Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026 | ބުދަ 02:42

ޕާކިސްތާނާއި ރަޝިޔާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރަޝިޔާގެ ދާޚިލީ ވަޒީރު ވްލަދިމިއާ ކަލާކޮލްތެސެފް، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން، ޓެރަރިޒަމާއި ސައިބާ ކުށްތައް ހުއްޓުވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 އޮކްޓޯބަރު 2026 | ބުދަ 02:42
ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ ރަޝިޔާގެ ދާޚިލީ ވަޒީރު ވްލަދިމިއާ ކަލާކޮލްތެސެފްއާ ބައްދަލުކުރައްވަނީ

ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ ރަޝިޔާގެ ދާޚިލީ ވަޒީރު ވްލަދިމިއާ ކަލާކޮލްތެސެފްއާ ބައްދަލުކުރައްވަނީ | އެކްސް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުކުރުމަށް ޖޫން މަހު އެކުލަވާލާފައިވާ 'އިސްލާމްއާބާދު އެއްބަސްވުމުގެ' ދަށުން ވެފައިވާ ވައުދުތަކަށް އިހުތިރާމުކޮށް ކެތްތެރިކަން އިސްކުރުމަށް، އެމެރިކާއާއި އީރާނަށް ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އަންގާރަ ދުވަހު ގޮވާލައްވައިފި އެވެ.

ޚިޔާލުތަފާތުވުންތައް ހައްލުކުރަންވާނީ މަޝްވަރާއާއި ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިންކަމަށާއި، ހުރްމުޒް ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަރަހައްދުގައި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް، ޒަރްދާރީ ވިދާޅުވި އެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އިސްލާމްއާބާދުގައި ރަޝިޔާގެ ދާޚިލީ ވަޒީރު ވްލަދިމިއާ ކަލާކޮލްތެސެފްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

Advertisement - worldAdvertisement

ޚާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގަލްފުގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާމެދު ފުން ކަންބޮޑުވުމެއް އޮތްކަން ޒަރްދާރީ ހާމަކުރެއްވި އެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށާއި، ބައިނަލްއަގުވާމީ ހަކަތައިގެ ރައްކާތެރިކަމަށާއި، ވިޔަފާރީގެ އިތުރުން ސަޕްލައި ޗޭންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގެ އިންޒާރު ދެއްވުމަށްފަހު، ހުރިހާ ޤައުމެއްގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމުކުރުމުގެ މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކަލާކޮލްތެސެފް ޕާކިސްތާނަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، ރަޝިޔާގެ ދާޚިލީ ވަޒީރަކު ދެކުނު އޭޝިޔާގެ މި ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 2025 ވަނަ މާލީ އަހަރު ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ 243.4 މިލިޔަން ޑޮލަރުގެ ވިޔަފާރިއަކީ އޮތް ގާބިލުކަމާ އަޅާބަލާއިރު ދަށް އަދަދެއްކަން ފާހަގަކުރައްވައި، ލީޑަރުންގެ ހެޔޮ ނިޔަތް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށް ދެ ޤައުމަށް ކަލާކޮލްތެސެފް ގޮވާލެއްވި އެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ވިޔަފާރީގެ މުއާމަލާތްތަކުން ނުފެންނަކަމަށް އެއްބަސްވެވަޑައިގަންނަވައި، ވިޔަފާރި ފުޅާކުރުމަށް އަދިވެސް ވަރަށް ބޮޑަށް ޖާގަ އޮތްކަމަށް ވެސް ކަލާކޮލްތެސެފް ވިދާޅުވި އެވެ. އަދި, ރަޝިޔާއަށް ޒިޔާރަތްކުރެއްވުމަށް ޒަރްދާރީއަށް އޭނާ ދައުވަތު އެރުވި އެވެ.

މީގެ އިތުރުން، ރާވައިގެން ހިންގާ ކުށްތަކާއި، ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިޔުމާއި، ޣައިރުޤާނޫނީ ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތަކާއި ފިޝިންގ އަދި ކްރިޕްޓޯކަރަންސީ ޕިރަމިޑް ސްކީމްތައް ފަދަ ސައިބާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީއާއެކު ކަލާކޮލްތެސެފް ވަކިން މަޝްވަރާކުރެއްވި އެވެ. ޤާނޫނު ތަންފީޒުކުރުމުގައި އޮތް އެއްބާރުލުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި އަދި ދެފަރާތަށް ފައިދާހުރި ގުޅުމުގެ މައްޗަށް ކަމަށް ރަޝިޔާގެ ވަޒީރު ވިދާޅުވިކަމަށް، އިސްލާމްއާބާދުގައި ހުންނަ ރަޝިޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަސްދަރު: އަނަދޮލި އޭޖެންސީ

އާސިފް އަލީ ޒަރުދާރީޕާކިސްތާންވްލަދިމިއާ ކަލާކޮލްތެސެފްރަޝިޔާއިސްލާމްއާބާދު ފަހުމުނާމާ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ

13 އޮކްޓޯބަރު 2026
ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
12 އޮކްޓޯބަރު 2026

ޕާކިސްތާނުގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކޮށް، އިމްރާން ޚާންގެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026
ޕާކިސްތާނުގެ ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކޮށް، އިމްރާން ޚާންގެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު ޕާކިސްތާނުގެ ވެރިރަށާ ދިމާލަށް މިސްރާބު ޖަހައިފި
05 އޮކްޓޯބަރު 2026

އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ

05 އޮކްޓޯބަރު 2026
އިމްރާން ޚާން މިނިވަންކުރަން ގޮވާލާ އެތައް ހާސް ސަޕޯޓަރުންނެއް އިސްލާމްއާބާދަށް ޖަމާވަނީ
04 އޮކްޓޯބަރު 2026

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

04 އޮކްޓޯބަރު 2026
ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް