Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ޑިސެންބަރު 3 އަށް އަވަސްކޮށްފި!

22 ނޮވެމްބަރު 2026 | އާދީއްތަ 12:27

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ ދެކޮޅަށް ބާއްވާ އެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ރައްޔިތުކަން ދިނުމަކީ ގައުމުގެ މިނިވަންކަމާއި ދީނީ އެއްބައިވަންތަކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް. އަދި ސަރުކާރުން އެސްއީޒެޑް ގާނޫނަށް ބަދަލު ގެނައީ ނާޖާއިޒު މާލީ މަންފާ ހޯދުމަށް ކަމަށް ތުހުމަތުކުރައްވައި، މިކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ގޮވާލެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 22 ނޮވެމްބަރު 2026 | އާދީއްތަ 12:27
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޭއްވި އެއްވުން

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޭއްވި އެއްވުން | މޯލްޑިވްސް އިންޑިޕެންޑެންޓް

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ ދެކޮޅަށް ގައުމީ ހަރަކާތުން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުން ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރެޔަށް އަވަސްކޮށްފައިވާ ކަމަށް އެ ހަރާކާތުން ބުނެފި އެވެ. 

މިކަން އިއުލާންކޮށްފައި ވަނީ ގައުމީ ހަރާކާތުގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ހަރަކާތުން ބުނި ގޮތުގައި އެއްވުން އަވަސްކުރަން ނިންމާ ޑިސެންބަރު 4 ވަނަ ދުވަހުގެ ރޭ ކުރިންސުރެ ޓިކެޓް ވިއްކާ ޝޯއެއް ބޭއްވުމަށް ހަމަޖެހިފައި އޮތުމުން މި ހަރަކާތުގައި ބާއިވެރިވާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. އެހެންކަމުން ބޮޑު އެއްވުން އޮންނާނީ ޑިސެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށް މައުލޫމާތު ދީފައިވެ އެވެ.    

Advertisement - newsAdvertisement

އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމަކީ މުޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް އުޅޭ ރައްޔިތުންގެ އެއްބައިވަންތަކަން ގެއްލިގެންދާ ފަދަ ބޮޑު މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. 

މީގެ އެއް އަހަރު ކުރިން އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް އިމްރާން ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އިމްރާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްއީޒެޑް ގާނޫނު އިސްލާހު ކުރި ސަބަބަކީ އެ ގަނޫނުގެ ނިވަލުގައި ރާއްޖެއިން ބޭރުގެ ބޮޑެތި މުއްސަނދިންނާއި ކުށް ކުރާ ފަރާތްތަކަަށް ދިވެހި ރައްޔިތުކަން ހޯދައިދީގެން އެ ފަރާތްތަކުގެ ފުށުން މާލީ މަންފާއާއި، ނާޖާއިޒު ފައިދާ މިސަރުކާރަށް ނެގުމަށް ކަމަށެވެ. 

ހަމައެއާއެކު، އިމްރާން ވަނީ ރައީސް މުއިއްޒު ސިޓިޒަންޝިޕް ގާނޫނު ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރައްޔިތުކަން ދޭން އުޅުއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ސިޓިޒަންޝިޕް ގާނޫނަށް ބޮޑު ބަދަލެއް ގެނެސްގެން ރާއްޖޭގެ ރަށްވެހިކަން ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން އެމީހުންގެ ގައުމުތަކުން ބޭރުކުރާ ފަރާތްތަކަށް ހޯދައިދިނުމަށް ކަން އަޅުގަނޑުމެން ފާހަގަކުރަން. އެހެންނަމަވެސް ހުދު އެމަނިކުފާނުގެ ކެބިނެޓުން ވެސް އެކަމަށް ނުރުހުން ވުމުން، ދެން ފެއްޓެވި މަސައްކަތަކީ އެސްއީޒެޑް ގާނޫނަށް ބަދަލު ގެނެސްގެން އެކަން ހާސިލު ކުރުމުގެ މަސައްކަތް 
އިމްރާން އަބްދުﷲ

މީގެ އިތުރުން، މިހާރު ވެސް އެހެން ދީންތަކުގެ މީހުން ރާއްޖެއިން ޕްރޮޕަޓީތައް ގަނެގެން ޕާލް ރެސިޑެންސީގެ ވިސާގެ ތެރެއިން ނ. އަދި ތ. އަތޮޅުގައި ވަޒަންވެރިވުމުގެ މަޝްރޫއުތައް މިސަރުކާރުން ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. 

އެހެންކަމުން، މިހުރިހާ ކަމަކުން ފެނިގެން ދަނީ ރައީސް މުއިއްޒު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ވިއްކާލާ، މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލާ އިސްލާމްދީން ނެތި ކޮށްލުމަށް މަގުފަހިކުރަމުންދާ މަންޒަރު ކަމަށް އިމްރާން ވިދާޅުވި އެވެ.    

ގައުމީ ހަރަކާތުއިމްރާން އަބްދުﷲރަސްމާލެ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
20 ނޮވެމްބަރު 2026

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

20 ނޮވެމްބަރު 2026
2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!
19 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު

19 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް