Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީ ވެރިކަމުގައި ވެސް ލޯނުތައް ދެއްކި، ނަމަވެސް އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިނުވޭ: މެންބަރު ނާޒިލް

21 ނޮވެމްބަރު 2026 | ހޮނިހިރު 04:45

ކޮވިޑްގެ ދަތި ދަނޑިވަޅުގައި ވެސް އެމްޑީޕީން ލޯނުތައް ދެއްކީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި، ބޭކާރު ޚަރަދުތައް ކުޑަކޮށްގެން ކަމަށް މެންބަރު ނާޒިލް ވިދާޅުވި. އޭރުގެ ސަރުކާރުން މާލީ ތަފްސީލުތައް ހާމަކުރި ނަމަވެސް، މިހާރުގެ ސަރުކާރުން ބަޖެޓުގެ މައުލޫމާތު ހިއްސާނުކުރާ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 04:45
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އެމްޑީޕީގެ ވެރިކަމުގައި ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކަމުން ދިޔައީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، ބޭކާރު ޚަރަދުތައް ކުޑަކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގެ ފުރަތަމަ އަހަރު، 2019 ވަނަ އަހަރު ނިމި، 2020 ވަނަ އަހަރާ ހިސާބުން މުޅި ދުނިޔެއަށް ކޮވިޑްގެ ވަބާ ކުރިމަތިވި ކަމަށެވެ. އެ ދަނޑިވަޅުގައި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދަށާއި މުޅި ދައުލަތަށް ލިބެމުން އައި ހުރިހާ އާމްދަނީއެއް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައި ކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މަޖުބޫރީ ހާލަތުގައި ލޯނުތައް ނަގަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ކުރީގެ ރައީސް އާބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ މަޝްރޫއާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް (އައިޖީއެމްއެޗް އިމާރާތް) ފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ނަގާފައިވާ ލޯނުތައް ވެސް އެމްޑީޕީގެ ވެރިކަމުގައި ގަވާއިދުން ދައްކަމުން ދިޔަ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

އަޅުގަނޑުމެން ދުވަހަކު ވެސް ލޯނު ދައްކަނީ ލޯނޭ، ލޯނޭ ކިޔާފައި ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެއް ހުއްޓުމަކަށް ނުގެންނަން. އެ މަސައްކަތް ކުރަމުން ކުރަންޖެހޭ ބޭކާރު ޚަރަދުތައް ނުކޮށް މި ކަންތައް ކުރީ. ވަޒީރުން ދުއްވާނެ 20 ކާރު އެމްޑީޕީ ސަރުކާރުގައި ވެސް ހަމަ ގެނެވޭނެ ނޫންތޯ؟ ރައްޔިތު މީހާއަށް ދޭންޖެހޭ އަސާސީ ޚިދުމަތް ހުއްޓާލާފައި ވެސް އެކަން ކުރެވޭނެ ނޫންތޯ ބަޖެޓު ތެރެއިން. އެހެންނަމަވެސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހިސާބުން އަޅުގަނޑުމެންނަށް މަޝްވަރާ ލިބިފައި އޮތީ އެއީ މިވަގުތުން މިވަގުތަށް ކުރަންޖެހޭ ކަމެއް ނޫނޭ
އިބްރާހީމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކޮވިޑްގެ ދަތި ހާލަތުގައި ވެސް ދައުލަތަށް ލިބޭ އާމްދަނީ އާއި ރާއްޖޭގެ މާލީ ހާލަތު ބަދަލުވަމުންދިޔަ ގޮތުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޕޮލިސީ އޮފީހުން އަދި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށާއި ބަޖެޓް ކޮމިޓީގެ މެންބަރުންނާ ދުވަހުން ދުވަހަށް ހިއްސާ ކުރަމުންދިޔަ ކަމަށެވެ. 

އޭރު ހަމަ ތެދުބަހުން މި ދަންނަވަނީ، އަޅުގަނޑުމެންނަށް މި ހުރިހާ ތަފްސީލެއް ސަރުކާރުން ދެއްވަމުން އައީ. މިއަދުގެ ހާލަތަކީ މިއީއޭ، މި ހާލަތުން އަރައިގަންނަން އަޅުގަނޑުމެން ހުއްޓާލަންޖެހޭ ޕްރޮޖެކްޓްތަކަކީ މިއީއޭ، އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތަކީ މިހިރީއޭ ކިޔައި މި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން އެކީގައި މަޝްވަރާ މޭޒުގައި ތިބެގެން ކުރަމުން އައީ
އިބްރާހީމް ނާޒިލް

ނަމަވެސް މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު ވެސް، ބަޖެޓު ކުރިއަށްދާ ގޮތުގެ އެއްވެސް ތަފްސީލެއް ސަރުކާރުގެ ތެރެއިން ލިބިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ މެންބަރުން ވެސް ފާހަގަކުރައްވާ ކަމަށާއި، އެނގެން ޖެހޭ މައުލޫމާތުތައް ފޯރުކޮށްނުދޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީއިބްރާހީމް ނާޒިލް

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި

20 ނޮވެމްބަރު 2026
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި
19 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުން ނިކަމެތިވާ މަންޒަރު: މެންބަރު ނާޒިލް

19 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުން ނިކަމެތިވާ މަންޒަރު: މެންބަރު ނާޒިލް
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026
"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"
18 ނޮވެމްބަރު 2026

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026
އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި
17 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް

17 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް