Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި

11 ނޮވެމްބަރު 2026 | ބުދަ 04:53

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމުގައި ޗައިނާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ. މި ކަމަށް ޓަކައި ޗައިނާއާއެކު އޮންނަ ގުޅުން ވިލަރެސްކުރާނެ މަތީ ފަންތީގެ ކޮމިޓީތަކެއް އުފެއްދުމަށް ރާވާފައިވާއިރު، ދެ ޤައުމުގެ ދެމެދުގައިވާ 25 އަހަރުގެ އެއްބަސްވުމުގެ ދަށުން އަމަލީ މަޝްރޫއުތައް ފެށުމަށް އީރާނުން ބާރުއަޅާ

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2026 | ބުދަ 04:53
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި، ދެ ޤައުމުގެ ދެމެދުގައި މިހާރު އުފެދިފައިވާ "ހަނގުރާމައެއް އަދި ސުލްހައެއް ވެސް ނެތް" ހާލަތު ނިމުމަކަށް ގެނައުމުގައި ޗައިނާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސް ލީޑަރު މުޖުތަބާ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރެއްވި މަޒުމޫނެއްގައި، ސަރަހައްދީ ޑިޕްލޮމެސީގައި ބެއިޖިންގއަށް އަދާކުރެވިދާނެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވީ، ޗައިނާގެ ކަންކަމާ ބެހޭ އީރާނުގެ ޚާއްސަ މަންދޫބު އަދި އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ތެހެރާނުގެ ވަފުދުގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޤާލީބާފެވެ.

Advertisement - worldAdvertisement

"ހަނގުރާމަ ނިމުމަކަށް ގެނައުމުގައްޔާއި 'ހަނގުރާމައެއް އަދި ސުލްހައެއް ވެސް ނެތް' މި ހާލަތު ނައްތާލުމުގައި ޗައިނާގެ ދައުރު ނުހަނު ބޮޑު،" ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނާއި ޢަރަބި ޤައުމުތަކާ ދެމެދު ޗައިނާއިން ބާއްވަމުން އަންނަ ގުޅުންތަކާއި، ބެއިޖިންގގެ ޚާރިޖީ އިސްނެގުންތަކަކީ ސަރަހައްދީ ހަމަޖެހުން ވަރުގަދަކޮށް، ސަރަހައްދީ އައު ނިޒާމެއް ބައްޓަންކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ޤާލީބާފް ވިދާޅުވި އެވެ.

ޗައިނާއާއެކު އޮންނަ ގުޅުމާ ބެހޭގޮތުން، އާންމު އިރުޝާދުތަކެއް ދެއްވުމުގެ ބަދަލުގައި، ވަކި ޚާއްސަ އިސްކަންދޭ ކަންކަމުގެ މައްޗަށް ބާރުއަޅުއްވައި ޚާނަމާއީ ވަރަށް ތަފުސީލީ އިރުޝާދުތަކެއް ދެއްވާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އިސްތިރާޖީ ގޮތުން ކަންކަން ވިލަރެސްކުރުމަށާއި، އިސްކަންދޭ ކަންކަން ކަނޑައެޅުމަށާއި، ނިންމުންތައް އަވަސްކުރުމުގެ އިތުރުން، އެކި ދާއިރާތަކާ ގުޅޭ މައިގަނޑު މައްސަލަތައް ބެލެހެއްޓުމަށް ޓަކައި، ބެއިޖިންގއާއެކު އޮންނަ އެއްބާރުލުން ވިލަރެސްކޮށް މޮނިޓަރުކުރާނެ މަތީ ފަންތީގެ ސްޓިއަރިންގ އަދި އޯވަރސައިޓް ބޮޑީއެއް އުފެއްދުމަށް ރާވާފައިވާ ކަން ޤާލީބާފް ހާމަކުރެއްވި އެވެ.

ހަމަމިއާއެކު، ޗައިނާއާއެކު އޮންނަ ގުޅުމަކީ ހަމައެކަނި ރަސްމިއްޔާތުތަކަކަށް ހަނިވެފައިވާ އެއްބަސްވުންތަކަކަށް ވެގެން ނުވާނެ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ 25 އަހަރުގެ ފުރިހަމަ އެއްބާރުލުމުގެ އެއްބަސްވުމުގެ ދަށުން އަމަލީ މަޝްރޫއުތައް ކުރިއަށްގެންދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބަޔާންތައް އައިސްފައި މި ވަނީ ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކާއެކު ފެށުނު އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިއީ، އެމެރިކާގެ ޤާނޫނުތަކާ ޚިލާފަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ހަނގުރާމައެކެވެ.

ދެމެހެއްޓެނިވި ސުލްހައަކަށް ވާސިލުވުމަށް ބޭނުންވާ ޝަރުތުތަކާ މެދު، ޚާއްސަކޮށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ސަލާމަތީ ކަށަވަރުކަން ދިނުމުގެ އިތުރުން ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އިންތިޒާމުތަކާ މެދު ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އަދިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

މުހައްމަދު ބާގިރު ޣާލިބާފްމުޖްތަބާ ޚާމަނާއީޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިޗައިނާއީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026
"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި

10 ނޮވެމްބަރު 2026
އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި
10 ނޮވެމްބަރު 2026

ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި

10 ނޮވެމްބަރު 2026
ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް