Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމުރުން ދުވަސްވީ އާބާދީ

އާބާދީ މުސްކުޅިވުމާއި އުފަންވާ ނިސްބަތް ދަށްވުމާ ކުރިމަތިލާން ޗައިނާއިން 2030 ގެ ބޮޑު ޕްލޭނެއް އިފުތިތާހުކޮށްފި

23 ނޮވެމްބަރު 2026 | ހޯމަ 08:18

ޗައިނާގެ އާބާދީ މުސްކުޅިވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް، 2030 ވަނަ އަހަރުގެ ނިޔަލަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، އުމްރާނީ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް އެ ގައުމުން ވަނީ ނިންމާފައި. މި ޕްލޭންގެ ދަށުން ނަރސިންގ ހޯމްތައް މަރާމާތުކޮށް ޗައިލްޑްކެއާ ހިދުމަތްތައް ފުޅާކުރި ނަމަވެސް، އުފަންވާ ނިސްބަތް ދަށްވުމުގެ ސަބަބުން އެ ގައުމުގެ މަސައްކަތްކުރާ އާބާދީއަށް ބަރޯސާވާ ދުވަސްވީ މީހުންގެ އަދަދު މިހާރު ވަނީ ކުޑަކުދިންނަށް ވުރެ އިތުރުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ނޮވެމްބަރު 2026 | ހޯމަ 08:18
ޗައިނާގެ ވެރިރަށް ބެއިޖިންގގެ ޕާކެއްގައި ޢުމޫރުންތަކެއް ކަސްރަތު ކުރަނީ [ފައިލް]

ޗައިނާގެ ވެރިރަށް ބެއިޖިންގގެ ޕާކެއްގައި ޢުމޫރުންތަކެއް ކަސްރަތު ކުރަނީ [ފައިލް] | ރޮއިޓަރސް

ހަލުވިކަމާއެކު މުސްކުޅިވަމުންދާ އާބާދީއަށާއި ކުދިން އުފަންވާ ނިސްބަތް ދަށްވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ޗައިނާއިން ޚާއްސަ ފިޔަވަޅުތަކެއް ތައާރަފުކުރަން ނިންމައިފި އެވެ. ހޯމަ ދުވަހު އާންމުކުރި ސަރުކާރުގެ ޕްލޭނަކުން މި ކަން ވަނީ ހާމަވެފަ އެވެ.

ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ޕްލޭން އެކުލަވައިލާފައި ވަނީ ސިވިލް އެފެއާޒް، ހެލްތު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ގުޅިފައިވާ އިރުޝާދުގެ ދަށުންނެވެ. އެ ޕްލޭނުގައިވާ ގޮތުން، "އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ހިދުމަތްތަކާއި ކުޑަކުދިން ބެލެހެއްޓުމުގެ ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު، އާންމުންގެ ބޭނުންތަކާ އިތުރަށް އެއްގޮތްކުރުމަށް ޓަކައި" އުމްރާނީ ތަރައްގީއަށް ކުރާ އިންވެސްޓްމަންޓާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާނެ އެވެ.

Advertisement - worldAdvertisement

2030 ވަނަ އަހަރުގެ ނިޔަލަށް، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ހުންނަ ޖުމުލަ އެނދުގެ %73 އަކީ 'ނާސިން ކެއާ' ފެންވަރުގެ އެނދުތަކަށް ހެދުމަށް ވަނީ އަމާޒު ހިފާފަ އެވެ. ހަމަމިއާއެކު، އުމުރުން ދުވަސްވީ މީހުންނަށް މުޖުތަމައުގެ ތެރެއިން ދެވޭ ހިދުމަތްތަކުގެ ކަވަރޭޖް %70 އަށް އިތުރުކޮށް، ދުވަސްވެ ބާވެފައިވާ ސަރުކާރުގެ ގާތްގަނޑަކަށް 2,000 'ނަރސިންގ ހޯމް' ނުވަތަ ޢުމޫރުން ބަލަހައްޓާ މަރުކަޒުތައް މަރާމާތުކޮށް އައުކުރާނެ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.

ކުޑަކުދިން ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި، ޕްރިފެކްޗަރ ފެންވަރުގެ ހުރިހާ ސިޓީއަކަށް ޗައިލްޑްކެއާ ހިދުމަތުގެ މަރުކަޒުތައް ފުޅާކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަމާޒު ހިފާފަ އެވެ. މި ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކުދިން މި ފަދަ މަރުކަޒުތަކުގައި ރަޖިސްޓަރީކުރާ ނިސްބަތް، 2025 ވަނަ އަހަރުގެ މިންވަރާ އަޅައިބަލާއިރު %6 ޕޮއިންޓް އިތުރުކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ޕްލޭންގެ ދަށުން، އުމުރުން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް ކިލާސްތައް ހިންގުމަށް ޓަކައި ކިންޑަގާޓަންތައް މަރާމާތުކުރުމަށާއި ޖާގަ އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން، ވަޒީފާދޭ ފަރާތްތަކުގެ އަމިއްލަ އިމާރާތްތަކުގައި މަސައްކަތު މާހައުލުގެ ޗައިލްޑްކެއާ ހިދުމަތް ދިނުމަށް ހިތްވަރުދޭނެ ކަމަށް ޕްލޭނުގައި ވެ އެވެ. މި މަޝްރޫއުތަކަށް މަރުކަޒީ ބަޖެޓުގެ ފައިސާއާއި، ލޯކަލް ގަވަރުމަންޓް ހާއްސަ ބޮންޑުތަކުގެ އިތުރުން ކޮމަރޝަލް ކްރެޑިޓް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، މަކަރާއި ހީލަތް ހެދުން ހުއްޓުވުމަށް ޓަކައި ނަރސިންގ ހޯމްތަކަށް ކުރިއާލާ ދައްކާ ފީތައް ބަލަހައްޓައި މޮނިޓަރުކުރާ މިންވަރު އިތުރަށް ހަރުދަނާކުރާނެ އެވެ.

ފާއިތުވި އަހަރުތަކުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކައިވެނިކުރުމަށާއި ދަރިން ހޯދުމަށް ހިތްވަރުދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި އާއިލާތަކަށް ދޭ މާލީ އެހީތެރިކަމާއި، ކުޑަކުދިން ބެލެހެއްޓުމަށް ދޭ އެއްބާރުލުމުގެ އިތުރުން ވިހެއުމާ ގުޅުންހުރި ބޭސްފަރުވާގެ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ. ނަމަވެސް، އެ ގައުމުގައި ކުދިން އުފަންވާ ނިސްބަތް ދަށްވަމުންދާ ދިއުމަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.

2025 ވަނަ އަހަރު ޗައިނާގައި ކުދިން އުފަންވާ ނިސްބަތް ރެކޯޑު މިންވަރަކަށް ދަށްވުމާ ގުޅިގެން، ވިދިވިދިގެން ހަތަރުވަނަ އަހަރަށް އެ ގައުމުގެ އާބާދީ ވަނީ ދަށްވެފަ އެވެ. އަދި، 2026 ވަނަ އަހަރު ވެސް ހަމަ މި ފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އާބާދީއާ ބެހޭ މާހިރުން ދެ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ޗައިނާގެ އޯލްޑް-އޭޖް ޑިޕެންޑެންސީ ރޭޝިއޯ ނުވަތަ މަސައްކަތްކުރާ އާބާދީއަށް ބަރޯސާވާ އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ވަނީ ފުރަތަމަ ފަހަރަށް ޗައިލްޑް ޑިޕެންޑެންސީ ރޭޝިއޯއަށް ވުރެ މައްޗަށް ގޮސްފަ އެވެ. މީގެ މާނައަކީ، އެ ގައުމުގެ މަސައްކަތްކުރާ އާބާދީން މިހާރު ކުޑަކުދިންނަށް ވުރެ ގިނައިން ބަލަހައްޓަން ޖެހިފައި ވަނީ އުމުރުން ދުވަސްވީ މީހުން ކަމެވެ.

އާބާދީ ދަށްވުންނަރސިން ހޯމްކުޑަކުދިން ބެލެހެއްޓުންޗައިނާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި

11 ނޮވެމްބަރު 2026
އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި
03 ނޮވެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކުރަނީ

03 ނޮވެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކުރަނީ
23 އޮކްޓޯބަރު 2026

ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

23 އޮކްޓޯބަރު 2026
ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
03 އޮކްޓޯބަރު 2026

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

03 އޮކްޓޯބަރު 2026
ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި
30 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!

30 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައާއެކު ވެސް އޭޝިޔާގެ ދަތުރުފަތުރުގެ ޑިމާންޑް ވަރުގަދަކޮށް!
28 ސެޕްޓެމްބަރު 2026

ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ

28 ސެޕްޓެމްބަރު 2026
ޗައިނާއާއި އެމެރިކާއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރަން އެއްބަސްވެއްޖެ
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
17 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް