Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަޔަނިސްޓުން

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026 | އާދީއްތަ 06:17

ޒުވާން ދުވަސްވަރުން ފެށިގެން ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، އެމަނިކުފާނާ ދެކޮޅަށް ދައްކަނީ ސިޔާސީ މަގުސަދެއްގައި ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. އެމަނިކުފާނަކީ ޒަޔަނިޒަމަށް ތާއީދުކުރާނެ މީހެއް ނޫންކަން ދަންނަ މީހުންނަށް އެނގޭނެ ކަމަށާއި، މިފަދަ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށްވެސް ނަޝީދު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2026 | އާދީއްތަ 06:17
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

އެމަނިކުފާނަކީ ޒަޔަނިޒަމަށް ނުވަތަ ޔަހޫދީންނަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ޒުވާން ދުވަސްވަރުން ފެށިގެން ވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނާ ނުރުހޭ މީހުން އެކި ދުވަސްވަރު އެކި ސިފަޔަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިބިލީހާއި ޝައިތާނާ ފަދަ ނަންނަމުން ސިފަކޮށް ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ދެން އެކިއިރު އަޅުގަނޑާ ނުރުހޭ ބައިވަރު މީހުން އުޅޭ. ދެން އެ މީހުން އަޅުގަނޑަކީ އިބިލީސް ކަމަށް ސިފަކުރުމަށް، ސައިތާނާ ކަމަށް ސިފަކުރުމަށް، އެކިއެކި ބާވަތުގައި އެކިއެކި ވާހަކަ ދައްކާ. އަޅުގަނޑަކީ ޔަހޫދީންނާ ގުޅޭ މީހެއް ނޫން. އަޅުގަނޑުގެ ޒުވާން، ވަރަށް ޒުވާން އިރުއްސުރެ ފަށައިގެން ޔުނިވަރސިޓީ އިރުއްސުރެ ފަށައިގެން އަޅުގަނޑާ އެއްވަރަށް އަޅުގަނޑަކަށް ހިއެއްނުވޭ ރާއްޖޭގައި ވަކި ފަރުދަކު އުޅޭނެހެން ފަލަސްތީނާ އެއްކޮޅަށް މުޒާހަރާކޮށްފައި ހުރީ.
މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވި ދުވަސްވަރު ވެސް ހަފުތާއެއް ދޫނުކުރައްވައި ފަލަސްތީނުގެ ހައްގުގައި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެކަމާ ގުޅޭ ލިޔުންތަކާއި އެކި ތަންތަނުގައި ދައްކަވާފައި ހުރި ވާހަކަތައް އަދިވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނާ ގުޅުވައިގެން ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް، މިއަދުގެ ރައްޔިތުން އެ ވާހަކަތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި އިންތިޚާބެއް އޮތަތީ، އޭގެ ސަބަބުން އަޅުގަނޑު ތާއީދުކުރާ ފަރާތްތަކަށް ނުވަތަ އަޅުގަނޑު ރުހޭ ފަރާތްތަކަށް ދެރަ ދިނުމަށްޓަކައި އަޅުގަނޑަކީ އެވެނި ބާވަތުގެ މީހެކޭ، މިވެނި ބާވަތެއްގެ މީހެކޭ އެހެން ކިޔަމުން ހިންގުން. ދެން އެ ބާވަތުގެ ވާހަކަ ދައްކަވާ ގިނަ ބޭފުޅުންނަކީ ހަގީގަތުގައި ވަރަށް ރަނގަޅަށް އަޅުގަނޑު ދަންނަ މީހުން. އެ މީހުންނަށް އެނގޭނެ އަޅުގަނޑަކީ ޒައިނިޒަމަށް ތާއީދުކުރާނެ މީހެއް ނޫންކަން
މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ، މިއީ ރަންނަމާރީގެ ވާހަކަ ފަދައިން ހަގީގަތެއް ނެތް، ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އިސްލާމުންނަށް ދެރަދޭން ކަނޑައެޅިގެން ވިސްނައިގެން އުޅޭ އެއްވެސް ޒަޔަނިސްޓް ދިވެއްސަކު ދެކެވަޑައިގެންފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީފަލަސްތީނުޒަޔަނިސްޓުންޔަހޫދީންމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

5

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
21 ނޮވެމްބަރު 2026

އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް

21 ނޮވެމްބަރު 2026
އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް
20 ނޮވެމްބަރު 2026

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި

20 ނޮވެމްބަރު 2026
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026
"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"
18 ނޮވެމްބަރު 2026

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026
އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި
17 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް

17 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް