Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ތަރައްގީ

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026 | ހުކުރު 07:07

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ އާ ޒަމާނަކަށް ގެންގޮސްދިނުން ކަމަށް. އެގޮތުން އިސްލާމީ ބިންގަލުގެ މަތީގައި މިނިވަންކަން ހިމާޔަތްކޮށް، އީޖާދީ އިގްތިސާދަކާއެކު ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2026 | ހުކުރު 07:07
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދުވެސް ތިބީ އެ ހަގީގަތުގެ މަތީގައި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސަރުކާރުގެ ތަރައްގީގެ އަމާޒަކީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ އާ ޒަމާނަކަށް ގެންގޮސްދިނުން ކަމަށެވެ.

އަޅުގަނޑުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ މި ދެ ނުކުތާގެ މައްޗަށް. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ، މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުން. ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ދިވެހިރާއްޖެ، އާ ޒަމާނަކަށް ހިނިތުންކުރުން
ރައީސް މުއިއްޒު 

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުކުރުމަކީ މުހިންމު އަމާޒެއް ކަމަށެވެ. މީގެއިތުރުން، މޫސުމީ އަދި ދުނިޔަވީ ގޮންޖެހުންތަކަށް ވިލުންތެރި، އީޖާދީ އަދި އުފެއްދުންތެރި އިގްތިސާދަކާއެކު، ދުޅަހެޔޮ، ތައުލީމީ އަދި ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ ތަސައްވުރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ދަތުރަށް ބަލާއިރު ފެންނަނީ މަދު ބަޔަކު ދެކޮޅުހެދި ނަމަވެސް އަބަދުވެސް ގިނަ ރައްޔިތުން ތަރައްގީ އާއި ޒަމާނީ ބަދަލުތަކަށް މަރުހަބާ ކިޔާފައިވާ މަންޒަރު ކަމަށެވެ.

އެގޮތުން ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން އަންހެނުންނަށް ތައުލީމު ދެއްވުމަށާއި ރަށްރަށުގައި މަގުތައް ހެއްދެވުމަށް ފެއްޓެވި މަސައްކަތްޕުޅުތަކަށާއި، ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އިބްރާހީމް ނާސިރު މަސްދޯނިފަހަރުގައި އިންޖީނު އެޅުއްވުމަށް ކުރެއްވި ކަންކަމަށް އޭރު ބައެއް މީހުން ދެކޮޅުހެދި ނަމަވެސް، އޭގެ ފައިދާ މުޅި ގައުމަށް ލިބިގެންދިޔަކަން ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، ރާއްޖޭގައި ފަތުރުވެރިކަން ނުހިންގޭނެ ކަމަށް ބޭރުގެ ދިރާސާތަކުން ދެއްކި ނަމަވެސް ދިވެހީން އިސްނަގައިގެން ކުރި ހިތްވަރުން މިއަދު އެއީ އިގްތިސާދުގެ އެންމެ ބޮޑު އެއް ތަނބަށް ވެފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ދިވެހި ރައްޔިތުން އަބަދުވެސް އިސްކުރަނީ ގައުމީ ވިސްނުން ކަމަށާއި ރައްޔިތުން އެދެނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ތަހުޒީބު ގައުމެއްގެ ގޮތުގައި ކުރިއަށްދާން ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުޖުމްހޫރީ ދުވަސްރާއްޖޭގެ ތަރައްޤީ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
18 ނޮވެމްބަރު 2026

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

18 ނޮވެމްބަރު 2026
ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"

18 ނޮވެމްބަރު 2026
"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

18 ނޮވެމްބަރު 2026
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި
18 ނޮވެމްބަރު 2026

މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް

18 ނޮވެމްބަރު 2026
މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް
18 ނޮވެމްބަރު 2026

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު

18 ނޮވެމްބަރު 2026
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
17 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު

17 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
17 ނޮވެމްބަރު 2026

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އަނެއްކާވެސް "ރައީސަށް އާދޭސް ދަންނަވާ" ޕޯޓަލްއެއް!

17 ނޮވެމްބަރު 2026
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އަނެއްކާވެސް "ރައީސަށް އާދޭސް ދަންނަވާ" ޕޯޓަލްއެއް!
16 ނޮވެމްބަރު 2026

ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި

16 ނޮވެމްބަރު 2026
ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް