ޖަންގްޝަން ފުރިގެން ނަޖިސް ފެން ލީކުވާތާ 45 ދުވަސްވީއިރު ވެސް ހައްލެއް ނުލިބޭ، ކުޑަހުވަދޫގެ ބައެއް އާއިލާތައް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!
23 ނޮވެމްބަރު 2026 | ހޯމަ 11:40ކުޑަހުވަދޫގެ ބައެއް ގޭގޭގެ ޖަންގްޝަންތައް ފުރި، ނަޖިސްފެން ލީކުވާތާ 45 ދުވަސްވީއިރު ވެސް ދާއިމީ ހައްލެއް ނުލިބޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މައްސަލަ ހައްލުކުރުމަށް ކައުންސިލާއި ސްޓެލްކޯގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް ހައްލެއް ލިބިފައިނުވޭ


ދ. ކުޑަހުވަދޫގައި ޖަންގްޝަން ފުރިގެން ނަޖިސްފެން ލީކުވެފައި | ރާއްޖެއެމްވީ
ދ. ކުޑަހުވަދޫގައި ޖަންގްޝަންތައް ފުރި، ނަޖިސް ފެން ގޯތިތެރެއަށް ލީކުވަމުންދާތާ 45 ދުވަސް ވެގެންދިޔައިރު ވެސް އެކަމަށް އެދެވޭ ހައްލެއް ނުލިބި، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކުޑަހުވަދޫ އާލަމްގޭގައި ދިރިއުޅޭ މީހަކު، ރާއްޖެއެމްވީއަށް ބުނީ، ޖަންގްޝަންގެ މަތިން ނަޖިސް ފެން އަރައި ގޯތިތެރެއަށް ލީކުވަމުންދާތާ މިހާރު 45 ދުވަސް ވެދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެ ގޭގެ ހާލަތު ނޫން ކަމަށާއި، ކައިރީގައިވާ 8 ވަރަކަށް ގޭގެ ހާލަތު ވެސް ހުރީ މިފަދައިން ކަމަށް އޭނާ ބުންޏެވެ.
އެ ސަރަހައްދުގެ ގޭގޭގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ދިރިއުޅެމުންދާއިރު، މީގެ ސަބަބުން ނުބައި ވަސް ދުވުމުގެ އިތުރުން ރަށުތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުބޮޑުކަން ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަންގްޝަން ފުރިގެން ނަޖިސް ފެން ލީކުވާތާ 45 ދުވަސް، އަދިވެސް ހައްލެއް ނުލިބޭ | ރާއްޖެއެމްވީ
މީގެ އިތުރުން މިކަން ހައްލުކުރުމަށް އެދި ކުޑަހުވަދޫ ކައުންސިލަށާއި ކައުންސިލްގެ ރައީސްގެ އިތުރުން، އެ ރަށުގައި ހުންނަ ސްޓެލްކޯ ބްރާންޗުގެ އިސްވެރިންނަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާތަނަށް ވެސް އެދެވޭ ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ކަމާބެހޭ ފަރާތްތަކުން މިކަމަށް އެދެވޭ ހައްލެއް ނުގެނެވުނީމައި ރައްޔިތުމީހާ ނުކުމެ ހައްލުކުރާގޮތް ކަމުނުގޮސްގެން އެވާހަކަ ނުދައްކާތީ. 45 ދުވަސް ދެވިއްޖެ. 45 އަހަރެއް ނުދެވޭނެ. ވޯޓު ދުވަސް ކައިރިވީމައި ހެޔޮއެދޭ ތާކިހާ ތުރުކުރައްވައިގެން މި ގޯތި ދޮށަށް ދެން ނާންނާތި. ވޯޓަކީ އަމާނާތެއް. ހައްގުވާނަމަ 45 ދުވަސްތެރޭ އެވެސް ހައްލުވީސްއާލަމްގޭގައި ދިރިއުޅޭ މީހެއް
މީގެ އިތުރުން އެމީހާ ބުނީ، މިމައްސަލައާ ގުޅިގެން ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކޮށް ހޯމަ ދުވަހު ސްޓެލްކޯގެ 4 މުވައްޒަފަކު މިކަން ހައްލުކުރުމުގެ މަސައްކަތުގައި އުޅޭ ކަމަށާއި، ނަމަވެސް މަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށެވެ.
އެހެންކަމުން މި މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.











