Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން

19 ނޮވެމްބަރު 2026 | ބުރާސްފަތި 07:49

ރަސްމާލެ މަޝްރޫއުގެ ސަބަބުން ދީނީ، އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަމަށް ބުނެ އިލްމުވެރިންގެ ގުޅުމުން 91 ސަފުހާގެ ދިރާސާ ރިޕޯޓެއް ތައްޔާރުކޮށްފި. މިއީ މާލެ ކައިރީގައި ބިދޭސީންގެ ބޮޑު އާބާދީއެއް ދާއިމީކޮށް ވަޒަންވެރިކުރުވަން ހުށަހެޅި ފުރަތަމަ މަޝްރޫއުކަން ފާހަގަކޮށް، މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ވަނީ ފާޅުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2026 | ބުރާސްފަތި 07:49
ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން

ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން | ރައީސް އޮފީސް

ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ވެސް ފޯރާނެކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާއެއް ހަދައި 91 ސަފްހާގެ ރިޕޯޓެއް ތައްޔާރުކޮށްފައިވާކަމަށް އެ ގުޅުމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އިލްމުވެރިންގެ ގުޅުމުގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން މި ރިޕޯޓް ތައްޔާރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ދިރާސާ ފެށުނީ މި މަޝްރޫއިން ދީނީ، އިޖުތިމާއީ، އަދި އިޤްތިސާދީ ގޮތުން އަނބުރާ އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމުގެ ކަންބޮޑުވުމުގެ މައްޗަށް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ކަންބޮޑުވުން ބަލާފައިވަނީ ކުރިން ވަކި ގޮތެއް ނިންމާފައިވާ ކަންބޮޑުވުމެއްގެ ގޮތުގައެއް ނޫން ކަމަށާއި، ހެކި ބަލައިގެން ތަހުގީގު ކުރަންޖެހޭ ސުވާލެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު ވެފައިވާ މި އެއްބަސްވުމަކީ ވެރިރަށް މާލެއާ ކައިރީގައި ބިދޭސީންގެ ބޮޑު ދާއިމީ އާބާދީއެއް ބިނާކުރުމަށް ހުށަހެޅުނު ފުރަތަމަ މަޝްރޫއު ކަމަށެވެ.

މި ނިންމުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށް ވެސް ފޯރާނެ ކަމަށް އެ ގުޅުމުން ބުނެފައިވެ އެވެ. އެހެންކަމުން މި މަޝްރޫއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާއެއް ކުރުމަށް ނިންމީ ކަމަށް ބުނެފައިވެ އެވެ.

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހުށަހަޅާފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި ސަރުކާރުން ސިފަކުރާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލެއާއި ގުޅުންހުރި ސަރަހައްދުގައި ބޮޑެތި އިމާރާތްތަކާއި ހޮޓާތަކާއި ވިޔަފާރީގެ ތަންތަން ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުން ބުނަނީ މިއީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ފައިދާއެއް ލިބޭނެ މަޝްރޫއެއް ކަމަށެވެ.

އީގަލް ހިލްސްއިލްމުވެރިންގެ ގުޅުންރަސްމާލެ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

18 ނޮވެމްބަރު 2026
2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް
17 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު

17 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ

16 ނޮވެމްބަރު 2026
ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ
16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް

16 ނޮވެމްބަރު 2026
މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް
15 ނޮވެމްބަރު 2026

ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު

15 ނޮވެމްބަރު 2026
ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް