Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދައުލަތުގެ ބަޖެޓް 2027

އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ގިނަ އަދަދަކަށް ދަރަންޏަށް ފައިސާ ހޯދަން ހުށަހަޅައިފި

24 ނޮވެމްބަރު 2026 | އަންގާރަ 06:32

2027 ވަނަ އަހަރުގެ ބަޖެޓު ދަރަނި ފޫބެއްދުމަށް ބޭރުގެ ބާޒާރުން 175 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ރާވާފައިވާއިރު، ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑުބައި ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުން. ނަމަވެސް މިގޮތަށް ދަރަނި ނެގުމުގެ ސަބަބުން މާލީ ނުރައްކާތައް އިތުރުވެ، 2027 ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2026 | އަންގާރަ 06:32
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއާ ބައްދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއާ ބައްދަލުކުރަނީ | ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ހޯދަންޖެހޭތީ، 2027 ވަނަ އަހަރު ބައިނަލްއަގުވާމީ ބޮންޑެއް ނުވަތަ ސުކޫކެއް މެދުވެރިކޮށް 175 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.7 ބިލިއަން ދިވެހި ރުފިޔާ) ހޯދުމަށް ސަރުކާރުން ޕްލޭން ކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ 18.9 ބިލިއަން ރުފިޔާގެ ތެރެއިން 14 އިންސައްތަ ހިއްސާކުރަނީ ދަރަންޏަށް ހޯދަން ހުށަހަޅާ މި ފައިސާ އެވެ. އެހެން ނަމަވެސް މިކަމުން ހޯދޭނެ ފައިސާގެ މިންވަރާއި އޭގެ ހަރަދު ބިނާވެގެންވަނީ އިންވެސްޓަރުންގެ ޝައުގުވެރިކަމާއި އިންވެސްޓަރުންގެ ޝަރުތުތަކުގެ މައްޗަށެވެ.

ދަރަނީގެ ގޮތުގައި ފައިސާ ހޯދާ މައިގަނޑު ސަބަބަކީ ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާ އަށްވުރެ ގިނައިން ޚަރަދުކުރުމަށް ހުށަހަޅާފައިވާތީ އެވެ. 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހަރަދު ހުންނާނީ 52.6 ބިލިއަން ރުފިޔާގަ އެވެ. މިއާއެކު ބަޖެޓުގައި ގާތްގަނޑަކަށް 9.4 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮންނާނެ ކަމަށް ބެލެވޭއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތަ އެވެ.

އާންމު ބޮންޑެއްގެ ދަށުން ސަރުކާރަށް އިންވެސްޓަރުންގެ އަތުން ދަރަންޏަށް ފައިސާ ހޯދާއިރު އެ ފައިސާ ހޯދޭނީ އިންޓްރެސްޓް ދައްކާ ގޮތަށެވެ. 

އަނެއްކޮޅުން ބަޖެޓަށް ބޭނުންވާ ފައިސާގެ 63 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުންނެވެ. މީގެ ތެރޭގައި ޑޮމެސްޓިކް ސެކިއުރިޓީޒްގެ ގޮތުގައި ހޯދާ 8.7 ބިލިއަން ރުފިޔާއާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ނަގާ ފައިސާއާއި، ސަރުކާރުން ކުރިން ދޫކޮށްފައިވާ ލޯނުތަކަށް ލިބޭ ފައިސާ ހިމެނެ އެވެ.

ބޭރުގެ ފަރާތްތަކުން ގާތްގަނޑަކަށް 6.9 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ރާވާފައިވާއިރު، މީގެ ތެރޭގައި ހުށަހަޅާފައިވާ ބޮންޑު ނުވަތަ ސުކޫކުގެ އިތުރުން، މަޝްރޫއުތަކަށް ބޭނުންވާ 2.4 ބިލިއަން ރުފިޔާގެ ލޯނާއި، ބަޖެޓް ސަޕޯޓަށް ބޭނުންވާ 1.9 ބިލިއަން ރުފިޔާގެ ލޯނު ހިމެނެ އެވެ.

ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑުބައި ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުން ހޯދުމަށް ސަރުކާރުން ރާވާފައިވާއިރު، އަދި އެއީ ދަރަނީގެ ގޮތުގައި ހޯދާ ފައިސާ ކަމުގައިވާނަމަ، އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެ އިދާރާތަކަށް އޮންނަ ފުރުސަތު ހަނިވެގެންދެ އެވެ. ވޯލްޑް ބޭންކުން 2026 ޖޫން މަހު ނެރުނު ރިޕޯޓެއްގައި ވަނީ، ސަރުކާރާއި ރާއްޖޭގެ މާލީ އިދާރާތަކާ ދެމެދު އޮތް ގާތް މާލީ ގުޅުމުގެ ސަބަބުން އިގްތިސާދީ އަދި މާލީ ނުރައްކާތައް އިތުރުވަމުންދާ ކަމަށް އިންޒާރު ދީފަ އެވެ.

މާލީ ތަޖުރިބާކާރުންގެ ނަޒަރުގައި ބައިނަލްއަގުވާމީ މާކެޓުން ދަރަނި ނެގުމަކީ އޭގައި އިތުރު ޚަރަދުތައް ހިމެނޭ ކަމަކަށް ވުމުގެ އިތުރުން، އިންވެސްޓަރުން ފައިސާ ދޫކުރާނީ ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމާއި، މާލީ ހާލަތާއި، މާކެޓުގެ ހާލަތަށް ބަލައި، އެމީހުން ބޭނުންވާ ފައިދާގެ ރޭޓު ކަނޑައެޅުމަށްފަހުގަ އެވެ. އެހެން ކަމުން ބަޖެޓުގައި އަދަދެއް ޖަހާފައި އޮތުމަކީ އެ ފައިސާ އަތްފޯރާފަށުގައި ހުރިކަން ކަށަވަރުކޮށްދޭ ކަމެއް ނޫނެވެ.

އަނެއްކޮޅުން ބޭރު ފައިސާއިން ދަރަނި ނެގުމުން، އެ ފައިސާ އަނބުރާ ދައްކަންޖެހޭނީވެސް ބޭރު ފައިސާއިންނެވެ. މީގެ ސަބަބުން ވަގުތުން ފައިސާ ލިބުނު ނަމަވެސް، ދަރަނި އަދާކުރެވޭނީ އިގްތިސާދުގެ އެހެނިހެން ބޭނުންތަކަށް ބޭރު ފައިސާ ހޯދުމާއެކު، ސަރުކާރަށް އެކަށީގެންވާ މިންވަރަށް ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން ހުރެގެންނެވެ.

2027 ވަނަ އަހަރު ނިމޭއިރު، ދައުލަތުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނިތައް ޖުމްލަ 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 124.5 އިންސައްތަ އެވެ. މީގެ ތެރޭގައި ސަރުކާރުގެ ސީދާ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ އެހެނިހެން ދަރަނިތައް ހިމެނެއެވެ.

އެހެންކަމުން، އަލަށް މި ހުށަހަޅާ ދަރަންޏަކީ ވަގުތީ ގޮތުން ފައިސާގެ ބޭނުން ފުއްދައިދޭނެ ކަމެއް ނަމަވެސް، މިއީ މުސްތަގުބަލަށް އިތުރުވާ މާލީ ބުރައެއްކަން ފާހަގަ ކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ނޮވެމްބަރު 19 ވަނަ ދުވަހު ފާސްކޮށްފަ އެވެ. މި ބަޖެޓު ތަންފީޒުކުރުމަށްޓަކައި ދެން ބޭނުންވަނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމެވެ. ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުން މަސައްކަތްކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަވެފައިވަނީ ސަރުކާރުގެ ރަބަރު ތައްގަނޑެއްގެ ގޮތުގައި ކަމަށް ވުމާއެކު ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްވާނެ ކަމަށް ބެލެވެ އެވެ.

ދައުލަތުގެ ބަޖެޓް20 ވަނަ ރައްޔިތުންގެ މަޖިލީސްބަޖެޓް 2027

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން: މެންބަރު މީކާއީލް

23 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން: މެންބަރު މީކާއީލް
23 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގައި ގާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއް އެބަހުރި: މެންބަރު ޒިޔާދު

23 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގައި ގާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއް އެބަހުރި: މެންބަރު ޒިޔާދު
23 ނޮވެމްބަރު 2026

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ "ކޮން އާޓިސްޓުންތަކެއްގެ" ބޮޑު ސްކޭމެއް: މެންބަރު އަބްދުއްރަހުމާން

23 ނޮވެމްބަރު 2026
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ "ކޮން އާޓިސްޓުންތަކެއްގެ" ބޮޑު ސްކޭމެއް: މެންބަރު އަބްދުއްރަހުމާން
22 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން: އަލީ ހުސެއިން

22 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން: އަލީ ހުސެއިން
22 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް: މެންބަރު އަބްދުއްރަހްމާން

22 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް: މެންބަރު އަބްދުއްރަހްމާން
21 ނޮވެމްބަރު 2026

އަންނަ އަހަރު ހިނގާނީ ރައީސް ބޭނުންފުޅުވާ މުއައްސަސާއެއްގެ ބޭނުން މަސައްކަތެއް، އިތުރު ބަޖެޓެއް ދީފައި ނެތް: މެންބަރު މައުރޫފް

21 ނޮވެމްބަރު 2026
އަންނަ އަހަރު ހިނގާނީ ރައީސް ބޭނުންފުޅުވާ މުއައްސަސާއެއްގެ ބޭނުން މަސައްކަތެއް، އިތުރު ބަޖެޓެއް ދީފައި ނެތް: މެންބަރު މައުރޫފް
20 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ޑޮލަރުގެ މައްސަލައަށާއި މިއަދުގެ ހާލަތަށް އިތުރު ބުރައެއް އަންނާނެ ގޮތަށް: މެންބަރު ޝަމްހީދު

20 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ޑޮލަރުގެ މައްސަލައަށާއި މިއަދުގެ ހާލަތަށް އިތުރު ބުރައެއް އަންނާނެ ގޮތަށް: މެންބަރު ޝަމްހީދު
20 ނޮވެމްބަރު 2026

ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން: މެންބަރު ދީދީ

20 ނޮވެމްބަރު 2026
ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން: މެންބަރު ދީދީ
20 ނޮވެމްބަރު 2026

ރަސްމީ ރަސްމިއްޔާތުތަކުގައި ބޭފުޅުން ތަރުތީބުކުރާ އުސޫލު ބަދަލުކޮށް، ވަޒީރުންގެ ތެރެއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމަނައިފި

20 ނޮވެމްބަރު 2026
ރަސްމީ ރަސްމިއްޔާތުތަކުގައި ބޭފުޅުން ތަރުތީބުކުރާ އުސޫލު ބަދަލުކޮށް، ވަޒީރުންގެ ތެރެއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމަނައިފި
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް