Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް: ރައީސް ނަޝީދު

23 ނޮވެމްބަރު 2026 | ހޯމަ 11:58

އެމްޑީޕީ އަންހެނުންގެ ރޫހުގެ ސިޔާސަތުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލްތަކުގެ މަސައްކަތްތައް ފުށުއަރާ މައްސަލަ ހައްލުކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 23 ނޮވެމްބަރު 2026 | ހޯމަ 11:58
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެ އެމްވީ

ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންހެނުންނަށް ފުރުސަތުތައް ފުޅާކުރެވޭނެ ގޮތްތައް ހޯދަން އެމްޑީޕީ ހިންގުންތަކުގައި އަބަދުވެސް އިންތިހާއަށް މަސައްކަތް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ބައެއް ފަރާތްތަކުގެ ވިސްނުމާއި ހިޔާލު އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މީޒާން ނުވުމުގެ ސަބަބުން ބައެއް ފަހަރު މި މަސައްކަތްތަކުގައި އުނދަގޫތަކާއި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި ގިނައީ އަންހެނުންނަށް ފުރުސަތުތައް ދިނުމަށް ތާއިދުކުރާ ބޭފުޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ހަމައެއާއެކު، ރާއްޖޭގައި އަންހެނުންނަށް ބޮޑު ދައުރެއް އޮންނަން އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއާ، އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭ ކޮންމެ މުޖުތަމައުއެއްގެ ވެސް ދެބައިކުޅަ އެއްބައި އާބާދީއަކީ އަންހެނުން، އަޅުގަނޑުމެންނަށް އެނގޭ އަންހެނުންގެ ކުޅަދާނަކަން އަދި އަންހެނުންގެ ގާބިލުކަން އެމީހުން ކުރެވޭނެ ކަންކަމާއި އެންމީހުން ކުރާހާ. މަންމައެއްގެ އުނގުން ފެށިގެން އަޅުގަނޑުމެން ކޮންމެ އިންސާނަކު މި ދުނިޔޭގައި ފައިތިލަ ސާބިތުވެގެން ފެތުރިގެން މިދަނީ ކައްވަޅަށް ދާންދެން އަޅުގަނޑުމެން މިތެބެނީ މައެއްގެ އިރުޝާދާއި އަންހެނެއްގެ ބެލުމުގެ ދަށުގައި 
ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސައްކަތްތަކާއި ކައުންސިލްތަކުގެ މަސައްކަތްތައް ފުށުއަރާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިކަން ހިންގާނެ ގޮތެއް އޮޅުންފިލުންވަން ޖެހޭނެ ކަމަށާއި މިކަންކަން ހިންގޭނެ ކަމަށެވެ. 

އެމްޑީޕީއަންހެނުންގެ ތަރައްޤީމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި

23 ނޮވެމްބަރު 2026
ޑަބްލިއުޑީސީތަކުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް އެކުލެވޭ "ޕޮލިސީ ފްރޭމްވަރކް" އާއި "އެކްޝަން ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށްފި
23 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު

23 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު
22 ނޮވެމްބަރު 2026

ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް

22 ނޮވެމްބަރު 2026
ފައިސަލް ޕްރައިމަރީއަށް ނުކުންނެވީ މަޝްވަރާކޮށް އަޅުގަނޑުގެ ތާއީދާއެކު: ރައީސް ސޯލިޙް
22 ނޮވެމްބަރު 2026

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް

22 ނޮވެމްބަރު 2026
މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
21 ނޮވެމްބަރު 2026

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

21 ނޮވެމްބަރު 2026
މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް