Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު މުއްތަލިބު

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

16 ނޮވެމްބަރު 2026 | ހޯމަ 08:32

ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބު ބޮޑު ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަތީ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް ވިދާޅުވެއްޖެ. އެއީ ފުޓުބޯޅަ ކުޅުއްވަން ގެންގުޅުއްވި ސާމާނު ހުރި ދަބަހެއް ކަމަށާއި، މަޖިލީހަށް ވެންނެވީ ސެކިއުރިޓީ ޗެކްތައް ފުރިހަމަކުރެއްވުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2026 | ހޯމަ 08:32

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާދިއްތަ ދުވަހުގެ ރޭ ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހުގެ އިދާރާއަށް ވަނީ ވަޑައިގަންނަވާފައި | ރާއްޖެ ޓީވީ

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ތުހުމަތުތަކަށް މިނިސްޓަރު ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެޓަރނީ ޖެނެރަލާއެކު ވަޑައިގަތީ މަޖިލިސް މެންބަރުންތަކެއްގެ އެދުމަކަށް ރިއަލް އެސްޓޭޓް ވިޔާފާރީގެ ބިލު ގުޅޭގޮތުން އެމެންބަރުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާއި އާރަށުން ފުޓުބޯޅަ ކުޅެގެން އެނބުރި ވަޑައިގެންނެވި ގަޑިއާ ދިމާވާތީ ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ކުޅެން ގެންގުޅުއްވި ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަޖިލިސް އިދާރާއަށް އެ ދަބަސް ވެއްދެވީ ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނަރ އިން ސްކޭން ވެސް ކޮށްގެންނެވެ. އަދި ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން ނުކުމެވަޑައިގަތީ އެދަބަސް ކޮނޑުގައި އަޅުވައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ، ސެކިއުރިޓީ ކެމެރާއާއި ދަބަސް ސްކޭނަރ އަދި ބޮޑީ ސްކޭނަރ ބެހެއްޓިފައިވާ ތަނެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ވަޒީރުންނަށް ވެސް އެތަނަށް ވަދެވޭނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ދިޔައީ އެ ވިދާޅުވި ގޮތަށް ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ތުހުމަތުތައް އަމާޒުވެފައިވެ އެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިން އެވަގުތު ސުވާލުކުރުމުން މިނިސްޓަރު ޖަވާބެއް ނުދެއްވި ނަމަވެސް، އެއީ ކުޅިވަރު ކުޅެން ގެންގުޅުއްވި ސާމާނު އަޅުއްވައިގެން ގެންގުޅުއްވި ދަބަހެއް ކަމަށް ފަހުން މިވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ މި ބަޔާން ނެރުއްވީ މި މައްސަލައިގައި އާންމުންގެ ފާޑުކިޔުން އިތުރުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

ޑރ. އަބްދުﷲ މުއްތަލިބުއެޓަރނީ ޖެނެރަލްރިއަލް އެސްޓޭޓް ޤާނޫނު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް

16 ނޮވެމްބަރު 2026
މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

އިސްރާއީލުގެ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކީ ދެ ޕާސްޕޯޓު ގެންގުޅޭ މީހެއް، ޑުއެލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތް: ޒަރިޔަންދު

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
11 ނޮވެމްބަރު 2026

ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން

ރިއަލް އެސްޓޭޓް ބިލަކީ މި ޤައުމު ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދޭން މަކަރުވެރިކަމާއެކު ހަދާފައިވާ ބިލެއް: ޝެއިހް ޒަމްޒަމް ފާރިޝް

11 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަކީ މި ޤައުމު ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދޭން މަކަރުވެރިކަމާއެކު ހަދާފައިވާ ބިލެއް: ޝެއިހް ޒަމްޒަމް ފާރިޝް
11 ނޮވެމްބަރު 2026

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
10 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް