Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް

މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އޮޅުވާލުންތަކުގެ ތެރެއިން މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަން: މެންބަރު މީކާއިލް

12 ނޮވެމްބަރު 2026 | ބުރާސްފަތި 08:00

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ މަޝްރޫއުތަކުގެ ތަފުސީލު ނުހިމަނައި، ޖަވާބުދާރީ ނުކުރެވޭ ގޮތަށް އެކުލަވާލާފައިވާ އޮޅުވާލުން ބޮޑު ބަޖެޓެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވި. މީގެ އިތުރުން ކުރީގެ ބަޖެޓުތަކުން ބޯހިޔާވަހިކަމަށް ކަނޑައެޅި ފައިސާ ބޭނުންނުކޮށް، ދަރަނީގެ ހަގީގީ އަދަދުތައް ސަރުކާރުން ސިއްރުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 12 ނޮވެމްބަރު 2026 | ބުރާސްފަތި 08:00
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މި ސަރުކާރުން ދައުލަތުގެ ބަޖެޓު ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހައިދޭ ގޮތަށް ކަމަށާއި، ބަޖެޓު ތައްޔާރުކޮށްފައިވަނީ ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު މީކާއިލް ވިދާޅުވީ، މީގެ ކުރިން މަޖިލީހަށް ހުށަހަޅަމުން އައީ މަޝްރޫއުތަކުގެ ވާނުވާ ސާފުކޮށް ޓްރެކްކުރެވޭ ގޮތަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ފަސޭހަވާ ގޮތަށް އެކުލަވާލާފައިވާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ސަރުކާރު އައުމާ އެކު އެ އިސްލާހީ ފިޔަވަޅު ފަހަތަށް ޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު މި ހުށަހަޅާ ބަޖެޓުގައި ޙަޤީޤަތުގައި މި ބުނާ ވާހަކައަކީ ތިމަންނާމެން ބޭނުންވަނީ މިވެނި އަދަދެކޭ، ކުރާނެ ކަމެއްވެސް ނުބުނާނަމޭ. މިހިރީ ވެދާނެ ކަންކަމޭ، ތިމަންނާމެންނަށް މި ފާސްކޮށްދޭށޭ. އެންމެ ސިމްޕަލްކޮށް ބުނާ ނަމަ ސަރުކާރުން އެ ބުނަނީ ތިމަންނާމެން ބުނާހާ ގޮތަކަށް މި ބަޖެޓުގައި ރަބަރ ސްޓޭމްޕް ކޮށްދޭށޭ
މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ މި ސަރުކާރުގެ ތިންވަނަ ބަޖެޓު ފާސްކުރަން ހުށަހަޅާއިރު، މީގެ ކުރިން ފާސްކުރި ދެ ބަޖެޓަށް ވީ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ބުނެ 1.8 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަހަރު ނިމި ތިންވަނަ އަހަރުގެ ނޮވެމްބަރު 1 އާ ހަމައަށް ދިޔައިރު ވެސް އެ ބަޖެޓުގެ 53 އިންސައްތައިގައި އަތްވެސް ލާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރު މީކާއިލް ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ހިންގުމަށް އިދިކޮޅުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ކުރިން ފާސްކުރި ބަޖެޓުތަކުން މަޝްރޫއުތައް ނުހިންގާ އޮވެ، ކުރިއަށް އޮތް އަހަރު ޕީއެސްއައިޕީގެ 70 އިންސައްތަ މަޝްރޫއު ނިމޭނެ ކަމަށް ބުނުމަކީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓު ހުށަހެޅުއްވިއިރު އަދި އަންދާޒާ އެބަކުރޭ ދަރަނީގެ ޕަސެންޓޭޖް ކުޑަވާނޭ ކަމަށް. އެވެސް ހަމަ ކަނޑައެޅިގެން ދޮގެއް، އެއީ އެތެރޭގެ ދަރަނި ނުހިމަނާ މި ބޭފުޅުން ޖުމްލަ އަދަދު ޖަހައިގެން މި ބަހުސްގައި ޓޯކިންގ ޕޮއިންޓަކަށް ބޭނުން ކުރައްވަނީ
މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ، ސަރުކާރުގެ އެހެނިހެން ކަންކަން ވެސް ހިނގަމުންދާ އުސޫލުން މި ބަޖެޓަކީ ވެސް ވަރަށް ބޮޑެތި އޮޅުވާލުންތަކާއި މަކަރުގެ ތެރެއިން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމް20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެސްއައިޕީބަޖެޓް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

5

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ ދައްކާނެ ގޮތެއް ވެސް ހުށަހެޅިފައިވާ ބަޖެޓުން އެނގޭކަށް ނެތް: ނިޔާޒީ

11 ނޮވެމްބަރު 2026
ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ ދައްކާނެ ގޮތެއް ވެސް ހުށަހެޅިފައިވާ ބަޖެޓުން އެނގޭކަށް ނެތް: ނިޔާޒީ
10 ނޮވެމްބަރު 2026

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު

10 ނޮވެމްބަރު 2026
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު
10 ނޮވެމްބަރު 2026

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް: ފައްޔާޒް

10 ނޮވެމްބަރު 2026
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް: ފައްޔާޒް
10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު

09 ނޮވެމްބަރު 2026
ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
05 ނޮވެމްބަރު 2026

ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި

05 ނޮވެމްބަރު 2026
ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި
05 ނޮވެމްބަރު 2026

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

05 ނޮވެމްބަރު 2026
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު
04 ނޮވެމްބަރު 2026

މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު

04 ނޮވެމްބަރު 2026
މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް