Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ނާލާފުށީ

މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!

20 ނޮވެމްބަރު 2026 | ހުކުރު 08:04

މ. ނާލާފުށީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވީ ނަމަވެސް، ފިނިޝިންގ މަސައްކަތްތައް ހުއްޓިފައި އޮތުމުން ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މި ހިނގާ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ މަތީ ގްރޭޑްތަކުގެ ދަރިވަރުން ކިޔެވުމަށް ކޮންމެ ދުވަހަކު ކަނޑުދަތުރުކޮށްފައި މުއްޔަށް ދާންޖެހޭ މައްސަލައަށް ހައްލެއް ނުލިބޭ. މީގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ ފަދަ ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާ ސްޕީޑް ލަސްކަން ކައުންސިލްގެ ނައިބު ރައީސް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2026 | ހުކުރު 08:04
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މ. ނާލާފުށީގެ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މ. ނާލާފުށީގެ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މ. ނާލާފުށީގައި އަލަށް އިމާރާތްކުރަމުންދާ ސްކޫލުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވީ ނަމަވެސް، މަސައްކަތް ކުރިއަށްނުގޮސް އެއްކޮށް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހެއިދު ވިދާޅުވީ، އެ ސްކޫލަކީ ކުރީ ސަރުކާރުން ފަށައިގެން ގާތްގަނޑަކަށް 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ތަނެއް ކަމަށެވެ. އަދި މިހާރު އިމާރާތުގެ ބޮޑުބައި ނިމި، ގިނަ ތަންތަނުގައި ޓައިލްސް ވެސް ޖަހާފައި ހުރި ނަމަވެސް ފިނިޝިންގ އެއްވެސް މަސައްކަތެއް ކުރިއަށްނުދާ ކަމަށެވެ.

Advertisement - newsAdvertisement

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނާލާފުށްޓަށް ވަޑައިގެން، މި ހިނގާ ދިރާސީ އަހަރު އެ ސްކޫލުގައި ކިޔަވައިދޭން ފައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ޒުހެއިދު ވިދާޅުވީ މިހާރު ދިރާސީ އަހަރު ނިމެން ގާތްވެފައިވާއިރު ވެސް އެ މަސައްކަތް އޮތީ ކުރިން ވެސް އޮތް ގޮތަށް ކަމަށާއި، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

ދެން ހަމަ ގިނަ ތާނގައި ޓައިލްސް ވެސް މިހިރީ ޖަހާފައި. އެކަމަކު އަދިވެސް ހަމަ ފިނިޝިންގެ މަސައްކަތް ހަމަ އޭރުގައި ހުއްޓިފައި ހުރި ގޮތަށް ހަމަ އެއްވެސް މަސައްކަތެއް އެތާނގައި ކުރިއަކަށް ނުދޭ
އިބްރާހީމް ޒުހެއިދު

ޒުހެއިދު ވިދާޅުވީ، ރަށުގައި މަތީ ގްރޭޑްތަކަށް ކިޔަވައިދެވެން ނެތުމުގެ ސަބަބުން، ގްރޭޑް 9 އިން ފެށިގެން 12 އާ ހަމައަށް ތައުލީމު ހާސިލުކުރާ ދަރިވަރުން ކޮންމެ ދުވަހަކު ކަނޑުދަތުރުކޮށްފައި ދާންޖެހެނީ އެ އަތޮޅު މުއްޔަށް ކަމަށްވާތީ، ސްކޫލުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މި ސްކޫލުގެ މަސައްކަތް އަވަހަށް ނިމުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ދަތިތަކަށް އޮތް ހަމައެކަނި ހައްލު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޒުހެއިދު ވިދާޅުވީ ތަރައްގީގެ ސްކޫލުގެ އިތުރުން އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާ ސްޕީޑް ވަރަށް ލަސް ކަމަށެވެ. 

އެގޮތުން ސިއްހީ މަރުކަޒުގެ މަސައްކަތް ވެސް ކޮންޓްރެކްޓަރަށް ޕޭމަންޓް ނުލިބިގެން ހުއްޓިފައިވާ ކަމަށާއި، ނޮވެމްބަރުގެ ނިޔަލަށް ނިންމަން އޮތް އެ މަޝްރޫއުގެ މުއްދަތު މިހާރު އިތުރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް އޮތީ ހިޔާކުރުމުގެ މަރުހަލާގައި އޮތްއިރު، ކައުންސިލް އިދާރާގެ މަސައްކަތް ވަރަށް ލަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. 

އިބްރާހިމް ޒުހައިދުޑރ. މުހައްމަދު މުއިއްޒުމ. ނާލާފުށި

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

20 ނޮވެމްބަރު 2026
އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް
20 ނޮވެމްބަރު 2026

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026
ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
18 ނޮވެމްބަރު 2026

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

18 ނޮވެމްބަރު 2026
ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"

18 ނޮވެމްބަރު 2026
"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

18 ނޮވެމްބަރު 2026
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި
18 ނޮވެމްބަރު 2026

މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް

18 ނޮވެމްބަރު 2026
މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް
18 ނޮވެމްބަރު 2026

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު

18 ނޮވެމްބަރު 2026
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
17 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު

17 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް