ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން: އަލީ ހުސެއިން
22 ނޮވެމްބަރު 2026 | އާދީއްތަ 12:54ރިއަލް އެސްޓޭޓް ބިލަކީ ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކޮށް، އިސްލާމީ އުސޫލުތަކާއި ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ހުށަހަޅާފައިވާ ނުރައްކާތެރި ބިލެއް ކަމަށް ގައުމީ ހަރަކާތުން ބުނެފި. މި ބިލުގައި އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާތީއާއި، މީގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށް ބުރޫއަރާނެތީ މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރުމަށް އެ ހަރަކާތުން ވަނީ ގޮވާލާފައި


ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން | ރާއްޖެ އެމްވީ
ރިއަލް އެސްޓޭޓް ބިލު ހެދުމުގެ މައިގަނޑު މަގުސަދަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރި ކުރުވުން ކަމަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ގައުމީ ހަރާކާތުގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރިއަލް އެސްޓޭޓް ބިލަށް އިންކާރު ކުރަން ޖެހޭ ކަމަށެވެ. އަދި ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް އާބާދު ކުރާކަމުގައިވާނަމަ ދިވެހި ރައްޔިތުން ގާތު އަހަން ޖެހޭނެ ކަމަށާއި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ބޮޑު ގޯހެއް ހައްދަވަންކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ ފަހުން ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލަށް ޖެއްސެވުމަށްފަހު ރައީސް މުއިއްޒު ފިއްލަވާނެ ކަމަށެވެ. އަދި އެ ފުރުސަތު ދީގެން ނޫވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ހަމައެއާއެކު، ރިއަލް އެސްޓޭޓް ބިލުގައި އިސްރާއީލު ގައުމެއްގެ ގޮތުގައި ބަލާގަނެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އެގޮތުން މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ގައުމަކުން އިސްރާއީލަކީ ގައުމެއް ގޮތުގައި ބަލައިގަންނަން ނުޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ބިލުގައި ލިޔަން ޖެހޭނީ ޒަޔަނިސްޓު އެންޓިޓީ ކަމަށް އަދި ގާނޫނުގައި ލިޔަން ޖެހޭނީ އިސްރާއީލެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން، މި ބިލުގެ ސަބަބުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ބާރު ކަނޑުވާލާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އެހެންކަމުން މި ބިލުގެ ޒަރިއްޔާއިން ބޭރުގެ ޒަޔަނިސްޓުން ދިވެހިރާއްޖެ ގެނެސް އާބާދުކުރުމުން އެމީހުން އަޅުކަން ކުރާނެ ތަންތަން އަޅައިދޭން އެއިރެއްގެ އޮންނަ ސަރުކާރަކަށް މަޖުބޫރު ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ބިލު ހެދުމުގެ މައިގަނޑު ބޭނުމަކީ ޣައިރު ދީންތަކުގެ މީހުން ގެނެސް ދިވެހިރާއްޖޭގައި ވަޒަންވެރި ކުރުވުން. ދެން އެބޭފުޅުން ވިދާޅުވާނެ އެއީ ބިދޭސީންނޭ. މައްސަލައެއް ނެތް ބިދޭސީންނޭ ވިދާޅުވިއަސް އަދި ޣައިރު ދީންތަކުގެ މީހުންނޭ ވިދާޅުވިއަސް، އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ މި ބިން ގަންނަން އުޅޭ ދިވެހިރާއްޖެ މިއަންނަ މީހުންނަށް ބެލީމަ އެނގޭ މި މީހުން މިއުޅެނީ ދިވެހިރާއްޖެއަށް ޒަޔަނިސްޓުން ނުވަތަ ޒަޔަނިޒަމްއަށް ތާއީދުކުރާ މީހުން ދިވެހިރާއްޖެ ގެނެސް ވަޒަންވެރި ކުރުވާ އަދި ކުށުގެ ހާއްޔަކަށް ދިވެހިރާއްޖެ ބަދަލުކުރަން މިއުޅެނީއަލީ ހުސައިން
އަލީ ހުސައިން ވަނީ ރިއަލް އެސްޓޭޓް ބިލަށް ކޮމެންޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފާ ވީހާވެސް ގިނަ ރައްޔިތުން މި ބިލަށް ކޮމެންޓް ކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.











