Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި މަދަރުސާއެއްގެ ފުރާޅު ވެއްޓި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެއްޖެ

15 އޮކްޓޯބަރު 2026 | ބުރާސްފަތި 07:39

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ފަރާތަކުން ހިންގާ މަދަރުސާއެއްގެ ފުރާޅު ވެއްޓި ހިނގި ހާދިސާގައި ގިނަ އަދަދެއްގެ ކުދިން މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމުވެފައި. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އިދާރާތަކުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 07:39
ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ފަރާތަުން ހިންގާ މަދަރުސާއެއްގެ ފުރާޅު ވެއްޓުނު ހާދިސާގައި ޒަޚަމުވި ދަރިވަރުން ހަސްފަތާލަށް ގެންދަން މަސައްކަތް ކުރަނީ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ފަރާތަުން ހިންގާ މަދަރުސާއެއްގެ ފުރާޅު ވެއްޓުނު ހާދިސާގައި ޒަޚަމުވި ދަރިވަރުން ހަސްފަތާލަށް ގެންދަން މަސައްކަތް ކުރަނީ | ރޮއިޓަރސް

ޕާކިސްތާނުގެ ޕެޝާވަރު ސިޓީގައި މަދަރުސާއެއްގެ ކިލާހެއްގައި ކިޔަވައިދެމުން ދަނިކޮށް އެ މަދަރުސާގެ ފުރާޅު ވެއްޓުމުގެ ސަބަބުން، އުމުރުން 13 އަހަރުން ދަށުގެ 27 ދަރިވަރުންނާއި މުދައްރިސަކު ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ. ޕެޝާވަރުގެ އިދާރާތަކުން ބުނީ، މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު ފުރާޅުގެ ބައިތަކުގެ ދަށުވި ކުދިންގެ ތެރެއިން ގިނަ ކުދިން ލޭޑީ ރެޑިންގ ހަސްފަތާލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި، މި ހާދިސާގައި ޒަޚަމުވި އިތުރު 20 މީހަކަށް ފަރުވާދެމުންދާ ކަމަށް އެ ހަސްފަތާލުގެ ތަރުޖަމާނު މުޙައްމަދު އާސިމް ވިދާޅުވި އެވެ.

Advertisement - worldAdvertisement

އަމިއްލަ ފަރާތަކުން ހިންގާ އަލް-ޚައިރު އެޑިޔުކޭޝަން ސެންޓަރުގެ ނަން ކިޔާ މި މަދަރުސާ ހުންނަނީ ޕެޝާވަރު ސިޓީގެ އުތުރުގައި އޮންނަ ދީރު ސަރަހައްދުގަ އެވެ. އަދި, މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަޚަމުވެފައިވާ މީހުން ހަސްފަތާލުތަކަށް ގެންދިއުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން ކުރަމުންދާ ކަމަށް ސަރުކާރުގެ އޮފިޝަލް ބިލާލް ފާއިޒީ ވިދާޅުވި އެވެ.

މި އިމާރާތުގެ މަތީ ފަންގިފިލާއެއްގެ ފުރާޅު ފުރަތަމަ ފަންގިފިލާގެ ފުރާޅުގެ މައްޗަށް ވެއްޓި، އޭގެ ސަބަބުން ކިލާސްތަކުގައި ތިބި ދަރިވަރުންގެ ބޯ މައްޗަށް އެ ފުރާޅު ވެއްޓުނީ ކަމަށް މީހުން ސަލާމަތްކުރާ ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެމްބިއުލާންސްތައް އެ ސަރަހައްދަށް ދާ މަންޒަރާއި، ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން ލެއިން ތަތްތެޅިފައިވާ ދަރިވަރުން ނެރޭ މަންޒަރު ޓީވީތަކުން ވަނީ ދައްކާފަ އެވެ.

"މިހާތަނަށް ގާތްގަނޑަކަށް 45 ކުދިން ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން އަޅުގަނޑުމެން ނެރެފިން،" ޑިސްޓްރިކްޓް އިމަޖެންސީ އޮފިސަރު އިފްތިޚާރު ޚާން ވިދާޅުވި އެވެ. އަދި, އިމާރާތުގެ ބައިތަކުގެ ދަށުގައި އިތުރު ކުދިން ތާށިވެފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

ޕާކިސްތާންޕެޝާވަރުލޭޑީ ރެޑިންގ ހަސްފަތާލު

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026
އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ
13 އޮކްޓޯބަރު 2026

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ

13 އޮކްޓޯބަރު 2026
ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
12 އޮކްޓޯބަރު 2026

ޕާކިސްތާނުގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކޮށް، އިމްރާން ޚާންގެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026
ޕާކިސްތާނުގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކޮށް، އިމްރާން ޚާންގެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި
05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި

29 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ވެރިރަށް ޝިޕިންގ ކޮންޓޭނަރުތަކުން ބަންދުކޮށްލައިފި
27 ސެޕްޓެމްބަރު 2026

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ

27 ސެޕްޓެމްބަރު 2026
2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ
27 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި

27 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ބޮމުގެ ހަމަލާއެއް ދިނުމަށްފަހު އެމްބިއުލާންސަކަށް ބަޑިޖަހައި 12 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް