Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު 2027

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ "ކޮން އާޓިސްޓުންތަކެއްގެ" ބޮޑު ސްކޭމެއް: މެންބަރު އަބްދުއްރަހުމާން

23 ނޮވެމްބަރު 2026 | ހޯމަ 05:30

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ސިޔާސީ ދެއްކުންތެރިކަމަށް އިސްކަންދީފައިވާ ބަޖެޓެއް ކަމަށް މެންބަރު އަބްދުއްރަޙުމާނު ވިދާޅުވެއްޖެ. މަޝްރޫއުތައް ނިންމަން ބޭނުންވާ ފައިސާ ބަޖެޓުގައި ނެތްކަން ފާހަގަކުރައްވައި، މިއީ ހަގީގަތް އޮޅުވާލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން މި ބަޖެޓުން ރައްޔިތުންގެ އުއްމީދުތައް ހާސިލުނުވާނެ ކަމަށް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2026 | ހޯމަ 05:30

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙުމާނު | ރާއްޖެ ޓީވީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ "ކޮން އާޓިސްޓުންތަކެއް" ހަދާފައިވާ ބޮޑު "ސްކޭމެއް" ނުވަތަ އޮޅުވާލުމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ބަޖެޓާ ގުޅޭގޮތުން ބަހުސް ކުރައްވަމުން، މެންބަރު އަބްދުއްރަހުމާނު ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށްފައިވަނީ އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އަދި ބަޖެޓާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ކޮމިޓީ މަރުހަލާގައި ރިއާޔަތްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަބްދުއްރަހުމާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ބޯހިޔާވަހިކަމަށާއި ސިއްހީ ދާއިރާއަށް ކަނޑައެޅި ބަޖެޓު މިހާރު މުޅިން ހުސްވެފައިވާ ކަމަށެވެ. މިހާރު ބަޖެޓުގައި ފައިސާ ބާކީ ހުރީ ހަމައެކަނި މަޝްރޫއުތައް ނިންމައި "ރިބަން ކަނޑަން" ބޭނުންވާ ކަންކަމަށް ބޭނުންވާ ފައިސާ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް ސިޔާސީ ދެއްކުންތެރިކަމަށް އިސްކަންދޭ ބަޖެޓެއްގެ ގޮތުގައި މެންބަރު ސިފަކުރެއްވި އެވެ.

މަޝްރޫއުތަކުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، ސަރުކާރުން ސޮއިކޮށްފައިވާ ނުނިމި ހުރި މަޝްރޫއުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވަނީ އެންމެ 8.2 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި އަދަދުތަކަށް ބަލާއިރު، ސަރުކާރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައިވެސް މި މަޝްރޫއުތައް ނިންމާނެ ގޮތެއް ބަޖެޓުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު އަބްދުއްރަހުމާނު ވަނީ މިއީ "ކޮން ބަޖެޓެއް" ގެ ގޮތުގައި ސިފަ ކުރައްވައި، މިއީ "ކޮން އާޓިސްޓުންތަކެއް" ހަދާފައިވާ ބޮޑު "ސްކޭމެއް" ނުވަތަ އޮޅުވާލުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މި ސަރުކާރުގެ ފާއިތުވި ދެ އަހަރުވެސް ކަންކަން ހިނގާފައިވަނީ މިފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަޖެޓާ މެދު ރައްޔިތުން ބޮޑެތި އުއްމީދުތަކެއް ކޮށްގެން ތިބި ނަމަވެސް، ބަޖެޓުން އެ އުއްމީދުތައް ހާސިލުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމަކީ އެންމެ ހިތާމަވެރި ކަންތައް ކަމަށްވެސް މެންބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މެންބަރު ވިދާޅުވީ، ދައުލަތަށް އިތުރަށް މާލީ ވަސީލަތްތައް ހޯދޭނެ އެއްވެސް މަގެއް މިހާރު ނެތުމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ވެސް ސަރުކާރުން ބުނާ ކަންކަން ވެދާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ތިބުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

އަބްދުއްރަހްމާން20 ވަނަ ރައްޔިތުންގެ މަޖިލީސްބަޖެޓް

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން: އަލީ ހުސެއިން

22 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން: އަލީ ހުސެއިން
22 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް: މެންބަރު އަބްދުއްރަހްމާން

22 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް: މެންބަރު އަބްދުއްރަހްމާން
20 ނޮވެމްބަރު 2026

ރަސްމީ ރަސްމިއްޔާތުތަކުގައި ބޭފުޅުން ތަރުތީބުކުރާ އުސޫލު ބަދަލުކޮށް، ވަޒީރުންގެ ތެރެއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމަނައިފި

20 ނޮވެމްބަރު 2026
ރަސްމީ ރަސްމިއްޔާތުތަކުގައި ބޭފުޅުން ތަރުތީބުކުރާ އުސޫލު ބަދަލުކޮށް، ވަޒީރުންގެ ތެރެއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމަނައިފި
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!
19 ނޮވެމްބަރު 2026

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

19 ނޮވެމްބަރު 2026
ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުން ނިކަމެތިވާ މަންޒަރު: މެންބަރު ނާޒިލް

19 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުން ނިކަމެތިވާ މަންޒަރު: މެންބަރު ނާޒިލް
16 ނޮވެމްބަރު 2026

މަރުގެ މައްސަލަތައް ތަހުގީގުކުރަން ޚާއްސަ އޮފިސަރުންނާއި ދީނީ އިލްމުވެރިން ހިމެނޭ ޓީމެއް ހަދަން ޖެހޭ: މެންބަރު މައުރޫފް

16 ނޮވެމްބަރު 2026
މަރުގެ މައްސަލަތައް ތަހުގީގުކުރަން ޚާއްސަ އޮފިސަރުންނާއި ދީނީ އިލްމުވެރިން ހިމެނޭ ޓީމެއް ހަދަން ޖެހޭ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!

15 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!
12 ނޮވެމްބަރު 2026

މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އޮޅުވާލުންތަކުގެ ތެރެއިން މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަން: މެންބަރު މީކާއިލް

12 ނޮވެމްބަރު 2026
މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އޮޅުވާލުންތަކުގެ ތެރެއިން މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަން: މެންބަރު މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް