މީގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ފުޅާކުރުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭނެ ކަންކަން ވަނީ ހިމަނާފައި އެވެ. 

އެގޮތުން، މި ޑޮކިއުމަންޓަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓެކެވެ. 

މި ޑޮކިއުމަންޓްގައި، ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރާ މައިގަނޑު 5 މަސްއޫލިއްޔަތުގެ މައްޗަށް ބިނާކުރެވިފައިވާ ސިޔާސަތުތަކާއި، އިސްކަންދޭންޖެހޭ ކަންކަން ހިމަނާފައިވެ އެވެ. ހަމައެއާއެކު، އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރުކުރުމަށާއި، ވިޔަފާރިއާއި އަމިއްލަ މަސައްކަތްތެރިކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އިޖުތިމާއި ދުޅަހެޔޮކަމާއި، ދީނީ ހޭލުންތެރިކަން އަދި އަންހެނުންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ވަރުގަދަކުރުމާއި ގެވެށި އަނިޔާ ހުއްޓުވުމާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ ހުއްޓުވުމުގެ އިތުރުން މުޖުތަމައުގައި އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ބަލިތަކުން ރައްކާތެރިވުމަށް އަމަލު ކުރާނެ 5 އަހަރުގެ އެކްޝަން ޕްލޭންތަކެއް ޑޮކިއުމަންޓްގައި ހިމަނާފައިވެ އެވެ. 

މީގެ އިތުރުން، މިހާރުގެ ހާލަތާ، ކަންކަން ހައްލުކުރުމަށް ދިމާވާ މައިގަނޑު ހުރަސްތަކާ، ގޮންޖެހުންތައް ޑޮކިއުމަންޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ދިމާވާ ހުރަސްތަކާ ގޮންޖެހުންތައް ގިރާކޮށް، ބޭނުންވާ ނަތީޖާއަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވެ އެވެ. 

މި އެކްޝަން ޕްލޭންތައް އެކުލަވާލުވުމުގެ މަގުސަދަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، އެންމެ މުހިއްމުކަމެއްދީގެން ކުރަންވާ ކަންތައްތައް ރަނގަޅަށް ފޯކަސް ކޮށްގެން، މުޖުތަމައު ބިނާކުރުމަށް ސާފު ރާސްތާއެއް ދައްކައިދޭ މަގުޗާޓެއް ކުރަހާދިނުން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން މައުލޫމާތު ދީފައިވެ އެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެމްޑީޕީއަންހެނުން ރޫހު

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު

23 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު
22 ނޮވެމްބަރު 2026

ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް

22 ނޮވެމްބަރު 2026
ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް
22 ނޮވެމްބަރު 2026

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް

22 ނޮވެމްބަރު 2026
މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް

21 ނޮވެމްބަރު 2026
އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް
20 ނޮވެމްބަރު 2026

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި

20 ނޮވެމްބަރު 2026
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް