Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ އަދަބު

މަރުގެ މައްސަލަތައް ތަހުގީގުކުރަން ޚާއްސަ އޮފިސަރުންނާއި ދީނީ އިލްމުވެރިން ހިމެނޭ ޓީމެއް ބޭނުންވޭ: މެންބަރު މައުރޫފް

16 ނޮވެމްބަރު 2026 | ހޯމަ 09:14

މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ތަހުގީގީ މަރުހަލާގައި ވަކީލެއްގެ ހައްގު ދޫކޮށްލުމަކީ މިނިވަންކަމާއެކު ނިންމާ ނިންމުމެއްތޯ ކަށަވަރުކުރަންޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި. ފުލުހުންގެ މުއައްސަސާގައި ކޮރަޕްޝަން އޮތް މިންވަރަށް އިޝާރާތްކުރައްވައި، މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ދީނީ އިލްމުވެރިން ހިމެނޭ ޚާއްސަ ޓީމެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ނޮވެމްބަރު 2026 | ހޯމަ 09:14
ހޯމަ ދުވަހުގެ ރައްޔިތުން މަޖިލިސް ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލިސް ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޚާއްސަ އޮފިސަރުންނާއި ދީނީ އިލްމުވެރިން ހިމެނޭ ޓީމެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވަނީ އެބިލުގައި ހުރި ގިނަ ނުކުތާތައް ފާހަގަކުރައްވައި ވާހަކަ ދައްކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން އެ ބިލުގެ 9 ވަނަ މާއްދާގެ (ށ) ގައި، ގާނޫނެއްގެ ދަށުން ވަކީލެއްގެ ހައްގު ހިފެހެއްޓުމާއި، ތުހުމަތުކުރެވޭ މީހާ އަމިއްލައަށް އެ ހައްގު ދޫކޮށްލުމަކީ ހައްގު ނުދިނުމެއް ކަމުގައި ނުބެލެވޭނެކަން މެންބަރު މައުރޫފް ފާހަގަކުރެއްވި އެވެ. 

މެންބަރު މައުރޫފް ވިދާޅުވީ، ތަހުގީގީ މަރުލާގައި ވަކީލެއްގެ ހައްގު ދޫކޮށްލުމަކީ ހަގީގަތުގައި ވެސް މިނިވަންކަމާއެކު ނިންމި ނިންމުމެއްތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ތަހުގީގުތައް ހިނގަމުންދާ ގޮތް ރަނގަޅަށް ވަޒަންކުރަންޖެހޭ ކަމަށާއި، ތަހުގީގުތައް ގޯސްވުމުގެ ސަބަބުންނާއި ގަސްތުގައި ދޫކޮށްލެވޭ ކުދިކުދި ކަންތައްތަކާއި އިޖުރާއަތްތައް ފުރިހަމަނުކުރުމުގެ ސަބަބުން އެތައް މައްސަލައެއް ކޯޓުތަކުގައި ސާބިތުނުވެ ނިމިފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ފަހަރުގައި އަޅުގަނޑަށް ފެނޭ މި ބިލަށް މިސާލަކަށް މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި މިކަމަށް ޚާއްސަ ބަޔަކު، ޚާއްސަ ތަހުގީގީ އޮފިސަރުންތަކެއް ތައްޔާރުކުރުން. އޭގެ ތެރެއަށް ބޮޑެތި ދީނީ އިލްމުވެރިންވެސް ތަހުގީގު ޓްރޭންޑްކޮށްފައި ފުލުހުންގެ ތެރެއަށް ވައްދާފައި ބޭތިއްބުވުމަކީ ރަނގަޅުކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. މަރުގެ މައްސަލަތައް ތަހުުގީގު ކުރުމަށް.
މައުރޫފް ޒާކިރު

ރާއްޖޭގައި މިހާރު ކޮރަޕްޝަނާއި ފަސާދަ އަށަގެންފައިވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތް މިންވަރަށްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރަކީ ވިސްނާ ފިކުރުކޮށްލަން ވެސް ނުކެރޭހާ ބޮޑު މިންވަރަށް ކަމަށާއި، ރައްޔިތުންނާމެދު ބޭއިންސާފުން ކަންކަން ކުރުން މިއަދު އޮތީ ހައްދުފަހަނައަޅާފައިވާ ކަމަށެވެ. 

ރައީސް ރުއްސަވައިފި މީހަކަށް ނޫނީ އަދުލުވެރިކަން މި ރާއްޖޭގައި އިއްޒަތްތެރި ރައީސް، މިހާރު ނުލިބޭ އަދުލުވެރިކަން. ކީއްކުރަންތޯ އެހެން އަސާސީ ހައްގެއް ވެސް މިހާރު އިއްޒަތްތެރި ރައީސް. މި ރާއްޖޭގައި ރައީސް މުއިއްޒުގެ ރުހުން ނުލިބިއްޖެ މީހަކަށް ނުލިބޭ
މައުރޫފް ޒާކިރު

 އަސާސީ ބޭސްފަރުވާއަށް އިޝާރާތްކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖޭގައި މިހާރު ޕެނަޑޯލް ގުޅައެއް ވެސް ލިބެނީ ރައީސް މުއިއްޒުގެ ރުހުން އޮވެގެން ކަމަށާއި، ވެރިކަންކުރާ ޕީއެންސީގެ މެންބަރަކަށް ނުވާ ދިވެހި ރައްޔިތަކަށް އެއްވެސް ހައްގެއް ނެތް ފަދަ ހާލަތަކަށް ކަންކަން ގޯސްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުންނަށް މަޖުބޫރުކުރުވައިގެން 150،000 މީހުން ޕާޓީއަށް ވެއްދުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ހިންގަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީމަރުގެ އަދަބުމައުރޫފް ޒާކިރު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް މުއިއްޒުވެސް ވާނީ ފިނޑިއަކަށް: ޝުޖާއު

16 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް މުއިއްޒުވެސް ވާނީ ފިނޑިއަކަށް: ޝުޖާއު
16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!

15 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
12 ނޮވެމްބަރު 2026

މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އޮޅުވާލުންތަކުގެ ތެރެއިން މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަން: މެންބަރު މީކާއިލް

12 ނޮވެމްބަރު 2026
މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އޮޅުވާލުންތަކުގެ ތެރެއިން މަޖިލީހުން ހަމައެކަނި ރަބަރު ސްޓޭމްޕް ޖަހަން: މެންބަރު މީކާއިލް
12 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި

12 ނޮވެމްބަރު 2026
ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި
10 ނޮވެމްބަރު 2026

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް: ފައްޔާޒް

10 ނޮވެމްބަރު 2026
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް: ފައްޔާޒް
09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް