Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026 | ބުދަ 11:59

އެލްޖީއޭގެ އިންތިޚާބުގައި ވޯޓު ނުލި މައްސަލައިގައި ހަނިމާދޫ ކައުންސިލްގެ ދެ މެންބަރަކަށް އެމްޑީޕީން ފިޔަވަޅު އަޅައި، ދެ އަހަރު ދުވަހަށް ޕާޓީގެ މަގާމުތަކަށް ކުރިމަތިލުން ވަނީ މަނާކޮށްފައި. މި ނިންމުމާ ގުޅިގެން އެ ބޭފުޅުން ވިދާޅުވީ ވޯޓު ނުލެވުނީ ދަތުރުފަތުރުގެ ދަތިކަމާ ހުރެ ކަމަށާއި، މިއީ ޕާޓީގެ އެތެރޭގެ ކޯޅުމެއްގެ ތެރެއިން ނިންމާފައިވާ ބޭއިންސާފު ނިންމުމެއް ކަމަށް. މި މައްސަލަ މިހާރު ވަނީ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 18 ނޮވެމްބަރު 2026 | ބުދަ 11:59
ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގު (ވ) އާއި ކައުންސިލް މެންބަރު އަހުމަދު އަނާން (ކ)

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގު (ވ) އާއި ކައުންސިލް މެންބަރު އަހުމަދު އަނާން (ކ) | ސޯޝަލް މީޑިއާ

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވޯޓު ނުލާއިރު، އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ތަފާތެއް ނެތް ހާލަތެއްގައި، އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަނީ  ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް 2026 ވަނަ އަހަރު ބޭއްވި ވޯޓުގައި މަގުބޫލު އުޒުރަކާ ނުލައި ވޯޓު ނުލި މައްސަލައިގައި، ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަހުމަދު އަނާން އަށް މިމަހުގެ 17 ވަނަ ދުވަހު ފިޔަވަޅު އަޅާފަ އެވެ. 

Advertisement - newsAdvertisement

ފިރާގު އާއި އަނާންގެ މައްޗަށް ދެ ފިޔަވަޅެއް އަޅާފައިވާއިރު، އެމްޑީޕީން ބުނީ، އެ ޕާޓީގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ޅ) ގެ ދަށުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާވާނެ ކަމަށެވެ. އަދި ގަވާއިދުގެ 28 ވަނަ މާއްދާގެ (ކ) ގެ ދަށުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ ނަމުގައި ގައުމީ އެއްވެސް އިންތިޚާބީ މަގާމަކަށް ކުރިމަތިލުން ވެސް މަނާވާނެ ކަމަށެވެ. 

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފިރާގު ވިދާޅުވީ، އެލްޖީއޭ އިންތިޚާބުގެ ފުރަތަމަ ބުރު ކެންސަލްވެ، ދެވަނަ ބުރެއް ބާއްވާނެ ވަކި ތާރީޚެއް ނޭނގި އޮތުމުން، މާކުރިން ރާވާފައި އޮތް ބޭރު ދަތުރެއްގެ ޓިކެޓު ނެންގެވީ ކަމަށެވެ. އަދި އިންތިޚާބު ބާއްވާ ތާރީޚު ފަހުން އިއުލާނުކުރި ނަމަވެސް، ވޯޓުލާން ދިއުމަށް ދަތުރުފަތުރު ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިރާގު ވިދާޅުވީ، ވޯޓުލާ ދުވަހާ ދިމާކޮށް އާރްޓީއެލް ދަތުރުތައް ކެންސަލްވެ، ފްލައިޓްތަކުން ޖާގަ ނުލިބުމުގެ ސަބަބުން ވޯޓުލާން ނުދެވޭނެކަން އެމްޑީޕީ އޮފީހަށް އެ ވަގުތު ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެނބުރި އައުމަށްފަހު، ޕާޓީން އެންގި އެންގުމާ އެއްގޮތަށް ޓިކެޓުތަކާއި ބަޔާން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކުރިއަށް އޮތް ބޮޑު އިންތިޚާބަށް ކެމްޕޭނުކޮށް ނިމި، އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް، ޕާޓީން ފިޔަވަޅު އެޅީ އެ ދެ ބޭފުޅުންނަށް އެކަނި ކަމަށް ފިރާގު ފާހަގަކުރެއްވި އެވެ. ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވޯޓު ނުލާއިރު، އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ތަފާތެއް ނެތް ހާލަތެއްގައި، މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ މިހާރު ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށާއި، ޕާޓީގެ ލީގަލް ޓީމުން ވެސް މި މައްސަލަ ބަލަމުންދާ ކަމަށް ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ، ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް ވަކިން ސިޓީ ފޮނުއްވާފައިވާނެ ކަމަށާއި، އެ ބޭފުޅުންގެ ސަބަބުން ކަމެއް ހިނގާފައިވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހަނިމާދޫ ކައުންސިލް މެންބަރު އަހުމަދު އަނާން "ރާއްޖެއެމްވީ" އަށް ވިދާޅުވީ، އެލްޖީއޭ ވޯޓު ފަސްވުމުގެ ސަބަބުން ވަރަށް ކުރިން ރޭވި ދަތުރަކަށް ދިއުމަށް ހަމަޖެހުނު ކަމަށެވެ. އަދި އިންތިޚާބުގެ އެއް ދުވަސް ކުރިން ޕާޓީ އޮފީހުން ގުޅުމުން ވެސް، ޑޮމެސްޓިކް ފްލައިޓްތައް ހުރި ގޮތުން ފަތިހު ގޮސް ވޯޓުލައިގެން އިންޓަނޭޝަނަލް ފްލައިޓާ ގުޅެން ދަތިވާ ވާހަކަ އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ހެނދުނު ނުވަތަ މެންދުރުގެ ފްލައިޓުން ދަތުރުކޮށްފިނަމަ، ބޭރު ދަތުރުގެ ފްލައިޓް ކަނެކްޝަން ގެއްލޭތީ ދަތުރު ނުކުރެވުނީ ކަމަށް އަނާން ފާހަގަކުރެއްވި އެވެ.

އަނާން ވިދާޅުވީ، ސުލޫކީ ކޮމިޓީން އެންގުމުން ޓިކެޓުތަކާއި ފައިސާ ދެއްކި ޓްރާންސްފަރ ސްލިޕް ހިމެނޭހެން ހުރިހާ ލިޔެކިޔުމެއް ޕާޓީ އަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ޕާޓީގެ އެތެރޭގެ ފެކްޝަން ކޯޅުމުގެ ތެރެއިން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީފިރާގް މުހައްމަދުއަހުމަދު އަނާންލޯކަލް ގަވަރންމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026
އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި
17 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް

17 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
11 ނޮވެމްބަރު 2026

ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

11 ނޮވެމްބަރު 2026
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
10 ނޮވެމްބަރު 2026

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ހަރަދު، ޑިފެސިޓް އަދި ދަރަނި ވެސް ބޮޑުވާ ބަޖެޓެއް: ސަރުވަޝް

10 ނޮވެމްބަރު 2026
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ހަރަދު، ޑިފެސިޓް އަދި ދަރަނި ވެސް ބޮޑުވާ ބަޖެޓެއް: ސަރުވަޝް
10 ނޮވެމްބަރު 2026

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު

10 ނޮވެމްބަރު 2026
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު
09 ނޮވެމްބަރު 2026

އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ

09 ނޮވެމްބަރު 2026
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ
06 ނޮވެމްބަރު 2026

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

06 ނޮވެމްބަރު 2026
ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް