Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026 | އާދީއްތަ 10:05

ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް "ރަބަރު ސްޓޭމްޕް" ޖަހާ ތަނަކަށް ބަދަލުވެ، ދައުލަތުގެ ބާރުތައް މަސްހުނިވެފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވި. ސަރުކާރު ޒިންމާދާރުކުރުވުމުގެ ނިޒާމު ގެއްލި، ގާނޫނުތައް ހަދަނީ ވަކި މީހެއްގެ މަންފާއަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި ތަރައްގީއަށް އެދެވޭ މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ނޮވެމްބަރު 2026 | އާދީއްތަ 10:05
އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މިއަދު މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނުއަސާސީން ވަރަށް ބޮޑެތި ބާރުތަކެއް ދީފައިވާ ރައްޔިތުންގެ މަޖިލިސް ހިނގަމުންދާ ގޮތް ކަމަށާއި، މަޖިލީހަށް އޮތް އިތުބާރު ގެއްލި އެތަން ވަކި ބޭފުޅެއްގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ މައްސަލަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ގާނޫނުއަސާސީގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމުގައިވާ ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރެވި ބޮޑެތި ބާރުތަކެއް ދީފައިވާ ތަނެއް ކަމަށެވެ. ނަމަވެސް އެ މަންދޫބުން މިއަދު އަމަލުކުރަމުންދާ ގޮތުން ދިވެހި ރައްޔިތުންގެ އިތުބާރު މަޖިލީހަށް މިއަދު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މަޖިލިސް މިހާރު ހިންގަމުންދާ ގޮތާ ގުޅޭގޮތުން މެންބަރު މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވަކި ބޭފުޅަކު، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންޓްރޯލް ކުރައްވާ ތަނެއް ކަމަށެވެ. 

އެ ތިން ބާރުގެ މަފްހޫމު އެއްކޮށް ގެއްލި، ހުރިހާ ކަމެއް އެ ބޭފުޅުންގެ އަމިއްލަ ވިސްނުމާ، އެ ބޭފުޅުން އިންތިޚާބުކުރެއްވި އެ ދާއިރާތަކުގެ ރައްޔިތުންގެ ވިސްނުމާ ޚިލާފަށް ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަމުންދާ ދިއުން، އެއީ މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ
މައުރޫފް ޒާކިރު

ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފުގެ ބާރު ޒިންމާދާރުކުރުވުމުގެ ނިޒާމީ ޗެކް މިއަދު ގެއްލި، ބާރުތައް އެކުވެ މަސްހުނިވެފައިވާ ކަމުގެ ކަންބޮޑުވުން މެންބަރު މައުރޫފް ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓު ހިތުހުރި ގޮތަކަށް ތަންފީޒުކުރަމުންދާ އިރު، މަޖިލީހަށް ހުށަހަޅާ ގާނޫނުތައް ފާސްކުރަމުން ދަނީ ވެސް އެންމެ މީހެއްގެ ފައިދާއާއި މަންފާއަށް އަމާޒުކޮށްގެން ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރު ދުވަސް ވެގެންދާއިރު، ރައްޔިތުން އިތުބާރުކޮށްފައި އިންތިޚާބުކުރި މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ބޭނުންވާ މިންވަރަށް ޚިދުމަތްތަކާއި ހައްގުތައް ފޯރުކޮށްދެވިއްޖެތޯ އަދި ތަރައްގީއާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދެވިއްޖެތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންކަމާއެކު އެ ގޮތަށް ރައްޔިތުންނަށް އެއްވެސް ކަމެއް ރަނގަޅަށް ކޮށްދެވިފައިނުވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްމައުރޫފް ޒާކިރުޑރ. މުހައްމަދު މުއިއްޒުޤާނޫނުއަސާސީ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!

15 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 ނޮވެމްބަރު 2026

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟

13 ނޮވެމްބަރު 2026
އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް