Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ޤާނޫނުއަސާސީއާ ޚިލާފަށް މެންބަރުން އޮބަހައްޓައިގެން އަބަދު ވެރިކަން ކުރެވޭނެކަމަށް ރައީސް މުއިއްޒުއަށް ހީފުޅުވާނަމަ އެއީ ގޯހެއް: ފައްޔާޒު

21 ނޮވެމްބަރު 2026 | ހޮނިހިރު 17:05

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ފާހަގަކުރައްވައި، ރަސްމާލެ މަޝްރޫއުގެ ދަށުން ބިންތައް ދޫކުރަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ. މީގެ އިތުރުން ރާއްޖޭގެ އަގު ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ވެއްޓެމުންދާ ކަމަށާއި، ވެރިކަން ކުރާ އުސޫލުތައް އިސްލާހުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 17:05

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް | ރާއްޖެ ޓީވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގާނޫނުއަސާސީއާ ޚިލާފަށް މެންބަރުން އޮބަހައްޓައިގެން އަބަދު ވެރިކަން ކުރެވޭނެ ކަމަށް ހީފުޅުކުރައްވާނަމަ އެއީ ގޯހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އަބަދު ރައްޔިތުން ވެސް މަޑަކުން ނުތިބޭނެ ކަމަށާއި ރައީސް މުއިއްޒު ކަންކުރައްވާ ގޮތުން ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ވެސް ރާއްޖޭގެ އަގު ދާނީ ވެއްޓެމުން ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ މުސްތަގުބަލުގައި ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކަށް ބޭނުންހާ ގޮތަކަށް ވެރިކަން ނުކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ބޮޑު ބަދަލުގެ ނަމުގައި އެމްޑީޕީން ގެންނަން މަސައްކަތްކުރާ ބަދަލުތަކުގެ މަގްސަދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަޝްރޫއުތައް ހަވާލުކޮށްފައި އޮތީ މިއަދުގެ ވެރިކަމުގައި ރަސްމާލެ ދޫކުރުމުގެ ކަންކަން އެ ކުރިއަށްދާ ގޮތަކަށް ނޫން ކަމަށެވެ. މިސާލަކަށް ނޫނު އަތޮޅު އޭރު ދީފައި އޮތީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރިސޯޓު ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރަސްމާލެ މަޝްރޫއަކީ ރިއަލް އެސްޓޭޓް މަޝްރޫއެއް ކަމަށާއި، އެއީވެސް ދާއިމަށް ދެވޭ ގޮތަށް އަބަދު 99 އަހަރު އައުވެގެންދާ ގޮތަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް ރިއަލް އެސްޓޭޓު ބިލުގައި ހިމަނާފައިވާ ކަމަށާއި، ރަސްމާލެއާ ގުޅޭ ރެފަރެންޑަމަކަށް ގޮސްފިނަމަ ބޮޑުތަނުން ބަލިވާނެކަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް އިސްމާއީލްރިއަލް އެސްޓޭޓް ޤާނޫނުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

2

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

3

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

4

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

5

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

21 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!
19 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު

19 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު
18 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

ދިވެހީންގެ ރާއްޖެ އޮންނާނެ ގޮތް ރައީސްއަށް ކިޔައިދެއްވުނީ ވެރިކަން ކުރާތާ 3 އަހަރު ފަހުން!

18 ނޮވެމްބަރު 2026
ދިވެހީންގެ ރާއްޖެ އޮންނާނެ ގޮތް ރައީސްއަށް ކިޔައިދެއްވުނީ ވެރިކަން ކުރާތާ 3 އަހަރު ފަހުން!
16 ނޮވެމްބަރު 2026

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

16 ނޮވެމްބަރު 2026
ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!
16 ނޮވެމްބަރު 2026

އާރް.ޑީ.ސީގައި އުސޫލުން ބޭރުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ

16 ނޮވެމްބަރު 2026
އާރް.ޑީ.ސީގައި އުސޫލުން ބޭރުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް