Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެންސީ

ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟

20 ނޮވެމްބަރު 2026 | ހުކުރު 10:08

ޕީއެންސީގެ ދަފްތަރުގައި އެއްލައްކަ މެންބަރުން ހަމަވިކަން އިއުލާނުކުރިތާ 24 ގަޑިއިރު ނުވަނީސް، އެ އަދަދު އަނެއްކާވެސް އެއްލައްކައިން ތިރިއަށް ވަނީ ވެއްޓިފައި. ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތު ދީގެން މެންބަރުން އިތުރުކުރާކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާއިރު، މިއީ ސިޔާސީ ބޭނުމަކަށްޓަކައި ސަރުކާރުން ހިންގާ ހީލަތްތެރި ރޭވުމެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2026 | ހުކުރު 10:08
ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ

ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ | ޕީއެންސީ

މުޅި ސޯޝަލް މީޑިއާއާއި ސަރުކާރުގެ އިސް ސަފުން އެއްއަޑަކުން ބުރާސްފަތި ދުވަހުގެ ރޭ ގުގުމާލީ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަވި ކަމުގެ އުފާވެރި "ސެލެބްރޭޝަން" އިންނެވެ. ނަމަވެސް، އެ އުފާވެރިކަމަށް 24 ގަޑިއިރު ހަމަނުވެ، ހުކުރު ދުވަހުގެ މެންދުރުފަސް ވީއިރު ޕީއެންސީގެ ދަފްތަރު އަނެއްކާ ވެސް އެއްލައްކައިން ތިރިއަށް ވެއްޓި، ހަގީގަތް މިވަނީ ބޭޒާރުވެފަ އެވެ. މި ހަގީގަތުންނާއި މިހާރު ފެންމަތިވަމުންދާ ކަންކަމުން ސާބިތުވަނީ އެންމެ ކަމެއް ނޫންތޯ އެވެ. އެއީ ސިޔާސީ ގޮތުން ދައްކަން ބޭނުންވި "އެއްލައްކަ" ހަމަކުރުމަށްޓަކައި ސަރުކާރު ޑެސްޕަރޭޓް ވެފައިވާ މަންޒަރު ކަމާމެދު ޝައްކަތް ނެތެވެ. 

އިސްލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ 10:37 ގެ ނިޔަލަށް ޕީއެންސީގައި 100،083 މެންބަރުން ތިއްބެވެ. މިއީ މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި ތިބި 74،048 މެންބަރުންނާ އަޅާބަލާއިރު 26،035 މެންބަރުންގެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް، ހުކުރު ދުވަހުގެ މެންދުރުފަހު އީސީގެ ދަފްތަރު އަޕްޑޭޓްވިއިރު އެ އަދަދު ވަނީ 99،930 އަށް ވެއްޓިފަ އެވެ. އެއީ އެންމެ 24 ގަޑިއިރު ތެރޭގައި 153 މެންބަރުން މަދުވުމެކެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ 3،000 އެއްހާ މެންބަރުން ތިބި ޕާޓީއެއް، ސަރުކާރަށް އަހަރު ފުރުމާ ދިމާކޮށް 1 ލައްކަ ހަމަކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމަށްފަހު، މިފަހަރު ވެސް އެ އަދަދު ދެމެހެއްޓުނީ އެންމެ ދުވަހަކު އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ފުރޮޅާލައިގެން މެންބަރުން ވެއްދުމުގެ ބޮޑު ކެމްޕޭނެއް ސަރުކާރުން ހިންގީ ކަނޑައެޅިގެން ރައްޔިތުންނަށް ނުފޫޒު ފޯރުވައިގެން ކަމުގެ ތުހުމަތު ވަނީ ބޮޑުވެފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުން ފެށިގެން އެކި ފަންތީގެ މީހުންނަށް ވަޒީފާގެ ބިރުދައްކައި، މަޖުބޫރުން ފޯމު ފުރުވުމުގެ އަމަލުތައް ހުރިހާ ދިމާއަކުން ފެނިގެންދިޔަ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ކޮންމެހެން ވެސް ޕާޓީގެ ރަޖިސްޓްރީގައި މަޑުކޮށްދިނުމަށް އެދި ސަރުކާރުގެ އިސްވެރިން މުއައްސަސާތަކުގެ މުވައްޒަފުންގެ ކިބައިން އާދޭސްކުރަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވޯޓު ހޯދުމަށްޓަކައި ހިންގާ ބޮޑު ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭއިރު، ޕާޓީއަށް މީހުން ވެއްދުމަށް ސަރުކާރުން ވަނީ ބޮޑެތި ޚަރަދުތަކެއް ވެސް ކޮށްފަ އެވެ.

އެގޮތުން ޕީއެންސީއަށް ރަޖިސްޓްރީވާނަމަ، 500 ރުފިޔާގެ އިތުރުން، 1000، 2000 އަދި 3000 ރުފިޔާ ދީގެން ރިޝްވަތުގެ ގޮތުގައި ފައިސާ ބަހައިގެން މީހުން ވައްދާފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. ނަމަވެސް ފައިސާއަށް އެދި ޕާޓީއަށް ވަން ބައެއް މީހުންނަށް އަދިވެސް ފައިސާ ޖަމާކޮށްދީފައި ނުވާތީ އެފަދަ ފަރާތްތަކުގެ ޝަކުވާތައް ވެސް ދަނީ ފެންމަތިވަމުންނެވެ.

އެއްލައްކަ ހަމަކުރުމުގެ ނަމުގައި މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންދާތީ އާންމުން ދަނީ މިއީ ސަރުކާރު އިންތިހާއަށް 'ޑެސްޕަރޭޓް' ވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޖޯކު ޖަހަމުންނެވެ. ދައުލަތުގެ ބާރާއި ވަސީލަތްތައް ބޭނުންކޮށް، ވަޒީފާގެ ބިރުދައްކައި، އަދި ރައްޔިތުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހައިގެން ވެސް ހަމަވި 1 ލައްކަ މެންބަރުންގެ އަދަދު 24 ގަޑިއިރު ނުވަނީސް ވެއްޓިގެން ދިޔުމަކީ ސަރުކާރުގެ މި ޑެސްޕަރޭޝަން ފަލީހަތްވި ކަމެއް ނޫންތޯ އެވެ. ރައްޔިތުންގެ ތާއީދު ފައިސާއަށް ނުގަނެވޭނެކަން މި ތަފާސްހިސާބުތަކުން މިއަދު މިވަނީ ސާފުކޮށްދީފައެއް ނޫންތޯ އެވެ. 

ޕީއެންސީއިލެކްޝަންސް ކޮމިޝަންޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!

20 ނޮވެމްބަރު 2026
މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!
20 ނޮވެމްބަރު 2026

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

20 ނޮވެމްބަރު 2026
އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް
20 ނޮވެމްބަރު 2026

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026
ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
18 ނޮވެމްބަރު 2026

އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

18 ނޮވެމްބަރު 2026
ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"

18 ނޮވެމްބަރު 2026
"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

18 ނޮވެމްބަރު 2026
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި
18 ނޮވެމްބަރު 2026

މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް

18 ނޮވެމްބަރު 2026
މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް