Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް

22 ނޮވެމްބަރު 2026 | އާދީއްތަ 04:43

ރަސްމާލޭ މަޝްރޫއު މިހާރު ކުރިއަށްދާ ގޮތުން ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހި، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު ފައްޔާޒް އިސްމާއީލް ދެއްވައިފި. ރިއަލް އެސްޓޭޓް ބިލުގެ އެހީގައި ގާނޫނުއަސާސީއާ ހިލާފަށް ބިންތައް ދޫކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން، ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންނުކުރެވޭނެހެން ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ނޮވެމްބަރު 2026 | އާދީއްތަ 04:43

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ގާނޫނާ ހިލާފަށް އެކިއެކި ގާނޫނުތައް ނަމެއްގައި ފާސްކޮށްގެން ރަސްމާލޭ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، މާޒީގައި ޖީއެމްއާރު މައްސަލައިގައި ދައުލަތުން ދޭން ޖެހުނު ބަދަލަށްވުރެ މާބޮޑު ބަދަލެއް ދޭން ޖެހޭ ހާލަތަށް ގޮސްދާނެ ކަމަށެވެ. އަދި އެފަދަ ބަދަލެއް ދޭން ޖެހި އެ ފައިސާ ނުދައްކައިފިނަމަ، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ރާއްޖޭގެ އަގު ވެސް ވެއްޓިގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޭނުންހާ ގޮތަކަށް ވެރިކަން ނުކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ބޮޑު ބަދަލުގެ ނަމުގައި އެމްޑީޕީން ގެންނަން މަސައްކަތްކުރާ ބަދަލުތަކުގެ މަގްސަދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. މި ބިލުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާތަކަށް މިއަދުގެ ސަރުކާރާއި، އެ ބިލަށް ވޯޓުދޭ މެންބަރުން ފުރިހަމައަށް ޒިންމާވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ގޮތަށް ނިޒާމު ތަރުތީބު ކުރަން ޖެހޭ ކަމަށާއި، ދައުލަތުގެ މުދަލާއި ބިމާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ގާނޫނީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އަބަދު ރައްޔިތުން މަޑަކުން ނުތިބޭނެ ކަމަށާއި ރައީސް މުއިއްޒު ކަންކުރައްވާ ގޮތުން ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ވެސް ރާއްޖޭގެ އަގު ދާނީ ވެއްޓެމުން ކަމަށެވެ.

ރަސްމާލޭ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާއިރު، އެ މަޝްރޫއު ކުރިއަށްގެންދާ ގޮތާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ބިން ދޫކުރުމާއި އިންވެސްޓްމަންޓްތަކުގެ ދެފުށް ފެންނަ މިންވަރާ މެދު ސިޔާސީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.

ފައްޔާޒް އިސްމާއީލްރިއަލް އެސްޓޭޓް ޤާނޫނުރަސްމާލެ

އެންމެ ހިނގާ

1

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

2

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

3

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

4

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

5

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2026

ޤާނޫނުއަސާސީއާ ޚިލާފަށް މެންބަރުން އޮބަހައްޓައިގެން އަބަދު ވެރިކަން ކުރެވޭނެކަމަށް ރައީސް މުއިއްޒުއަށް ހީފުޅުވާނަމަ އެއީ ގޯހެއް: ފައްޔާޒު

21 ނޮވެމްބަރު 2026
ޤާނޫނުއަސާސީއާ ޚިލާފަށް މެންބަރުން އޮބަހައްޓައިގެން އަބަދު ވެރިކަން ކުރެވޭނެކަމަށް ރައީސް މުއިއްޒުއަށް ހީފުޅުވާނަމަ އެއީ ގޯހެއް: ފައްޔާޒު
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
20 ނޮވެމްބަރު 2026

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

20 ނޮވެމްބަރު 2026
2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!
19 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު

19 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް