Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގެންފި

20 ނޮވެމްބަރު 2026 | ހުކުރު 15:42

ހުޅުމާލޭގައި ހުކުރު ދުވަހު ހަވީރު ބޭއްވި 17 ވަނަ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 5 ކިލޯމީޓަރުގެ ދުވުމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފި. ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމުގެ ގޮތުން ބޭއްވި މި ދުވުމުގައި 5،500 އަށް ވުރެ ގިނަ މީހުން ބައިވެރިވިއިރު، މީގެ ކުރިން ވެސް އިޖުތިމާއީ އެކި ހަރަކާތްތަކާއި ދުވުންތަކުގައި އެމަނިކުފާނު އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ނޮވެމްބަރު 2026 | ހުކުރު 15:42
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެޑައިގަތުން

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ކުރީގެ ނައިބު ރައީސް ފައިސަލް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެޑައިގަތުން | ފައިސަލް - އާޒިމް ކެމްޕެއިން ޓީމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ، "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ދުވުމުގައި، އެމްޑީޕީގެ ރިއާސީ ޕްރައިމަރީގެ ކެންޑިޑޭޓް، ކުރީގެ ރައީސް ފައިސަލް ނަސީމް ހުކުރު ދުވަހު ހަވީރު ބައިވެރިވަޑައިގެންފި އެވެ.

ތިން ދުރުމިނަކަށް ދުވާ ގޮތަށް އިންތިޒާމުކޮށްފައިވާ މިއަހަރުގެ ދިރާގު ރޯޑް ރޭސްގައި، ފައިސަލް ބައިވެރިވެވަޑައިގަތީ ހުކުރު ދުވަހު ހަވީރު އޮތް ފަސް ކިލޯމީޓަރުގެ ދުވުމުގަ އެވެ. މިއަހަރު މި ބޭއްވީ ދިރާގު ރޯޑް ރޭހުގެ 17 ވަނަ ދުވުމެވެ. މި ދުވުމުގައި 5،500 އަށް ވުރެ ގިނަ ބައިވެރިން ދުވެފައިވެ އެވެ.

Advertisement - newsAdvertisement

ހުޅުމާލޭ ސެންޓްރަލް ޕާކުގެ މެދުތެރެއިން ފެށި މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އޭއައިއެމްއެސް ސެޓިފައިޑް ރޫޓެއްގައި ބޭއްވި ދުވުމެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި އިންތިޒާމުކުރާ އެކި ހިނގާލުންތަކާއި ކުރު ދުވުންތަކުގައި، މީގެ ކުރިން ވެސް ފައިސަލް ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެ ގޮތުން ރާއްޖޭގެ މުވާސަލާތީ މައި ދެ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމުކުރާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އާއި އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކުރާ، ފަން ރަން ކުރިން ކަލަރ ރަންގެ ނަމުގައި ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން ޖެނުއަރީ 2023 ގައި ބޭއްވި ސްޓެލްކޯ 5ކޭ ޓީމް ރަންގައި ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މޯލްޑިވްސް މެރިއޮޓް ބިޒިނަސް ކައުންސިލުން އިންތިޒާމުކޮށް، "ރޯޑް ޓު ގިވް"ގެ ނަމުގައި، އޮކްޓޫބަރު 7، 2023 ގައި ހުޅުމާލޭގައި ބޭއްވި ޗެރިޓީ ދުވުމުގައި ވެސް ފައިސަލް ބައިވެރިވެޑައިގަތެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ފައިސަލް ނަސީމްއެމްޑީޕީދިރާގު

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026
"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"
18 ނޮވެމްބަރު 2026

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026
އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި
17 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް

17 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
17 ނޮވެމްބަރު 2026

ސަރުކާރުން ކުއްލި ކުއްލިއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް ވަނީ ދަތިވެފައި: ފައިސަލް

17 ނޮވެމްބަރު 2026
ސަރުކާރުން ކުއްލި ކުއްލިއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް ވަނީ ދަތިވެފައި: ފައިސަލް
16 ނޮވެމްބަރު 2026

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

16 ނޮވެމްބަރު 2026
ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
11 ނޮވެމްބަރު 2026

ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

11 ނޮވެމްބަރު 2026
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް