Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި: އެމްޑީޕީ

25 ނޮވެމްބަރު 2026 | ބުދަ 12:22

މި މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދީފައި. އިންތިޚާބުގެ ކަންކަން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޝަކުވާ ބަލާ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ވޯޓުލުމުގެ ފުރުސަތު ލިބޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ނޮވެމްބަރު 2026 | ބުދަ 12:22
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ތެރެއިން

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ތެރެއިން | ރާއްޖެ އެމްވީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ޤައުމީ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. 

ރާއްޖެޓީވީ އަށް އެ ޕާޓީގެ ޗެއަތޕާސަންގެ ނައިބު، މާލީ، މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ ބުދަ ދުވަހު އެމްޑީޕީގެ ފަރާތުން ފުލުހުންނާ ބައްދަލުކޮށްފައިވާއިރު، އެ އިންތިޚާބު ކުރިއަށްދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ވެސް ފުލުހުންގެ އެއްބާރުލުން ހޯދުމަށް އެމްޑީޕީ އިން އެދިފައިވާ ކަމަށެވެ. އަދި އެ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝިއްޕެ ވިދާޅުވީ ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގެ ތަފްސީލް ވެސް ފުލުހުންނާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 20 އޮކްޓޫބަރު 2026 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެ ތާރީޚުން ފެށިގެން ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މެންބަރުންނަށެވެ.

އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާނެ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން "ކޮމްޕްލެއިންޓްސް ކޮމިޓީ" އެކުލަވާލާފައިވާއިރު، އިންތިޚާބާ ގުޅޭ ޝަކުވާތައް ވެސް ވަނީ ބަލައިގަނެފަ އެވެ. މި އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 27 ވާ ހުކުރު ދުވަހުގަ އެވެ. 

އެމްޑީޕީއެމްޑީޕީގެ ގައުމީ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ދެ އަބްދުﷲގެ ގަޑުބަޑު...

5

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2026

އޮފީހަކުން ވަގަށް ނެގި 1 މިލިއަން ރުފިޔާ ހޯދައި، 3 މީހުން ހައްޔަރުކޮށްފި

24 ނޮވެމްބަރު 2026
އޮފީހަކުން ވަގަށް ނެގި 1 މިލިއަން ރުފިޔާ ހޯދައި، 3 މީހުން ހައްޔަރުކޮށްފި
23 ނޮވެމްބަރު 2026

ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް: ރައީސް ނަޝީދު

23 ނޮވެމްބަރު 2026
ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް: ރައީސް ނަޝީދު
23 ނޮވެމްބަރު 2026

ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި

23 ނޮވެމްބަރު 2026
ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި
23 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު

23 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު
22 ނޮވެމްބަރު 2026

ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް

22 ނޮވެމްބަރު 2026
ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް
22 ނޮވެމްބަރު 2026

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް

22 ނޮވެމްބަރު 2026
މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
21 ނޮވެމްބަރު 2026

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

21 ނޮވެމްބަރު 2026
ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް