Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް މުޙައްމަދު ސޯލިޙް

ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް

22 ނޮވެމްބަރު 2026 | އާދީއްތަ 20:12

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއުލާން ކުރެއްވީ އެމަނިކުފާނާ މަޝްވަރާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުالله ޝާހިދުގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 22 ނޮވެމްބަރު 2026 | އާދީއްތަ 20:12
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި "ޓީމު އެމްޑީޕީ" ގެ ނަމުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިޙް، ފައިސަލް ނަސީމު އަދި އާދަމް އާޒިމް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި "ޓީމު އެމްޑީޕީ" ގެ ނަމުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިޙް، ފައިސަލް ނަސީމު އަދި އާދަމް އާޒިމް | ފައިސަލް - އާޒިމް ކެމްޕެއިން ޓީމް

ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވުމަށް ފައިސަލް ނަސީމް ނިންމަވާފައިވަނީ މަޝްވަރާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ. 

ރައީސް ސޯލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި "ޓީމު އެމްޑީޕީ" ގެ ނަމުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިޙް ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ކަމަށާއި، އޭގެ ފަހުން ދެން އޮންނާނީ ރިޔާސީ ޕްރައިމަރީ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް މިހާރު އިއުލާނު ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އަމިއްލަފުޅު ވިސްނުންފުޅު ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލަނު ނުކުރައްވާ ކަމަށެވެ.

ފައިސަލް ކުރިމަތިލައްވަން އެ އޮތީ ނިންމަވާފަ. އަޅުގަނޑު ކުރިމަތިލާކަށް އިއުލާނެއް ނުކުރަން. އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން މިތާ މިތިބީ. ވަކިން ވެސް އެބައުޅޭ އަޅުގަނޑު ތާއީދުކުރާ ކެންޑިޑޭޓުން. އަޅުގަނޑާ މަޝްވަރާކޮށްފަ ކުރިމަތިލާފަ އެތިބީ. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލީ
ރައީސް ސޯލިޙް

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުالله ޝާހިދުގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެވެ. 

މި ބައްދަލުވުމުގައި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި، ޤައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އެމްޑީޕީގެ ތެރޭގައި ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް މިހާރު ދަނީ ހިންގަމުންނެވެ.

ފައިސަލް ނަސީމްއިބްރާހީމް މުހައްމަދު ސޯލިހުއެމްޑީޕީރިޔާސީ ޕްރައިމަރީޓީމް އެމްޑީޕީ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް

22 ނޮވެމްބަރު 2026
މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް

21 ނޮވެމްބަރު 2026
އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް
20 ނޮވެމްބަރު 2026

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި

20 ނޮވެމްބަރު 2026
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026
"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް