Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯނު ދޫކުރުން

ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކާއި ފިނޭންސް މިނިސްޓްރީގައި ބުނިން: ރައީސް

22 ނޮވެމްބަރު 2026 | އާދީއްތަ 07:26

ބޭންކުތަކުން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 60 އަހަރުން 75 އަހަރަށް ބަދަލުކުރުމަށް ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. ރާއްޖޭގެ އެވްރެޖް އުމުރު މަތިވެފައިވާތީ، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ނޮވެމްބަރު 2026 | އާދީއްތަ 07:26

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތީ އުމުރަކަށް ބަދަލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީގައި މިހާރު ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި އުމުރުން ދުވަސްވީ މީހަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މި ޕޮޑްކާސްޓްގައި އުމުރުން ދުވަސްވީ މީހަކު ވަނީ، އުމުރުން ދުވަސްވީ މީހުންނަށް ބޭންކުތަކުން ލޯނު ލިބުމުގައި ހުރި ދަތިތަކާއި، މުސްކުޅިންނަށް ލޯނު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުގެ ގޮތުގައި މިހާރު ކަނޑައަޅާފައި އޮންނަނީ 60 އަހަރު ކަމަށާއި، ނަމަވެސް އެއީ މިހާރުގެ ހާލަތަށް ބަލާއިރު ދަށް އުމުރެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއާ އަޅާބަލާއިރު ރާއްޖޭގެ އެވްރެޖް އުމުރު ނުވަތަ މީހުން ދިރިތިބޭނެ ކަމަށް ލަފާކުރާ އުމުރު މިހާރު މަތިވެފައިވާ ކަމަށެވެ.

އެހެންކަމުން، 60 އަހަރުވުމުން ލޯނު ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ ވެސް މަތިކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މި ބަދަލު ގެނައުމަށް ބޭންކުތަކުގައި ދަންނަވާފައިވާތީ، ބައެއް ބޭންކުތަކުން މިހާރު އެ ބަދަލުތައް ގެނެސްފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ އަޑު" ޕޮޑްކާސްޓަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ޑރ. މުހައްމަދު މުއިއްޒުފިނޭންސް މިނިސްޓްރީރައްޔިތުންގެ އަޑު

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

5

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު

22 ނޮވެމްބަރު 2026
މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
20 ނޮވެމްބަރު 2026

ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟

20 ނޮވެމްބަރު 2026
ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟
20 ނޮވެމްބަރު 2026

މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!

20 ނޮވެމްބަރު 2026
މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!
20 ނޮވެމްބަރު 2026

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

20 ނޮވެމްބަރު 2026
އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް
20 ނޮވެމްބަރު 2026

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026
ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު
19 ނޮވެމްބަރު 2026

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

19 ނޮވެމްބަރު 2026
ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
18 ނޮވެމްބަރު 2026

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

18 ނޮވެމްބަރު 2026
ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

18 ނޮވެމްބަރު 2026
2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް