Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026 | ބުދަ 11:27

އެލްޖީއޭގެ ބޯޑު އިންތިޚާބުގައި މަގުބޫލު އުޒުރަކާ ނުލައި ވޯޓު ނުލި މައްސަލައިގައި، ހދ. ހަނިމާދޫ ކައުންސިލްގެ ދެ މެންބަރަކަށް އެމްޑީޕީން ވަނީ ފިޔަވަޅު އަޅާފައި. މި ދެ ބޭފުޅުން ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާތީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް ނުވަތަ އިންތިޚާބަކަށް ކުރިމަތިލުން މަނާކޮށްފައިވޭ. އެމްޑީޕީން ބުނީ މިއީ ގަސްތުގައި ވޯޓުން އެއްކިބާވުމަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 18 ނޮވެމްބަރު 2026 | ބުދަ 11:27
ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފިރާގް (ކ) އަދި ކައުންސިލް މެންބަރު އަހުމަދު އަނާން(ވ)

ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފިރާގް (ކ) އަދި ކައުންސިލް މެންބަރު އަހުމަދު އަނާން(ވ) | ސޯޝަލް މީޑިއާ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް 2026 ވަނަ އަހަރު ބޭއްވި ވޯޓުގައި މަގުބޫލު އުޒުރަކާ ނުލައި ވޯޓު ނުލި މައްސަލައިގައި، ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގު އާއި ކައުންސިލް މެންބަރު އަހުމަދު އަނާން އަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފިޔަވަޅު އަޅައިފި އެވެ.

މި މައްސަލައަކީ އެ ދެ މެންބަރުން މަގުބޫލު އުޒުރަކާ ނުލައި ވޯޓުގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ސެކްރެޓޭރިއެޓުގެ ފަރާތުން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

އެމްޑީޕީން މި މައްސަލަ ބެލުމަށްފަހު އެޕާޓީން ބުނީ، އެލްޖީއޭގެ ވޯޓުގައި ބައިވެރިވުމަކީ ޕާޓީއާއި ގައުމީ މަސްލަހަތު އޮތް ކަމަކަށް ވާއިރު، އެ ދެ މެންބަރުން ވޯޓުލާން އޮތް ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ ކޮންމެހެން އެ ދުވަހު ފުރަންޖެހޭ ފަދަ އެމަޖެންސީއެއް ނުވަތަ ޚާއްސަ ހާލަތެއް އޮވެގެން ނޫންކަން އެ ދެ މެންބަރުންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެފަދަ ހާލަތެއް ނެތި ސީދާ ވޯޓުލާ ދުވަހު ރާއްޖެއިން ބޭރަށް ދިއުމަކީ ވޯޓުގައި ބައިވެރިނުވުމަށް އޮތް މަގުބޫލު އުޒުރެއް ނޫން ކަމަށް ވެސް ކޮމިޓީން ބުނެފައިވެ އެވެ. 

މިއީ ޒިންމާދާރުކަން ކުޑަ، ޕާޓީގެ މަސްލަހަތާ ޚިލާފު އަމަލެއް ކަމަށާއި އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަދި (ބ) އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެމްޑީޕީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. 

އެހެންކަމުން، ޕާޓީގެ ފިޔަވަޅުއެޅުމާއި އިސްތިއުނާފުކުރުމުގެ ގަވާއިދުގެ ދަށުން ފިރާގު އާއި އަނާންގެ މައްޗަށް ވަނީ ދެ ފިޔަވަޅެއް އަޅާފަ އެވެ. 

އެއީ ގަވާއިދުގެ 28 ވަނަ މާއްދާގެ (ޅ) ގެ ދަށުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާކުރުމާއި އަދި ގަވާއިދުގެ 28 ވަނަ މާއްދާގެ (ކ) ގެ ދަށުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ ނަމުގައި ޤައުމީ އެއްވެސް އިންތިޚާބީ މަޤާމަކަށް ކުރިމަތިލުން މަނާކުރުމެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެމްޕީޑީގެ ފިޔަވަޅު އަޅާ ކޮމެޓީގެ އިސް ބޭފުޅެއް ވިދާޅުވީ، މި ދެ ބޭފުޅުންގެ ބަހާއި އަމަލު ދިމާނުވާ ކަމަށާއި، މި މައްސަލަ ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ދިއުމަށް ޓިކެޓު ނަގާފައިވަނީ 13 އޮކްޓޫބަރުގައި ކަމަށާއި، 1 އޮކްޓޫބަރު ގައި އިންތިޚާބުގެ ވޯޓުލުން އިއުލާނުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއީ ގަސްތުގައި ވޯޓުގައި ބައިނުވުމަށް ކޮށްފައިވާ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީފިރާގް މުހައްމަދުއަހުމަދު އަނާންއެމްޑީޕީ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް

17 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
11 ނޮވެމްބަރު 2026

ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

11 ނޮވެމްބަރު 2026
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
10 ނޮވެމްބަރު 2026

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ހަރަދު، ޑިފެސިޓް އަދި ދަރަނި ވެސް ބޮޑުވާ ބަޖެޓެއް: ސަރުވަޝް

10 ނޮވެމްބަރު 2026
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ހަރަދު، ޑިފެސިޓް އަދި ދަރަނި ވެސް ބޮޑުވާ ބަޖެޓެއް: ސަރުވަޝް
10 ނޮވެމްބަރު 2026

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު

10 ނޮވެމްބަރު 2026
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު
09 ނޮވެމްބަރު 2026

އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ

09 ނޮވެމްބަރު 2026
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ
06 ނޮވެމްބަރު 2026

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

06 ނޮވެމްބަރު 2026
ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް
06 ނޮވެމްބަރު 2026

މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ

06 ނޮވެމްބަރު 2026
މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް