Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު 2027

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް

23 ނޮވެމްބަރު 2026 | ހޯމަ 05:52

ބަޖެޓު ކޮމިޓީން ބަޖެޓު ފާސްކުރީ އިދިކޮޅު މެންބަރުންނާއި މާލީ އިދާރާތަކުގެ ލަފަޔަށް ބެލުމެއްނެތި، ފިނޭންސް މިނިސްޓަރު ބޭނުންވި ގޮތަށް ކަމަށް މެންބަރު ނާޒިލް ވިދާޅުވެއްޖެ. ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކުރަނީ ފައިދާހުރި ގޮތެއްގައި ނޫންކަން ފާހަގަކުރައްވައި، މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން އާންމުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2026 | ހޯމަ 05:52

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް | ރާއްޖެ ޓީވީ

ބަޖެޓު ކޮމިޓީގެ މަސައްކަތް ފެށުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ވިސްނުން ހުރީ ފިނޭންސް މިނިސްޓަރު ބޭނުންވާ ގޮތަށް ބަޖެޓުގެ ކަންކަން ނިންމާލުމަށްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ބަޖެޓު ދިރާސާކުރި ކޮމިޓީން ބަޖެޓު ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް އެންމެ ލޯ ލާރިއެއް ވެސް މަދުނުކޮށް އަދި އިތުރުވެސް ނުކޮށް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރާއި އޮޑިޓަރ ޖެނެރަލްގެ އިތުރުން އެމްއެމްއޭގެ ގަވަރނަރު ދެއްވި މައުލޫމާތުތަކާ ގުޅިގެން އިދިކޮޅު މެންބަރުން ދެއްކެވި އެއްވެސް ވާހަކައަކަށް ބެލުމެއް ނެތި ބަޖެޓު ފާސްކޮށްފައިވާކަން ނާޒިލް ފާހަގަކުރެއްވި އެވެ.

ނާޒިލް ވިދާޅުވި ގޮތުގައި، ބަޖެޓު ކޮމިޓީގެ މަސައްކަތް ފެށުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ވިސްނުން ހުރީ ފިނޭންސް މިނިސްޓަރު ބޭނުންފުޅުވާ ގޮތަށް ބަޖެޓުގެ ކަންކަން ނިންމާލުމަށެވެ. އަދި ބަޖެޓާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ދިރާސާތަކަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚުލާސްތެރި ނިޔަތެއް ސަރުކާރުގެ މެންބަރުންގެ ކިބައިގައި ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ނަގައިގެން ސަރުކާރާ ހަވާލުކުރަނީ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި އެ ފައިސާ ހޭދަކުރުމަށް ކަމަށްވީ ނަމަވެސް، މިއަދުގެ ސަރުކާރުން އެ މަންޒަރު ނުފެންނަ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި އެންމެ މަޝްރޫއެއް ވެސް ނުވަތަ ކަމެއް ވެސް ކުރެވިފައި ނުވާ ކަމަށް ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

މެންބަރު ނާޒިލްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުންނެވެ. އެގޮތުން މިއަދު ރައްޔިތުން ތިބީ ނުހަނު ދަތި ހާލަތެއްގައި ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ނާޒިލްޑރ. މުހައްމަދު މުއިއްޒުބަޖެޓް ކޮމިޓީ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް

22 ނޮވެމްބަރު 2026
ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް
22 ނޮވެމްބަރު 2026

ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކާއި ފިނޭންސް މިނިސްޓްރީގައި ދެންނެވިން: ރައީސް

22 ނޮވެމްބަރު 2026
ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކާއި ފިނޭންސް މިނިސްޓްރީގައި ދެންނެވިން: ރައީސް
22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026

އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް

21 ނޮވެމްބަރު 2026
އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް
20 ނޮވެމްބަރު 2026

ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟

20 ނޮވެމްބަރު 2026
ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟
20 ނޮވެމްބަރު 2026

މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!

20 ނޮވެމްބަރު 2026
މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!
20 ނޮވެމްބަރު 2026

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

20 ނޮވެމްބަރު 2026
އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް
20 ނޮވެމްބަރު 2026

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026
ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް