Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒު ސަރުކާރު

ދިވެހީންގެ ރާއްޖެ އޮންނާނެ ގޮތް ރައީސްއަށް ކިޔައިދެއްވުނީ ވެރިކަން ކުރާތާ 3 އަހަރު ފަހުން!

18 ނޮވެމްބަރު 2026 | ބުދަ 12:27

ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ބޯޑެއްގައި ކުރައްސަވައިގެން ގައުމު ބިނާކުރާނެ ގޮތުގެ ތަސައްވުރު ހާމަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އިނގިރޭސި ބަސްތަކެއް ބޭނުންކުރައްވައިގެން ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އާންމުންނަށް އޮޅުންނުފިލާ އަދި ސަރުކާރުގެ ރޭވުންތެރިކަމެއް ނެތްކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން. އެހެންކަމުން، ދައުރުގެ މެދާ ހިސާބުން މިފަދަ ގޮތަކަށް ސިޔާސަތުތައް ބަޔާންކުރުމަކީ ހެއްވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ނޮވެމްބަރު 2026 | ބުދަ 12:27
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ތަސައްވުރުގައި ހިމެނޭ ކަންކަން ދައްކުވައިދޭ ކުރެހުން ކުރައްސަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ތަސައްވުރުގައި ހިމެނޭ ކަންކަން ދައްކުވައިދޭ ކުރެހުން ކުރައްސަވަނީ | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، "ދިވެހީންގެ ރާއްޖެ" ތަރައްގީ ކުރައްވަން ބޭނުންފުޅުވާ ގޮތުގެ ތަޞައްވުރު ބޯޑެއްގައި ކުރައްސަވައިގެން ކިޔައިދެއްވި މަންޒަރަކީ ގިނަ ބައެއްގެ މެދުގައި ބޮޑު ސަމާލުކަމަކާއި، ހަމައެހެންމެ ވަރަށް ބޮޑު ޖޯކަކަށް ވެގެންދިޔަ ކަމެކެވެ. ވެރިކަމުގެ ދައުރުގެ ބޮޑުބައި ފާއިތުވެ، ތިން އަހަރު ފަހުން ގައުމު ބިނާކުރާނެ އަސާސްތަކާއި ތަނބުތައް ކިޔައިދެއްވަން ޖެހިވަޑައިގަތުމަކީ، މުޅި ސަރުކާރުގެ މިސްރާބާމެދު އުފެދިފައިވާ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރުވެގެންދިޔަ މަންޒަރެއްނޫންތޯ އެވެ. 

ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ، ކަންކަން ކުރައްވަނީ ހިތުހުރި ގޮތަކަށް ނޫންކަން ފަސޭހައިން އޮޅުންފިލުވައިދެއްވުމަށްޓަކައި، އެމަނިކުފާނަކީ އިންޖިނިއަރަކަށް ވާތީ ކުރީގެ "އޯލްޑް ފެޝަން" ގޮތަށް ބޯޑެއް ގެނެސް ކުރަހާލައިގެން ދައްކަވަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި ގައުމު ބިނާކުރާނެ ތަނބުތަކެއް ކަމަށް ވިދާޅުވެ ހެލްތީ އެންޑް ސްކިލްޑް، ކްރިއޭޓިވް، ރެޒިލިއެންޓް، ސޮވްރިން، ޕްރޮސްޕަރަސް އަދި ކަނެކްޓެޑް، ޓްރަސްޓެޑް މޯލްޑިވްސްއެއްގެ ވާހަކަ އެމަނިކުފާނު ގެންނެވި އެވެ. ނަމަވެސް، އިންޖިނިއަރަކަށް ވީތީ ކުރަހާލުމުގެ ނަމުގައި ފެނިގެންދިޔައީ ފުރިހަމަ ބިންގަލެއް ނެތި ތަނބުތަކެއް ކުރަހައި، ފަހުން ބިންގާ ކުރަހާލި ފަދަ އާދަޔާޚިލާފު މަންޒަރެކެވެ.

މިކަމަށް މީޑިއާގެ މަޖާޒީ އަދި ޖޯކު ބަހުރުވައިން އަމާޒުވި ފާޑުކިޔުންތަކުގައި ބުނެފައިވަނީ، ރައީސަކީ ނަސީބަކުން މަސްވެރިއެއް ނޫން ކަމަށާއި، މަސްވެރިއެއް ނަމަ ޖަލްސާއަށް ދޮށިބޮނޑިއާއި، ގުޅިއާއި، ބަރި ފަދަ ސާމާނު ގެންނަން ޖެހުނީސް ކަމަށެވެ. އަދި ރައީސަކީ ވަޑިއެއް ނަމަ ރޮންދާއާއި، އޮޑަޔާއި، ފުއްކައްޓާއި، ވަޑިފަތިގަނޑާއި ފަންސޫރު، ނުވަތަ ފަހާ މީހެއް ނަމަ ގޮދަންފުށީގެ ދަތްގަނޑު ތަޅުވަން ޖެހުނީސް ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން، އެމަނިކުފާނަކީ ކޭކު އަޅާ ބޭފުޅެއް ނަމަ އެ ވަގުތު މޭޒުމައްޗަށް ބޭކިން ޕައުޑަރާއި ބިސް ގެންނަން ޖެހުނީސް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ވެރިކަން ކުރާތާ ތިން އަހަރު ފަހުން އިންޖިނިއަރިން ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސަތު ބަޔާންކުރަން އުޅުމަކީ މަޖާ އަދި ހެއްވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. 

މީގެއިތުރުން، ރައީސް މުއިއްޒު ގެންގުޅުއްވި ބަހުރުވައާއި ކަންކަން ސިފަކޮށްދެއްވި ގޮތުން ވެސް އާންމު ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ކަންކަން ސާފުވެގެން ދާނެހެން ހިއެއްނުވެ އެވެ. ސާދާ ބަހުރުވައިން ކިޔައިދެއްވުމުގެ ބަދަލުގައި، ރައީސް ފާހަގަކުރެއްވި އިނގިރޭސި ލަފުޒުތަކާއި "ތަނބުތަކަކީ" ކޮބައިކަން ޚުދު ގިނަ ބަޔަކަށް ފަހުމްނުވެ، އެވަގުތު ވެސް ސުވާލު އުފައްދާފައިވެ އެވެ. 

ރައީސް ވިދާޅުވި ގޮތުން ޚުދު އެ ވާހަކަތައް އަޑުއަހަން ތިބި ފަރާތްތަކަށް ވެސް ތަސައްވުރު ސާފުނުވުމަކީ، ސަރުކާރުގެ މިސްރާބު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އޮތް ހަގީގީ ނާކާމިޔާބީ ހާމަކޮށްދިން ހެއްކެއްނޫންތޯ އެވެ. 

ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު، ގައުމުގެ މިސްރާބު އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހުނީ މިއަދު ބޯޑެއްގައި ކުރަހައިގެންތޯ އެއީ އުފެދޭ ސުވާލެއްނޫންތޯ އެވެ. އިންތިޚާބުވެގެން އައިއިރު އެ ބުނާ ބިންގަލާއި ތަނބުތައް ނެތި، ދައުރުގެ މެދަށް އެޅުމުން އަލުން ކުރަހަން ޖެހުމަކީ ސަރުކާރުގެ ރޭވުންތެރިކަން ހުރި މިންވަރު ހާމަކޮށްދޭ ކަމެއް ނޫންތޯ އެވެ. އަދި އާންމު ރައްޔިތުންގެ ޖީބަށް ވާނުވާއެއް ނޭނގި، ރައްޔިތުން ބަނޑުފުރާނަ މުއްތިކުރަން ތިއްބައި، އިނގިރޭސި ބަސްތަކަކުން ބޯޑުގައި ކުރަހާލި ތަނބުތަކުން ރައްޔިތުންގެ ދިރިއުޅުމަށް ލިބޭނެ ހަގީގީ ތަރައްގީއަކީ ކޮބައިތޯ އެވެ. 

މުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

އާރް.ޑީ.ސީގައި އުސޫލުން ބޭރުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ

16 ނޮވެމްބަރު 2026
އާރް.ޑީ.ސީގައި އުސޫލުން ބޭރުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ
10 ނޮވެމްބަރު 2026

އާރުޑީސީ އިން ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ގަވައިދާ ޚިލާފަށް ބޮޑެތި ޕްރޮމޯޝަންތައް ދީފައިވޭ: ރިޕޯޓް

10 ނޮވެމްބަރު 2026
އާރުޑީސީ އިން ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ގަވައިދާ ޚިލާފަށް ބޮޑެތި ޕްރޮމޯޝަންތައް ދީފައިވޭ: ރިޕޯޓް
07 ނޮވެމްބަރު 2026

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

07 ނޮވެމްބަރު 2026
އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް
02 ނޮވެމްބަރު 2026

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

02 ނޮވެމްބަރު 2026
ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ
29 އޮކްޓޯބަރު 2026

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި

29 އޮކްޓޯބަރު 2026
ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި
29 އޮކްޓޯބަރު 2026

މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު

29 އޮކްޓޯބަރު 2026
މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
17 އޮކްޓޯބަރު 2026

ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!

17 އޮކްޓޯބަރު 2026
ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!
17 އޮކްޓޯބަރު 2026

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

17 އޮކްޓޯބަރު 2026
އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
14 އޮކްޓޯބަރު 2026

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026
މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި
07 އޮކްޓޯބަރު 2026

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

07 އޮކްޓޯބަރު 2026
ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް