ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
21 ނޮވެމްބަރު 2026 | ހޮނިހިރު 16:58ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖަހަން ހިތްވަރުދިން މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް ކޯޓުން އިތުރު 16 ދުވަސް ޖަހައިފި. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މިހާތަނަށް އޭނާ ބަންދުގައި ހުރި ޖުމްލަ މުއްދަތު ވަނީ 45 ދުވަހަށް އިތުރުވެފައި


ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން | މޯލްޑިވްސް ޕޮލިސް ސާރވިސް
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް އަނެއްކާވެސް އިތުރު 16 ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގައި އޭނގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައި ވަނީ 15 ދުވަހެވެ. އޭގެ ފަހުން އިތުރު 14 ދުވަހަށް އޭނާ ބަންދު ކުރުމަށް ފަހު އެ މުއްދަތު ހަމަވުމުން ހޮނިހިރު ދުވަހު ކޯޓުން ޖެހި 16 ދުވަހާއެކު ޖުމްލަ 45 ދުވަސް ވަނީ ވެފަ އެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށެވެ.
އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި ކަމަށް އަލް ޖަޒީރާގައި ލިޔެފައި އޮތް ޚަބަރު ޝެއާކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޒިހާން ބުނެފައި ވަނީ އެ ހަބަރު ޝެއާކޮށް ދައުލަތުގެ 3 ބާރުގައި "އަހަރެމެންނަށް ހުޅުޖަހަން ނުލިބެނީ ކީއްވެތޯ" އާއި އެއީ "މަޖާ ކަމަކަށް ވާނެ" ކަމަށް ބުނެފަ އެވެ.
އޭގެ ގަޑިއިރެއްހާ އިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓް ކޮށްލާފަ އެވެ.











